ހދ އަތޮޅު ކައުންސިލް އިން އިންތިޒާމް ކުރާ ވޮލީ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި.
ހދ އަތޮޅުކައުންސިލްއިން ކޮށްފައިވާ އިއުލާނެއްގައ ވާގޮތުން ހދ އަތޮޅުގެ އަންހެން އަދި ފިރިހެން ބޭފުޅުންނަށް ޙާއްސަކޮށްގެން އަންނަ ސެޕްޓެންބަރ 20 ވަނަ ދުވަހު ވޮލީބޯޅަ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މި މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައިކަމަށެވެ.
މިމުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 15 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި ޓީމް ލިސްޓް ހދ އަތޮޅު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް އެދޭ ކަމަށާއި އިމެއިލް މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން (info@haadhaal.gov.mv) މެއިލް ކުރެއްވުމަށްފަހު އެކައުންސިލަށް އެނެގެވުމަށްވެސް އިއުލާންގައި ވެއެވެ.
އަދި ވޮލީ މުބާރާތާއިގުޅޭ މަޢުލޫމާތު ކަރުދާހާއި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ހދ އަތޮޅު ކައުންސިލްއިދާރާގެ ކައުންޓަރުންނާއި ހދ އަތޮޅު ކައުންސިލްގެ ވެބްސައިޓް (www.haadhaal.gov.mv) އިން ލިބެން ހުނާނެ ވާހަކަވެސް އިއުލާންގައި ބާޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!