ތިލަދުންމަތީ އުތުރުބުރީ މޮޅަދޫގެ ޓޫރިޒަމް ޒޯނުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް 8 ބިމެއް ކުއްޔަށް ދޫކުރަން ނިންމައި އެ ބިންތަކަށް ބީލަށް ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

އެ ރަށު ޓޫރިޒަމް ޒޯނުން ދޫކުރަން ނިންމާފައިވާ 8 ބިމުގެ ތެރޭގައި ހިމެނެނީ 6000 (ހަހާސް) އަކަފޫޓާއި 10000 (ދިހަހާސް) އަކަފޫޓާއި ދެމެދުގެ ބިންތަކެވެ.

Ad
rt

އެ ބިންތައް ދިގުމުއްދަތަށް ކުއްޔަށް ދޫކުރަން ކައުންސިލުން ނިންމާފައިވަނީ ފަތުރުވެރިކަމުގެ ވިޔަފާރިން އެ ރަށުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާ ލިބިދިނުމުގެ އިތުރުން ވިޔަފާރިވެރިންނަށް މާލީ ފައިދާ ހޯދުމުގެ ފުރުސަތު ހުޅުވާލައި ދެމެހެއްޓެނި ގޮތެއްގައި މާލީ ނަފާލިބެނިވި ގޮތުގައ ބިންތައް ބޭނުން ކުރުމަށެވެ.

އެ ބިންތަކަށް ބީލަށް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި ޕާޓްނަރޝިފްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ. ރަޖިސްޓްރީކޮށްފައިވާ ކޮންމެ ވިޔަފާރިއަކަށް، ކުންފުންޏަކަށް، ޕާރޓްނަރޝިޕަކަށް ގިނަވެގެން ދޫކުރުމަށް ނިންމާފައި ވަނީ 3 ބިމެވެ.

ބިންތަކަށް ބީލަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓަރީ ވުމަށް ފުރިހަމަ ކުރަންޖެހޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު އީމެއިލް ކުރެއްވުމަށް ކައުންސިލުން އެދއެވެ.

މެއިލް އެޑްރެސް: info@molhadhoo.gov.mv

ބިންތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު 13:00 ގައި މޮޅަދޫ ކައުންސިލް އިދާރާގައެވެ.

ޕްރޮޕޯސަލް ފޯމް: https://storage.googleapis.com/gazette.gov.mv/docs/iulaan/196818.pdf

ރެޖިސްޓްރޭޝަން ފޯމް: https://storage.googleapis.com/gazette.gov.mv/docs/iulaan/196819.pdf

ބިމާއި ގުޅޭ އުސޫލް: https://storage.googleapis.com/gazette.gov.mv/docs/iulaan/196820.pdf

ރަށުގެ ކުރެހުން: https://storage.googleapis.com/gazette.gov.mv/docs/iulaan/196821.pdf

ކުރެހުން 1: https://storage.googleapis.com/gazette.gov.mv/docs/iulaan/196822.pdf

ކުރެހުން 2: https://storage.googleapis.com/gazette.gov.mv/docs/iulaan/196823.pdf