"ދުޅަހެޔޮ ސިއްޙަތަކަށް ކަސްރަތު" ނަމުގައި ކުރިޔަށް ގެންދާ 2 ވަނަ ފިޓްނަސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހދ. ކުމުންދޫ ކައުންސިލްއިން ހުޅުވާލައިފި އެވެ.

ކުމުންދޫ ކައުންސިލް އިން ހާމަކުރާގޮތުގައި ދުޅަހެޔޮ ސިއްޚަތެއްގައި މުޖްތަމައެއް ބިނާކުރުމަށްޓަކައި ހދ.ކުމުންދޫ ކައުންސިލްގެ ސްޕޯޓްސް ކައުންސިލަރ ކުރިޔައްގެންދާ ފިޓްނަސް ޕްރޮގްރާމް ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިއަދު ވަނީ ހުޅުވާލާފައިކަމަށެވެ.

Ad
rt

ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކުމުންދޫ ކައުންސިލް އިދާރާއަށް 28 އޯގަސްޓް 2019 ވަނަ ދުވަހު 14:00 ގެ ކުރިން ފޯމް ހުށައަޅަންޖެހެއެވެ.

ކައުންސިލް އިން ބުނީ މިފަދަ ޕްރޮގްރާމެއް ވަނީ މިދިޔަ ޖުލައި މަހުވެސް ކުމުންދޫ ގައި ކުރިޔައް ގެންގޮސްފައިކަމަށެވެ.

މިއީ މިސަރުކާރުގެ ސިޔާސަތު ތަކުގެ ތެރެއިން މިނިސްޓްރީ އޮފް ޔޫތް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް އިން އުފައްދާފައިވާ ސްޕޯޓްސް ކައުންސިލަރ ސިލްސިލާކޮށް ކުރިޔައްގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކެކެވެ.