ފުނަދޫ އެއާޕޯޓުގެ 13 ވަޒީފާއަކަށް ކުރިމަތިލުމަށް އިއުލާނު ކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ގެޒެޓްގައި ރީޖަނަލް އެއާޕޯޓްސް އިން މިމަހުގެ 25 ވަނަ ދުވަހު ކުރި އިއައުލާނުގައި ފުނަދޫ އެއާޕޯޓުގެ 13 މަގާމަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން މި 13 މަގާމަކީ ސަބް އޮފިސަރ، ލީޑީން ފަރަރމަން، ޑިރެކްޓަރު، ފަޔަރ އޮފިސަރ، އެކައުންޓްސް އޮފިސަރު، އެޑްމިނިސްޓްރޭޓިވް އޮފިސަރ، އެސިސްޓެންޓް އޮޕަރޭޓިން އޮފިސަރ، އެއިސްޓެންޓް އެއަރފީލްޑް އޮފިސަރ، އެސްޓެންޓް ފަޔަރ ފައިޓަރ، އެސިސްޓެންޓް ސޭފްޓީ އޮފިސަރ، ޑްރައިވަރ، ގާޑް އަދި މަސައްކަތު މީހާ އެވެ.
ރީޖަނަލް އެއާޕޯޓްސްގެ އިއުލާނުގައި ބުނެފައި ވަނީ މި13 މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ ތިން ވަނަ ދުވަސް ކަމުގައެވެ.
ފުނަދޫ އެއާޕޯޓުގެ ދަތުރުތައް މި މަހު ފެށިގެންދާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް އަދި މިވީހާ ތަނަކަށް އެ އެއާޕޯޓަށް ޓެސްޓް ފްލައިޓް ވެސް ޖައްސާފައެއް ނުވެއެވެ.
ފުނަދޫ އެއާޕޯޓްގެ ބިން ހިއްކާފައިވަނީ އެމްޓީސީސީގެ އެންމެ ބޮޑު ޑްރެޖަރުންނެވެ. އެއާޕޯޓުގެ މަޝްރޫއުއަށް ގާތްގަނޑަކަށް 89 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ފުނަދޫ އެއާޕޯޓް މަޝްރޫއުގެ ދަށުން އެރަށުގައި 1200 މީޓަރު ދިގު ރަންވޭއެއް އަޅާފައި ވެއެވެ. ކުރިން 21 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިގެން ހެދުމަށް ހަމަޖެހިފައިވާ ފުނަދޫ އެއަރޕޯޓުގެ މަޝްރޫއަށް ވަނީ 40 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!