މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
ސީއައިޓީއެމް އިން ކުޅުދުއްފުށިގައި ކޮންޕިއުޓަރ ކޯސްތަކެއް ހިންގަނީ 📍 ހދ. ކުޅުދުއްފުށި

ސީއައިޓީއެމް އިން ކުޅުދުއްފުށިގައި ކޮންޕިއުޓަރ ކޯސްތަކެއް ހިންގަނީ

ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓް(ސީއައިޓީއެމް) އިން ހދ. ކުޅުއްފުށިގައި ކޮންޕިއުޓަރ ކޯސްތަކެއް ހިންގުމަށް ނިންމައިފިއެވެ. ސީއައިޓީއެމް އިން ކުޅުދުއްފުށިގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކަކީ ކޮމްޕިއުޓަރ ފޯ ކިޑްސް- ލެވެލް 1، ކޮމްޕިއުޓަރ ފޯ ކިޑްސް- ލެވެލް 2، ސެޓްފިކެޓު 3 އިން އިންފޮމޭޝަން ޓެކްނޮލޮޖީ(އެމްކިއުޔޫ ގަބޫލުކުރާ)، ސެޓްފިކެޓު 4 އިން އިންފޮމޭޝަން ޓެކްނޮލޮޖީ(އެމްކިއުޔޫ ގަބޫލުކުރާ) އަދި ޑިޕްލޮމަ އިން އިންފޮމޭޝަން ޓެކްނޮލޮޖީ(އެމްކިއުޔޫ ގަބޫލުކުރާ) އެވެ. އެ ސެންޓަރުން ބުނީ ކޯސ...

އަފްރާހް އަބްދުލް ރަޝީދު
ބޮޑުތަކުރުފާނު: ތިލަދުންމައްޗަށް އުފަންވި ދިވެހި ހިތްތަކުގެ ބަޠަލު

ބޮޑުތަކުރުފާނު: ތިލަދުންމައްޗަށް އުފަންވި ދިވެހި ހިތްތަކުގެ ބަޠަލު

ނޯޓް: މިއީ “ތިލަދުންމަތި – ޤައުމަށް ބޭނުންވި ކޮންމެ ވަގުތެއްގައި ނަމޫނާއެއް” ނަމުގައި ލިޔަމުން އަންނަ ކޮލަމްގެ ފުރަތަމަ ލިޔުމެވެ. ދިވެހި ތާރީޚު ހެކިދޭ ގޮތުގައި ދިވެހި މި ލޮބުވެތި ފަސްގަނޑަށް ދިމާވި ދަތި އުނދަގޫ ކޮންމެ ވަގުތެއްގައި ތިލަދުން މަތީގެ ދަރީން ވަނީ ޤައުމަށްޓަކައި ޤުރުބާންވެ ވަޑައިގެން ޤައުމު ދިފާޢުކުރައްވާފައެވެ. ތިލަދުންމައްޗަކީ މުޅިޤަމުގެ ފަޚުރެއްކަން ޔަޤީނެވެ. ތިލަދުންމަތީ މީހުންނަކީ، މާތްވެގެންވާ އިސްލާމްދީނަށް ލޯބިކުރާ، ޒަމާނުއްސުރެ ރިވެތި އަޚުލާޤެއްގެ ވެރިބައެކެވެ. ސުލްހަމަސްލަހަ...

ޙުސައިން ޝަހުދީ
ކުޅުދުއްފުށި އަފީފުއްދީން ސްކޫލުން ވައްކަންކުރަން މަސައްކަތްކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި އަފީފުއްދީން ސްކޫލުން ވައްކަންކުރަން މަސައްކަތްކޮށްފި

ހދ. ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލަށް ރޭ ދަންވަރު ވަގަކު ވަދެ، ވައްކަން ކުރަން މަސައްކަތްކޮށްފި އެވެ. ސްކޫލުން މައުލޫމާތު ދިން ގޮތުގައި ވައްކަން ކުރަން މަސައްކަތް ކޮށްފައިވަނީ ރޭ ދަންވަރު 2:40 ހާއިރު އެވެ. ސްކޫލުން ބުނީ ވަގު ވަދެފައިވަނީ ސްޓާފް ރޫމްގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ކަމަށެވެ. ވަގު ވަނުމުން އެވަގުތު ސްކޫލުގެ ސެކިއުރިޓީ ގާޑަށް ވަގު ފެނުމުން ފުލުހަށް ރިޕޯޓްކުރި ކަމަށާއި ނަމަވެސް ފުލުހުން އަންނަވާއިރަށް ވަގު ފިލާފައިވާ ކަމަށް ސްކޫލުން ބުނެއެވެ. ނަމަވެސް […]

އަފްރާހް އަބްދުލް ރަޝީދު
ނޭކުރެންދޫ އާއި ކުމުންދޫގެ ނަރުދަމާގެ މައްސަލައަށް ވަޒީރަށް ޖަވާބެއް ނުދެވުނު! 📍 ހދ. ކުމުންދޫ

ނޭކުރެންދޫ އާއި ކުމުންދޫގެ ނަރުދަމާގެ މައްސަލައަށް ވަޒީރަށް ޖަވާބެއް ނުދެވުނު!

ނޭކުރެންދޫ އާއި ކުމުންދޫގެ ނަރުދަމާއާއި ބެހޭގޮތުން މަޖިލިސްގައި ކުރެވުނު ސުވާލަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއަށް ޖަވާބެއް ނުދެވުނެވެ. މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ 41 ވަނަ ޖަލްސާގައި މިނިސްޓަރުންނަށް ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ ނޭކުރެންދޫ އާއި ކުމުންދޫގެ ނަރުދަމާގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެެށޭނެކަމަށް ފިނޭންސް މިނިސްޓްރީން ދެންނެވި ކަމަށާއި މި ދެ މަސްރޫޢުގެ މަސައްކަތް ފެށޭނީ ކޮންއިރަކު ތޯ ޕްލޭނިން...

އަބްދުﷲ ޝަފީޢު
ކުމުންދޫގައި ކުރިޔަށްގެންދާ ފިޓްނަސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫގައި ކުރިޔަށްގެންދާ ފިޓްނަސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

“ދުޅަހެޔޮ ސިއްޙަތަކަށް ކަސްރަތު” ނަމުގައި ކުރިޔަށް ގެންދާ 2 ވަނަ ފިޓްނަސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހދ. ކުމުންދޫ ކައުންސިލްއިން ހުޅުވާލައިފި އެވެ. ކުމުންދޫ ކައުންސިލް އިން ހާމަކުރާގޮތުގައި ދުޅަހެޔޮ ސިއްޚަތެއްގައި މުޖްތަމައެއް ބިނާކުރުމަށްޓަކައި ހދ.ކުމުންދޫ ކައުންސިލްގެ ސްޕޯޓްސް ކައުންސިލަރ ކުރިޔައްގެންދާ ފިޓްނަސް ޕްރޮގްރާމް ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިއަދު ވަނީ ހުޅުވާލާފައިކަމަށެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކުމުންދޫ ކައުންސިލް އިދާރާއަށް 28 އޯގަސްޓ...

އިބްރާހިމް އަސްވާޤް
ނެއްލައިދޫ ބަނދަރު އަޕްގްރޭޑްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ބަނދަރު އަޕްގްރޭޑްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލު ކޮށްފި އެވެ. މިއެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، ހަސަން ޝާހް އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ. މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ މިއަދު ޕްލޭނިން މިނިސްޓްރީގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގަ އެވެ. މިނިސްޓްރީ އިން މަޢުލޫމާތު ދޭގޮތުގައި 365 ދުވަސް ތެރޭގައި...

އިބްރާހިމް އަސްވާޤް
ރާޢީގެ ސުވާލު: އެކަހެރިވެފައިވާ މަކުނުދޫއަށް އޮތް ހައްލަކީ ކޮބާ؟ 📍 ހދ. މަކުނުދޫ

ރާޢީގެ ސުވާލު: އެކަހެރިވެފައިވާ މަކުނުދޫއަށް އޮތް ހައްލަކީ ކޮބާ؟

ލާމަރުކަޒީކޮށް ރާއްޖެ ތަރައްގީކުރުމަށް، ޕްލޭނިން މިނިސްޓްރީއިން އެކުލަވާލާފައިވާ ގައުމީ ތަރައްގީގެ ތަސައްވަރުގެ ސްޕޭޝަލް ޕްލޭނުގައި ރާއްޖެ ބަހާލި އިރު، ހދ. މަނުކުދޫ އެއްވެސް ކްލަސްޓާ އަކަށް ވެސް، ރީޖަނަކަށް ވެސް އަދި ސަބް ރީޖަނަކަށް ވެސް ވަދެފައި ނެތުމުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އެކަމާ ގުޅިގެން މިއަދުގެ މަޖިލީހުގެ ޖަލްސާގައި، ރާޢީ ވަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ސުވާލުކޮށްފައެވެ. ރާޢީ ކުރި ސުވާލުގައި ވިދާޅުވީ ލާމަރުކަޒީކޮށް ރާއ...

އަބްދުﷲ ޝަފީޢު
އަންނަ އަހަރަށްވެސް އެންމެ ކުޑަ އުޖޫރަ ކަނޑައެއް ނޭޅޭނެ: ޣަފޫރު

އަންނަ އަހަރަށްވެސް އެންމެ ކުޑަ އުޖޫރަ ކަނޑައެއް ނޭޅޭނެ: ޣަފޫރު

ވަޒީފާ އަދާކުރާ މީހަކަށް ދުވާލެއްގެ މައްޗަށް ލިބޭ އެންމެ ކުޑަ އުޖޫރަ އަންނަ އަހަރު ދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ. ސަޕްލިމެންޓަރީ ބަޖެޓާއި ގުޅޭގޮތުން ރޭ މަޖްލީހުގައި ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަށް ރައީސް ސޯލިހު އުފެއްދެވި ބޯޑުގެ ވާހަކަތަކަށް ބަލާއިރު މި އަންނަ އަހަރުވެސް އެކަން ކުރެވޭނެކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް މި އަހަރުގެ ތެރޭގައި މިނިމަމް […]

އިބްރާހިމް އަސްވާޤް
ކުރިނބީއިން ގޯތި ލިބޭމީހުންގެ ލިސްޓާއެކު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ކުރިނބީއިން ގޯތި ލިބޭމީހުންގެ ލިސްޓާއެކު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ހދ. ކުރިނބީ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ތަފްޞީލް އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކައުންސިލް އިން ކޮށްފައިވާ އިއުލާންގައި ވަނީ ހދ. ކުރިނބީގައި ދިރިއުޅުމަށްޓަކައި، ބަންޑާރަގޯތި ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި، ގޯއްޗަށްއެދި ކުރިނބީ ކައުންސިލަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ގޯތިލިބޭ މީހުންގެ ލިސްޓް، ޕޮއިންޓް ލިބުނު ތަފްސީލާއެކު ހާމަކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާކަމަށެވެ. ޝަކުވާ ހުށަހެޅުމު...

އިބްރާހިމް އަސްވާޤް
📍 ހއ. އިހަވަންދޫ

އިހަވަންދޫ ސްކޫލުގެ ކުޅޭ ސަރަހައްދުގެ ވަށާފާރު ރާނާނެ ބަޔަކު ހޯދަނީ

ހއ. އިހަވަންދޫ ސްކޫލުގެ އެކްޓިވިޓީ ގްރައުންޑްގެ ވަށާފާރު ރާނާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ. ދިވެހި ސަރުކާރުގެ ގެޒެޓްގައި އިހަވަންދޫ ސްކޫލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ސްކޫލްގެ އެކްޓިވިޓީ ގްރައުންޑްގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު އިޢުލާނަށް އެކަށީގެންވާ މިންވަރަށް ތަރުހީބު ލިބިފައިނުވާތީ އެ ޢިލާން ބާޠިލްކުރުމަށްފަހު މިމަސައްކަތް ކުރުމަށް ދެވަނަ ވަނަ ފަހަރަށް އިޢުލާން ކުރާ ކަމަށެވެ. އިއުލާނުގައި ބުނެފައި ވަނީ މި މަސައް...

އަފްރާހް އަބްދުލް ރަޝީދު
ހަނިމާދޫ ފުލުހުންނަށް ކައްކާ ކާންދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ފުލުހުންނަށް ކައްކާ ކާންދޭނެ ފަރާތެއް ހޯދަނީ

ހދ.ހަނިމާދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ މީހުންނަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ. ދިވެހި ސަރުކާރުގެ ގެޒެޓްގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރި އިއުލާނުގައި ބުނެފައި ވަނީ ހަނިމާދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ މީހުންނަށް ކައްކައި ކާންދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުނ...

އަފްރާހް އަބްދުލް ރަޝީދު
ފުނަދޫ އެއާޕޯޓުގެ 13 ވަޒީފާއަކަށް އިއުލާނު ކޮށްފި 📍 ށ. ފުނަދޫ

ފުނަދޫ އެއާޕޯޓުގެ 13 ވަޒީފާއަކަށް އިއުލާނު ކޮށްފި

ފުނަދޫ އެއާޕޯޓުގެ 13 ވަޒީފާއަކަށް ކުރިމަތިލުމަށް އިއުލާނު ކޮށްފިއެވެ. ދިވެހި ސަރުކާރުގެ ގެޒެޓްގައި ރީޖަނަލް އެއާޕޯޓްސް އިން މިމަހުގެ 25 ވަނަ ދުވަހު ކުރި އިއައުލާނުގައި ފުނަދޫ އެއާޕޯޓުގެ 13 މަގާމަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން މި 13 މަގާމަކީ ސަބް އޮފިސަރ، ލީޑީން ފަރަރމަން، ޑިރެކްޓަރު، ފަޔަރ އޮފިސަރ، އެކައުންޓްސް އޮފިސަރު، އެޑްމިނިސްޓްރޭޓިވް އޮފިސަރ، އެސިސްޓެންޓް އޮޕަރޭޓިން އޮފިސަރ، އެއިސްޓެންޓް އެއަރފީލްޑް އޮފިސަރ، އެސްޓެންޓް ފަޔަރ ފައިޓަރ، އެސިސްޓެންޓް ސޭފްޓީ އޮފިސަރ، ޑްރައިވަ...

އަފްރާހް އަބްދުލް ރަޝީދު
ހޮނޑާފުށި މުވައްޒަފުންނަށް ރިސޯޓުން ހިތްހަމަޖެހުމެއް ނެތް!

ހޮނޑާފުށި މުވައްޒަފުންނަށް ރިސޯޓުން ހިތްހަމަޖެހުމެއް ނެތް!

ޒަމާނުއްސުރެ ހދ. އަތޮޅުގެ ގިނަބަޔަކު ދެކެމުންދިޔަ އެއް ހުވަފެނަކީ އެއަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތް ފެށިގެން ދިއުމެވެ. އެ ހުވަފެނުގައި އެ ސަރަހައްދުގެ ރައްޔިތުން ދިގު އިންތިޒާރެއްގައި ތިއްބައި އެ ހުވަފެން ހަގީގަތަކަށް ހަދައިދިނީ ހދ. ހޮނޑާފުށީގައި ތަރައްގީކޮށް ހުޅުވި ރިސޯޓެވެ. މި ރިސޯޓްވެސް ހުޅުވިގެން ދިޔައީ އެ ރިސޯޓް ހެދުމަށް ރަށް ހަވާލުކުރިތާ 12 އަހަރު ފަހުންނެވެ. ހދ. ހޮނޑާފުއްޓަކީ 56.03 ހެކްޓަރުގެ ބޮޑުރަށެކެވެ. ރީތި ބޮޑުފަޅަކާއި, ނަލަ ގޮނޑުދޮށެއް ލިބިފައިވާ މިރަށުގެ ދެކޮޅުގައި ދެ ތުނޑި […...

އަބްދުﷲ ޝަފީޢު
ކުޅުދުއްފުށި އެއާޕޯޓު ވަޒީފާއަށް 400 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި އެއާޕޯޓު ވަޒީފާއަށް 400 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި

ހދ. ކުޅުދުއްފުށި އެއާޕޯޓުގެ 25 ވަޒީފާއަކަށް 400 މީހުން ކުރިމަތިލި ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ބުނެފި އެވެ. “ކުޅުދުއްފުށި އޮންލައިން” އަށް މައުމޫލާތު ދެއްވަމުން ރީޖަނަލް އެއާޕޯޓްސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަމީމް ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު ކުޅުދުއްފުށީ އެއާޕޯޓަށް ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވުނު ފަރާތްތަކާއި އިންޓަވިއުކުން އޮންނާނެ ކަމަށެވެ. “ވަޒީފާއަށްއެދި ހަތަރު ސަތޭކައަށްވުރެންގިނަ ފޯމް ހުށައަޅާފައިވޭ. އޭގެ ތެރެއިން ޝަރުތުހަމަވާ ދު...

އަފްރާހް އަބްދުލް ރަޝީދު
އިހަވަންދޫ ބަނދަރު ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރު ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. އިހަވަންދޫ ބަނދަރު ތަރައްޤީކުރަން  މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލު ކޮށްފި އެވެ. މިއެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، ހަސަން ޝާހް އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ. މިމަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ މިއަދު ޕްލޭނިން މިނިސްޓްރީގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގަ އެވެ. އިހަވަންދޫ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި...

އިބްރާހިމް އަސްވާޤް