ނ. ހޮޅުދޫގައި ޒަޙަމްތަކަކާއެކު ނިޔާވެފައި އޮތް އަންހެނެއް ފެނިއްޖެއެވެ.
ފުލުހުން ބުނީ، ހޮޅުދޫގެ ގެއެއްގައި ޒަޚަމްތަކަކާއެކު އަންހެނަކު އޮތްކަމަށް މިއަދު ހެނދުނު މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ ރިޕޯޓާއި ގުޅިގެން ފުލުހުން އެޓެންޑްވެ، އެމީހާ ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް ފުލުހުން ބުންޏެވެ.
''އެމީހާ ނިޔާވެފައިވާކަމަށް ސިއްހީމަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ'' ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އެއީ 50 އަހަރުގެ ދިވެހި އަންހެނެކެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ނިޔާވެފައި ވަނީ އެރަށު ޒަކިއްޔާ މޫސާ، ނިއު ލައިފް އެވެ.
ބައެއް މަސްދަރުތަކުން ބުނާގޮތުގައި އެމީހާގެ ކަރުގައި ވަޅިއަޅާފައިވާކަމުގެ ޒަޚަމްތަކެއް ފެންނަން ހުއްޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!