މާވަށުގައި މީހަކު މަރާލި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި
ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް މައްސަލަ ފޮނުވާފައިވާކަމަށް މިއަދު ފުލުހުން ބުނެފިއެވެ. މި މައްސަލާގައި ލ. މާވަށް / ނަލަހިޔާ، މޫސާ އިބްރާހީމް (29އ) އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ، މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ހައްޔަރުކުރި، ހދ. ނޮޅިވަރަންފަރު / އަސަރީމަންޒިލް، މ...