އަންނަ އާދިއްތަ ދުވަހު ފަށާ ގައުމީ ގުރުއާން މުބާރާތުގައި 1200 އަށް ވުރެ ގިނަ ބައިވެރިން ކިޔަވާނެ ކަމަށް ގުރްއާނާ ބެހޭ މަރުކަޒުން މިއަދު ބުނެފި އެވެ.

މުބާރާތާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކީރިތި ޤުރުއާނާބެހޭ ގައުމީ މަރުކަޒުގެ ސްޕަވައިޒަރު އިބްރާހީމް އަޒުލިފް ވިދާޅުވީ، މިއަހަރުގެ މުބާރާތުގައި 1273 މީހުން ބައިވެރިވެފައިވާ ކަމަށެވެ.

Ad
rt

33 ވަނަ ގައުމީ ޤުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ އެކަކުން ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރުގެ މުބާރާތް ދެ ތަނެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެއީ އިސްލާމީ މަރުކަޒުގެ ހޯލުގަޔާއި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ހޯލުގަ އެވެ.