ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ހަނީފް އަބްދުލްކަރީމަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާގޮތުން މެޖިސްޓްރޭޓް ހަނީފް އާ ގުޅިގެން ޖޭއެސްސީއިން ތަހުޤީގު ކުރަމުން ދިޔަ ޝަކުވާ، ތަހުގީގު ކޮމިޓީން ތަހުގީގުކުރަމަށް ފަހު ރިޕޯޓެއް އެކުލަވާލާފައިވާކަމަށެވެ. އެގޮތުން ހުށަހެޅިފައިވާ ޝަކުވާގައި ހިމެނޭ ފަނޑިޔާރު ހަނީފުއަށް ތައުބީދީ ފިޔަވަޅުގެ ގޮތުން ނަސޭހަތްތެރިވުމަށް ނިންމާފައިވާ ކަމަށެވެ.

Ad
rt

އެގޮތަށް ނިންމުމާ ގުޅިގެން ތަހުގީގު ރިޕޯޓަށް ޖަވާބުދާރީވުމަށް 30 ދުވަހުގެ މުއްދަތު މާދަމާ އިން ފެށިގެން ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ނަސޭހަތްދެނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެ ކޮމިޝަނުން ހާމައެއްނުކުރެ އެވެ.

މީގެކުރިން ހަނިމާދު އިސް މެޖިސްޓްރޭޓް މުހައްމަދު ހަނީފްގެ ކޮރަޕްޝަންގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދާފައިވާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އަށް ފޮނުވާފައިވެއެވެ.