ހދ. ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލަށް ރޭ ދަންވަރު ވަގަކު ވަދެ، ވައްކަން ކުރަން މަސައްކަތްކޮށްފި އެވެ.

ސްކޫލުން މައުލޫމާތު ދިން ގޮތުގައި ވައްކަން ކުރަން މަސައްކަތް ކޮށްފައިވަނީ ރޭ ދަންވަރު 2:40 ހާއިރު އެވެ. ސްކޫލުން ބުނީ ވަގު ވަދެފައިވަނީ ސްޓާފް ރޫމްގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ކަމަށެވެ.

Ad
rt

ވަގު ވަނުމުން އެވަގުތު ސްކޫލުގެ ސެކިއުރިޓީ ގާޑަށް ވަގު ފެނުމުން ފުލުހަށް ރިޕޯޓްކުރި ކަމަށާއި ނަމަވެސް ފުލުހުން އަންނަވާއިރަށް ވަގު ފިލާފައިވާ ކަމަށް ސްކޫލުން ބުނެއެވެ. ނަމަވެސް ސްކޫލުން އެއްވެސް އެއްޗެއް ވަގަށް ނަގާފައެއް ނުވެއެވެ.

އެ ސްކޫލުގެ މައި ދޮރުގައި ގޭޓެއް ނުހުރެ އެވެ. އަދި ސްކޫލުގެ ފުރަގަހު ފާރު ރާނާފައި ނެތުމުގެ ސަބަބުން ސްކޫލުގެ ގޯތި ތެރެއަށް ކޮންމެ ވަގުތަކުވެސް ފަސޭހަކަމާއެކު މީހުންނަށް ވަދެ ނުކުމެވެ އެވެ.