ދިވެހިރާއްޖޭގެ ގޯތިގެދޮރާއި، ބިންބިމުގެ ރަޖިސްޓްރީގެ ދަފްތަރެއް ޕޯޓަލްކޮށް މުޅި ރާއްޖެ ގުޅުވާލަންޖެހޭކަމަށް ހދ އަތޮޅު ކައުންސިލްގެ މެންބަރ އަޙްމަދު އާތިފް ވިދާޅުވެއްޖެއެވެ.

އާތިފް އޭނާގެ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްތެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ގޯތިގެދޮރާއި، ބިންބިމުގެ ރަޖިސްޓްރީގެ ދަފްތަރެއް ޕޯޓަލްކޮށް މުޅި ރާއްޖެ ގުޅުވާލައިގެން، ރަށްރަށުން ގޯތި ދޫކުރުމުގެ ކުރިން ރާއްޖޭގެ އެހެން ތަނަކުން އެމީހަކަށް ގޯޗެއް ނުވަތަ ބިމެއް ލިބިފައިވޭތޯ ބެލުމަށްޓަކައި ކައުންސިލްތަކުން މިހާރު ހޭދަކުރާ ވަގުތު ސަލާމަތްކުރަންޖެހޭކަމަށެވެ.

Ad
rt

އާތިފް ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކަށް އައިޑީ ކާޑު ކޮޕީ ހުށަހަޅަންޖެހޭ ޖެހުން، އޮންލައިން ޕޯޓަލްއެއްގެ ތެރެއިން ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.

ތިލަދުންއަށް ވާހަކަ ދައްކަމުން އާތިފް ވިދާޅުވީ ރަށްރަށުން ގޯތި ދޫކުރުމަށް ގުޅުވާލުމުން ކުރިމަތިލާ ފަރާތްތަކުގެތެރެއިން ޝަރުތު ހަމަވާފަރާތްތަކަށް ގޯތި ދޫކުރުމުގެ ކުރިން ޖެހެނީ އެމީހުންނަށް ރާއްޖޭގެ އެހެންތަނަކުން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ލިބިފައި އޮތްތޯ ބަަލަންކަމަށެވެ.

"ރަށުކައުންސިލްތަކުން އެ ލިޔުން ފޮނުވާނީ އަތޮޅު ކައުންސިލަށް، އަތޮޅު ކައުންސިލްއިން ފޮނުވާނީ އެހެން އަތޮޅު ކައުންސިލްތަކަށް، އަތޮޅު ކައުންސިލްތަކުން އެއަތޮޅުގެ ރަށްތަކަށް، ސާފުވެގެން ހަމަ ބެކް ކުރާނީ އެރޫޓުން، އެއީ ވަރަށް ގިނަ ވަގުތު މިކަހަލަ އައިޓީ ޒަމާނެއްގައި" އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވިގޮތުގައި މިހާރު ކުރިޔަށް ކުރިޔަށް ގެންދާ އުސޫލުގެ ބަދަލުގައި އެހުރިހާ މަޢުލޫމާތު ޕޯޓަލްއެއްގެ ޒަރީޔާއިން ހުރިހާ ކައުންސިލްތަކަށް އެކްސެސް ވެވުނީމާ ވަގުތު ސަލާމަތް ވާނެކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ ކޮންމެ މުއައްސަސާއަކަށް ޚިދުމަތަކަށް އެދުނަސް، ގިނަ ޚިދުމަތްތަކުގައި އައިޑީ ކާޑު ކޮޕީއެއް ހުށަހަޅަން ޖެހޭކަމަށާއި، އޭގެ ބަދަލުގައި ޑީއެންއާރުގެ ޕޯޓަލްއިން ނަމަވެސް ކޮންމެވެސް ގޮތަކުން މުއައްސަސާތަކަށް އެކްސެސްވެވޭނަމަ އެކަމުން ވަރަށް ބޮޑަށް ވަގުތު ސަލާމަތްެވެ ރައްޔިތުންނަށް ލުއިވެގެން ދާނެ ކަމަށެވެ.

އާތިފް ވިދާޅުވީ މިކަހަލަ ކަންތައް ނުކުރެވެންޏާ އައިޓީ ކުރިއަރައި ދިއުމުން އަހަރެމެންނަށް ފައިދާއެއް ނެތްކަމަށެވެ