ހދ. ކުރިނބީ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ތަފްޞީލް އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކައުންސިލް އިން ކޮށްފައިވާ އިއުލާންގައި ވަނީ ހދ. ކުރިނބީގައި ދިރިއުޅުމަށްޓަކައި، ބަންޑާރަގޯތި ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި، ގޯއްޗަށްއެދި ކުރިނބީ ކައުންސިލަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ގޯތިލިބޭ މީހުންގެ ލިސްޓް، ޕޮއިންޓް ލިބުނު ތަފްސީލާއެކު ހާމަކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާކަމަށެވެ. ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ 15 ސެޕްޓެމްބަރ 2019 ދުވަހުގެ 14:00 އެވެ.

Ad
rt

މިފަހަރު ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ތަކަކީ އެރަށު ދޮންއީސާ ހިނގުމުގެ ދެކުނުންނާއި، އިރުވައި ހިނގުމުގެ އިރުންނާއި އަދި ރައްދެބައި މަގުގެ އިރުން ފެސްކޯގެ އުތުރުންނެވެ.

ޖުމްލަ 59 ފަރާތަކުންވަނީ ގޯއްޗަށްއެދި ހުށަހަޅާފައެވެ.

ކައުންސިލްއިން ބުނީ ގޯއްޗަށް އެދިފައިވާ އެއްވެސް ފަރާތެއްގެ ހާލަތު ބަދަލުވުމާއި ގުޅިގެން ގޯތި ނަގަން ބޭނުން ނުވާނަމަ އެކަންވެސް ކުރިން ބުނި ތާރީޚުގެ ކުރިން ކައުންސިލްއަށް އަންގަންވާނެ ކަމަށެވެ.