މޮޅަދޫ ރައްޔިތުން އެދެނީ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގައި އީއައިއޭ ރިޕޯޓަށް ޢަމަލުކޮށްދިނުމަށް
ރަށް ގިރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ތައްޔާރު ކުރައްވައި ކައުންސިލްގެ ޚިޔާލު ހޯދުމަށް ފޮނުއްވާފައިވާ ކުރެހުމާއި ގުޅޭ ގޮތުން އެ ރަށުގެ ރައްޔިތުން ދިން ޖަވާބަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އީއައިއޭ ރިޕޯޓާ އެއްގޮތަށް ޢަމަލު ކޮއްދެއްވުމަށް ކަމަށް، މޮޅަދޫ ކައުންސިލުން ބުނެފިއެވެ. ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، ކައުންސިލްގެ ޚިޔާލު ހޯދުމަށް އެ ވުޒާރާއިން ފޮނުއްވާފައިވާ ކުރެހުމާއި ގުޅޭގޮތުން...