ހދ. ހަނިމާދޫ ފަޅުގައި އޮތް ހދ. ކުރިނބީ ޑިންގީއެއްގައި އަލިފާން ރޯވެ މީހަކަށް އަނިޔާވެއްޖެ އެވެ.

މިހާދިސާގައި އަނިޔާވިމީހާގެ މޫނުމައްޗާއި އަތުގެ ވަކިހިސާބެއްފިހި ފޮޅުލާފައިވާކަމަށާއި މިހާރު ކުޅުދުއްފުށީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުންދާކަމަށް މިހާދިސާގައި އަނިޔާވި ފަރާތުގެ އާއިލާމީހަކު މިނޫހަށް މަޢުލޫމާތުދެއްވިއެވެ.

Ad
rt

އެފަރާތުން ވާހަކަ ދައްކަމުން އިތުރަށް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއްކަމަށް ގަބޫލުކުރެވެނީ ޕެޓްރޯލް ޓޭންކުގެ ބޭރުގައި ކޮންމެވެސް ވަރަކަށް ޕެޓްރޯލް ހުރުމުން ސުވިޗު އޮފްކޮށްލި ގަޑީގައި ކަންޏެއް ބުރައިގެން ހިނގި އަލިފާނުގެ ހާދިސާއެއްކަމަށެވެ.