ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މާލިމީ ކަމުގައި ޕީއެންސީގެ "އޮޑި" ދުއްވާލަން ވަރަށް ފަސޭހަވާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ބޭއްވި 'ހަރުގެ' ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Ad
rt

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައްތާރު ވިދާޅުވީ، ސަރުކާރު ހިންގާ ޕީއެންސީގެ ޕާޓީގެ ލީޑަރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ ފަސޭހަކަމެއް ކަމުގައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސައްތާރު ވިދާޅުވީ، އެ އިންތިޚާބަށް ޕީއެންސީން ނިކުންނާނީ ފުރިހަމަ ޔަޤީންކަމާއި ރައްޔިތުންގެ އިތުބާރާއެކު ކަމަށެވެ. އަދި މި އިންތިޚާބުގައި ޕީއެންސީއަކީ ވޯޓަށް ކިހާ ފަރިތަ ޕާޓީއެއްކަން އިދިކޮޅު އެމްޑީޕީއަށް ދައްކާލައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާއަކީ އިންތިޚާބުތަކަށް ވަރަށް ފަރިތަ ބޭފުޅެއް. އެމަނިކުފާނު ކުރިމަތިލެއްވި ކޮންމެ އިންތިޚާބެއް އެ ގެންދަވަނީ ފަސޭހަފުޅު ކަމާއެކު ކާމިޔާބު ކުރަމުން،" ސައްތާރު ވިދާޅުވިއެވެ.

ޕީއެންސީގެ 'ހަރުގެ' ޖަލްސާގައި ވާހަކަދެއްކެވި އެހެން ބޭފުޅުންވެސް ވަނީ ރައީސް މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން ޕާޓީގެ މަސައްކަތްތައް ހަރުދަނާކަމާއެކު ކުރިއަށްދާކަން ފާހަގަކުރަށްވާފައެވެ.