ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑު އިތުރު ތަހުލީލު ކުރުމަށް މާލެ ގެނެސްފިއެވެ.
ހޮޅުދޫގެ ގެއެއްގައި ޒަޚަމްތަކަކާއެކު އަންހެނަކު އޮތްކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އިއްޔެ އެޓެންޑް އެމީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް އިއްޔެ ހެނދުނު ފުލުހުން ވަނީ ބުނެފައެވެ.
ސިއްހީ މަރުކަޒަށް ގެންދިޔައިރު އެމީހާގެ ފުރާނަނެތްކަމަށް ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލާގައި ތުހުމަތުކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުންގެ ޚާއްސަ ތަޙްޤީޤު ޓީމެއް އިއްޔެ އެރަށަށް ގޮސް ތަހުގީގު ވަނީ ފަށާފައެވެ.
ފުލުހުން މިއަދު ބުނީ އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާގެ ހަށިގަނޑު އިތުރު ތަހުލީލު ކުރުމަށް ރޭ ދަންވަރުގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ.
މި މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ޒަކިއްޔާގެ ކަރުން ޒަޚަމްތަކެއް ފެނިފައިވާއިރު، އޭނާގެ ކައިރި ވަޅިއެއް ވެސް އޮތްކަމަށް ވަނީ މައުލޫމާތު ފެތުރިފައެވެ.
ޒަކިއްޔާގެ ފިރިއަކާއި ދެ ފިރިހެން ކުދިން ތިިބެއެވެ. ދެކުދިން ކުރެ ދޮށީ ފިރިހެން ދަރިފުޅު ދިރިއުޅުނީ ޒަކިއްޔާއާއި އެކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!