މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
ކުމުންދޫ ބަނދަރު ސަރަހައްދުގައި ތެޔޮ ވިއްކުމަށް ބިން ކުއްޔަށް ދޫކުރަނީ 📍 ހދ. ކުމުންދޫ

ކުމުންދޫ ބަނދަރު ސަރަހައްދުގައި ތެޔޮ ވިއްކުމަށް ބިން ކުއްޔަށް ދޫކުރަނީ

ހދ. ކުމުންދޫ ބަނދަރު ސަރަހައްދުން ތެޔޮ ވިއްކުމަށް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފިއެވެ. ކުމުންދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ތެޔޮ ވިއްކުމަށް 15 އަހަރު ދުވަހުގެ މުއްދަތަށް އެއް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލާކަމަށެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހު 11:00 ގެ ކުރިން ކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުން އެދޭ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އިއުލާނުގައި ބުނެފައި ވަނީ ކުއްޔަސް ދޫކުރާ ބިމަކީ 1500 އަކަފޫޓުގެ ބިމެއް […]

އަފްރާހް އަބްދުލް ރަޝީދު
ހަނިމާދޫ ރައްޔިތުންގެ ދެއްކި އެއްބައިވަންތަ ކަމަށް ތައުރީފު ހައްގު! 📍 ހދ. ހަނިމާދޫ

ހަނިމާދޫ ރައްޔިތުންގެ ދެއްކި އެއްބައިވަންތަ ކަމަށް ތައުރީފު ހައްގު!

އިއްޔެ އަކީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް ވަރަށް ހިތާމަވެރި ކަޅު ދުވަހެކެވެ. ހދ. ހަނިމާދޫ ކައިރިއަށް، އެ އަތޮޅު ނޮޅިވަރަންފަރުގެ ލޯންޗު ބަންޑުން ޖަހާލައި އޭގައި ތިބި 10 މީހުންގެ ތެރެއިން ފަސް މީހުން މި ދުނިޔެއާ ވަކިވެގެން ދިޔަ ހާދިސާ އިން ދިވެހިން ރޮއްވާލިއެވެ. ނިޔާވި މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު މީހުން ހިމެނެއެވެ. ލޯންޗު ބަންޑުން ޖަހާލުމައެކު، ކަނޑުވި މީހުން ހޯދައި، އެމީހުން ހަނިމާދޫ ސިއްހީ މަރުކަޒާ ހަމައަށް ގެންގޮސްދިނީ އެމްއެންޑީއެފާއި […]

އަފްރާހް އަބްދުލް ރަޝީދު
ކުމުންދޫގައި އައިސްޕްލާންޓެއް ތަރައްޤީކުރާނެ ބަޔަކު ހޯދަނީ 📍 ހދ. ކުމުންދޫ

ކުމުންދޫގައި އައިސްޕްލާންޓެއް ތަރައްޤީކުރާނެ ބަޔަކު ހޯދަނީ

ހދ.ކުމުންދޫ ބަނދަރުގެ ދެކުނު ފަރާތުގައި އައިސް ޕްލާންޓެއް ތަރައްޤީކުރާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ. ކުމުންދޫ ކައުންސިލުން ކުރި މި އިއުލާނުގައި ބުނެފައިވަނީ އައިސްޕްލާންޓެއް އެޅުމަށް 2000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ބިން ކުއްޔަށް ދޫކުރެވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް މަހަކު 60 ލާރި ކަމަށް ކައުންސިލުން ބުނެއެވެ. އިއުލާނުގައި ބުނެފައި ވަނީ އައިސްޕްލާންޓް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 19 ވަނަ ދުވަހުގެ 11:00 ގެ ކުރިން […]

އަފްރާހް އަބްދުލް ރަޝީދު
ސަލާމަތްވި އެންމެން ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

ސަލާމަތްވި އެންމެން ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

ހދ. ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫ އަށް ދަތުރުކުރަމުން ދިޔަ ޑިންގީ އެއް އިއްޔެ ބަންޑުންޖަހާލި ހާދިސާގައި ސަލާމަތްވި ފަސް މީހުން ވެސް ފަރުވާދިނުމަށް ފަހު ދޫކޮށްލައިފި އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދިނުމަށް ފަހު އިއްޔެގެ ވަގުތެއްގައި ވަނީ ދޫކޮށްލާފަ އެވެ. ބާކީ ތިބި ތިން މީހުންނަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައި ވަނީ މިއަދު ހެނދުނު 10:45 ހާއިރު އެވެ އިއްޔެ ބަންޑުން ޖަހާލި ލޯންޗުން 10 މީހަކު ދަތުރު ކުރި އިރު، ސަލާމަތްވީ […]

ޝިއުނާ އާދަމް
ކުއްލި 5 މަރާއިއެކު ތިލަދުންމަތި ފުން ހިތާމައެއްގައި! 📍 ހދ. ނޮޅިވަރަންފަރު

ކުއްލި 5 މަރާއިއެކު ތިލަދުންމަތި ފުން ހިތާމައެއްގައި!

ކުއްލި ޚަބަރެކެވެ. ލޯންޗު ބަންޑުން ޖަހާލި ވާހަކައެވެ. ހޭދަވާނީ ފަޅި ސިކުންތެކެވެ. ސިފަވީ ހުޅަނގު މޫސުމަށް ނަގާ ބިޔަ ބޮޑެތި ރާޅުތަކެވެ. ފުންމިން ނޭނގޭ ކަނޑެވެ. ރުއިމާއި އާދޭހުގެ އަޑެވެ. ސިހުން ލިބިފައިވާ ހިތްތަކެވެ. ބީރައްޓެހިންނެއް ނޫނެވެ. އެކަކު އަނެކެއްގެ ލޯބިވާ ޢާއިލާގެ މެންބަރުންނެވެ. ދެކެފަރިތަ ރައްޓެހީންނެވެ. މަޢުސޫމު ތުއްތު ފުރާނައެކެވެ. ގަދަ އޮޔާއި ރާޅުތަކުގެ ތެރޭގައި ކުރިމަތިވީ ކޮންފަދަ ވަރުގަދަ ހަނގުރާމައަކާހެއްޔެވެ. ހިތަށް އަރުވާލިއަސް ރޮވޭހާވެއެވެ. ހިތްތައް ކުދިކުދިވާހާ ވެއެވެ. މިއީ...

ޝީޒާ މުހައްމަދު
ގިނަ ބައެއްގެ ބައިވެރިވުމާއެކު ނިޔާވި ފަސް މީހުންގެ ޖަނާޒާ ބާއްވައިފި 📍 ހދ. ހަނިމާދޫ

ގިނަ ބައެއްގެ ބައިވެރިވުމާއެކު ނިޔާވި ފަސް މީހުންގެ ޖަނާޒާ ބާއްވައިފި

ގިނަ ބައެއްގެ ބައިވެރިވުމާއެކު ނިޔާވި ފަސް މީހުންގެ ޖަނާޒާ ބާއްވައިފި އެވެ.   ނިޔާވި ފަސް މީހުން ވަޅުލާފައިވަނީ އެކުއެކީގައި އެއް ވަޅެއްގައެވެ. ހަނިމާދޫ މިސްކިތުގައި އޮތް މިކަށު ނަމާދުގައި ވަރަށް ގިނަ އަދަދެއްގެ މީހުން  ބައިވެރިވެފައި ވެއެވެ. މި ޖަނާޒާ އަށް އެ ރަށާއި އަދި ނޮޅިވަރަމްފަރުގެ ވަރަށް ގިނަ ބަޔަކު ވަނީ ހާޒިރުވެފައެވެ. ހަނިމާދޫގެ ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް މިޖަނާޒާގައި ބައިވެރިވެފައިވެއެވެ ޖަނާޒާގައި ބައިވެރިވުމަށް ޓަކައި ވަރަށް ގިނަ ބަޔަކު ނޮޅިވަރަންފަރުން ހަނިމާދޫއަށް ވަނީ ގޮސް...

އިބްރާހިމް އަސްވާޤް
ލާންޗު ހާދިސާގައި ނިޔާވި މީހުންގެ ކަށުނަމާދު މިރޭ 1:30 ގައި

ލާންޗު ހާދިސާގައި ނިޔާވި މީހުންގެ ކަށުނަމާދު މިރޭ 1:30 ގައި

ލާންޗު ހާދިސާގައި ނިޔާވި މީހުންގެ ކަށުނަމާދު މިރޭ 1:30 ގައި އޮންނާނެއެވެ. ހަނިމާދޫ ކައުންސިލުން މަޢުލޫމާތު ދޭގޮތުގައި ކަށު ނަމާދު އޮންނާނީ މިރޭ 1.30 ގައި، ހަނިމާދޫ މަސްޖިދު މޫސާ އަލީ މިސްކިތުގައެވެ. މިޔަދު ދިމާވި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ: ޙުސައިން އަބްދުﷲ – އަހިމާގެ ހދ. ނޮޅިވަރަންފަރު (55 އަހަރު) މަރިޔަމް މަޢުސޫމާ – އަހިމާގެ ހދ. ނޮޅިވަރަންފަރު (48 އަހަރު) ފާތިމަތު ގުރައިޝާ – އަހިމާގެ – ހދ. ނޮޅިވަރަންފަރު (30 އަހަރު) އިރާ […]

އިބްރާހިމް އަސްވާޤް
ނިޔާވި ފަރާތްތަކުގެ ޖަނާޒާ ހަނިމާދޫގައި

ނިޔާވި ފަރާތްތަކުގެ ޖަނާޒާ ހަނިމާދޫގައި

ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ.ހަނިމާދޫ އަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލުމާ ގުޅިގެން ނިޔާވި ފަސް މީހުންގެ ޖަނާޒާ ހަނިމާދޫގައި ބޭއްވުމަށް ނިންމައިފިއެވެ. މިޒަނާޒާގައި ބައިވެރިވުމަށް އާއިލާގެ މީހުން މިވަގުތު ދަނީ ހަނިމާދޫއަށް ދިއުމަށް ތައްޔާރުވަމުންނެވެ. ހަނިމާދޫއަށް ދަނީ ޕޮލިސް ލޯންޗުގައި ޕޮލިހުންގެ އެހީތެރިކަމާއިއެކު އެވެ. އެ ފަރާތްތަކުގެ ޖަނާޒާ އަށް މިހާރު އަންނަނީ އެންމެފަހުގެ ތައްޔާރީތައް ވަމުންނެވެ. ނޮޅިވަރަންފަރު ކައުންސިލުގެ ރައީސް އަޙްމަދު އިބްރާހިމް މި ނޫހަށް މައުލޫމާތު ދެއްވަ...

އިބްރާހިމް އަސްވާޤް
މެދުކެނޑުމަށް ފަހު މޯލްޑިވިއަންގެ ދަތުރުތައް ހަނިމާދޫ އަށް ފަށައިފި 📍 ހދ. ހަނިމާދޫ

މެދުކެނޑުމަށް ފަހު މޯލްޑިވިއަންގެ ދަތުރުތައް ހަނިމާދޫ އަށް ފަށައިފި

މެދުކެނޑުމަށް ފަހު މޯލްޑިވިއަންގެ ދަތުރުތައް ހަނިމާދޫ އަށް ފަށައިފި އެވެ. މޯލްޑިވިއަނުން ހަނިމާދޫ އަށް ކުރަމުން އައި ދަތުރުތައް ކެންސަލްކޮށްފައިވަނީ މިއަދު ހެނދުނު މޫސުން ގޯސްވުމާ ގުޅިގެންނެވެ. ނަމަވެސް މިހާރު އަލުން ދަތުރުތައް ފަށާފައިވާ ކަމަށް މޯލްޑިވިއަނުން ބުނެއެވެ. ހަނިމާދޫ ދަތުރުތައް މޫސުން ތަންނުދޭތީ މެދުކަނޑާލުމަށްފަހު އަލުން ދަތުރުތައް ފެށި ވާހަކަ ކަސްޓަމަރުންގެ މަޢުލޫމާތައްޓަކައި ދަންނަވާލިން. — Maldivian (@MaldivianAero) August 29, 2019 އިންޑިއާގެ ޓްރިވެންޑްރަމުން ފުރައިގެން ހަނިމާދޫ...

އިބްރާހިމް އަސްވާޤް
ޓީޗަރު ހުސެއިން: ގެއްލިގެން ދިޔައީ ނަމޫނާ ހިދުމަތްތެރިއެއް 📍 ހދ. ނޮޅިވަރަންފަރު

ޓީޗަރު ހުސެއިން: ގެއްލިގެން ދިޔައީ ނަމޫނާ ހިދުމަތްތެރިއެއް

އޭނާއަކީ ތައުލީމީ ބޭފުޅެކެވެ. އެތައް ދަރިވަރެއްގެ މުދައްރިސެކެވެ. އިޖްތިމާއީ ހިދުމަތުގެ އިތުރުން އެއީ ދީނީ ކަންކަމުގައި ނަމޫނާ ބޭފުޅެކެވެ. އެންމެންނާއިވެސް ހިނިތުންވުމަކާއެކު ބައްދަލުކުރައްވާ ސަކަ މިޒާޖެއްގެ އެކުވެރިއެކެވެ. އާދެ އެއީ ހދ. ނޮޅިވަރަންފަރު އަހިމާގެ، ހުސެއިން އަބްދުﷲ ނުވަތަ އެންމެން ދަންނަ ނަމުންނަމަ “ޓީޗަރު ހުސެއިން”އެވެ. ނަމަވެސް އެ ހިދުމަތްތެރިއާ މިއަދު ވަނީ އަޅުގަނޑުމެންނާ ތާ އަބަދަށް ވަކިވެފައެވެ. މިޚަބަރު ގިނަ ބަޔަކަށް ވެގެންދިޔައީ ހިތްދަތިކަމުން ފުރިގެން ދިޔަ ޚަބަރަކަށެވެ. ހދ....

އަލީ އަހުސަން
ލޯންޗު ބަންޑުންވި ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސްގެ ތައުޒިޔާ!

ލޯންޗު ބަންޑުންވި ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސްގެ ތައުޒިޔާ!

ލޯންޗު ބަންޑުންވި ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ތައުޒިޔާ ވިދާޅުވެއްޖެ އެވެ. ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދު އަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ފަސް މީހުން ނިޔާވި ހާދިސާއާ ގުޅިގެން އެމީހުންގެ އާއިލާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފި އެވެ. މިއަދު ހަނިމާދޫ ކައިރިން ލާންޗެއް ބަންޑުންޖަހާލައި 5 ބޭފުޅަކު ނިޔާވި ޚަބަރު އެހީ ފުންހިތާމައާއެކު. އަދި އެބޭފުޅުންގެ […]

ޝިއުނާ އާދަމް
📍 ހދ. ހަނިމާދޫ

ފަރުވާ ދެމުންދާ މީހުންގެ ހާލު އަންނަނީ ރަނގަޅު ވަމުން: ހަނިމާދޫ ސިއްހީ މަރުކަޒު

ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނީ ހަތަރު މީހުނަށެވެ. އެ މީހުންގެ ހާލު ރަނގަޅު ކަމަށް ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުރިފަރާތުން މައުލޫމާތު ދެ އެވެ. ސަލާމަތްވި ފަސް މީހުން ހޮސްޕިޓަލަށް ގެނައިއިރު ލޮނުބޮވި ހާލު ސީރިއަސް. އެކަމަކު އޮކްސިޖަން ދީގެން އެ މީހުންގެ ހާލު ކުރިއަށް ވުރެ ރަނގަޅުކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ތިލަދުންއަށް މަޢުލޫމާތުދީފައިވެއެވެ. ހދ. ނޮޅިވަރަންފަރުން ހަނިމާދުއަށް ދަތުރުކުރަމުން ދިޔަ ކުޑަ ލޯންޗެއް ބަންޑުންޖަހާލައި، ސަލާމަތްކުރި 10 މީހުންގެ ތެރެއިން […]

އިބްރާހިމް އަސްވާޤް
ވިއްސާރައިގެ ސަބަބުން މޯލްޑިވިއަންގެ ހަނިމާދޫ ދަތުރުތައް ކެންސަލް! 📍 ހދ. ހަނިމާދޫ

ވިއްސާރައިގެ ސަބަބުން މޯލްޑިވިއަންގެ ހަނިމާދޫ ދަތުރުތައް ކެންސަލް!

ވިއްސާރައިގެ ސަބަބުން މޯލްޑިވިއަންގެ ހަނިމާދޫ ދަތުރުތައް ކެންސަލްކޮށްފިއެވެ. މޯލްޑިވިއަން އެއާރލައިން އިން ބުނީ “‏މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ހަނިމާދުއަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ފަސްކުރިކަން ހުރިހާ ކަސްޓަމަރުންގެ ސަމާލުކަމަށްޓަކައި ދަންނަވާލަންކަމަށެވެ. ދަތުރުތައް އަލުންފެށުނުހާ އަވަހަކަށް އަންގަމުން ގެންދާނެކަމަށް މޯލްޑިވިއަން އިން މައުލޫމާތުދެއެވެ. އިންޑިއާގެ ޓްރިވެންޑްރަމުން ފުރައިގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓެއް މޫސުމް ގޯސްވެ،...

ޝިއުނާ އާދަމް
ޓްރެވެންޑްރަމުން ހަނިމާދުއަށް ދަތުރުކުރި ފްލައިޓެއް ނުޖެއްސި، ވެލާނާއަށް 📍 ހދ. ހަނިމާދޫ

ޓްރެވެންޑްރަމުން ހަނިމާދުއަށް ދަތުރުކުރި ފްލައިޓެއް ނުޖެއްސި، ވެލާނާއަށް

އިންޑިއާގެ ޓްރިވެންޑްރަމުން ފުރައިގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓެއް މޫސުމް ގޯސްވެ، ބޯޓް ނުޖެއްސި ވައިގެ ތެރޭގައި ހަތަރު ގަޑިއިރު ހޭދަކުރުމަށްފަހު އެންމެ ފަހު ވެލާނާ އިންޓަނޭޝަން އެއާޕޯޓްގައި ޖައްސައިފި އެވެ. ރޭ ދަންވަރު 2:40 ހާއިރު ޓްރިވެންޑްރަމުން ފުރައިގެން ހަނިމާދުއަށް ދަތުރު ކުރި މި ފްލައިޓުން ދަތުރުކުރި ބައެއް ފަސެންޖަރުންވަނީ އެމީހުންގެ އެ ތަޖުރިބާ “ކުޅުދުއްފުށި އޮންލައިން” އާ ހިއްސާކޮށްފައެވެ. އޭނާ ބުނީ އޭނާގެ އަންހެނުންނާއި 1 އަހަރުގެ ކުޑަ ދަރިފ...

އަފްރާހް އަބްދުލް ރަޝީދު