ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ.ހަނިމާދޫ އަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލުމާ ގުޅިގެން ނިޔާވި ފަސް މީހުންގެ ޖަނާޒާ ހަނިމާދޫގައި ބޭއްވުމަށް ނިންމައިފިއެވެ.

މިޒަނާޒާގައި ބައިވެރިވުމަށް އާއިލާގެ މީހުން މިވަގުތު ދަނީ ހަނިމާދޫއަށް ދިއުމަށް ތައްޔާރުވަމުންނެވެ. ހަނިމާދޫއަށް ދަނީ ޕޮލިސް ލޯންޗުގައި ޕޮލިހުންގެ އެހީތެރިކަމާއިއެކު އެވެ. އެ ފަރާތްތަކުގެ ޖަނާޒާ އަށް މިހާރު އަންނަނީ އެންމެފަހުގެ ތައްޔާރީތައް ވަމުންނެވެ.

Ad
rt

ނޮޅިވަރަންފަރު ކައުންސިލުގެ ރައީސް އަޙްމަދު އިބްރާހިމް މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެފަސް މީހުން ވަޅުލުމަށް މިހާރު ހިނަވަމުންދާ ކަމަށާއި، ފަސް މީހުން އެއްފަހަރާ ވަޅުލާތީ ޖަނާޒާއާއި ކަށުނަމާދު ބޭއްވޭނެ ވަގުތެއް ސީދާ ބުނަން ނޭނގޭ ކަމަށެވެ.

މި ހާދިސާގައި ނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ނިސްބަތްވަނީ އެއް އާއިލާއަކަށެވެ. އެގޮތުން ނިޔާވި އެ ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ ދެމަފިރިންނާއި، އެ އާއިލާގެ އަންހެނެއްގެ އިތުރުން ކުޑަ އަންހެން ކުއްޖެކެވެ.

މިއަދުގެ ހާދިސާގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ، ހުސެއިން އަބްދުﷲ، އުނިމާގެ (ބޮޑު ޓީޗަރު) އަދި އޭނާގެ އަންހެނުން މަރިޔަމް މަނިކެ އާއި އެދެމަފިރިންގެ ހަމަ އެކަނި ދަރިފުޅު، ގުރައިޝާ އަބްދުﷲ 30 ގެ އިތުރުން، އެ ދެމަފިރިންގެ ތިން އަހަރުގެ މާމަ/ކާފަ އަންހެން ދަރިފުޅެވެ. މީގެ އިތުރުންވެސް އެ އާއިލާގެ އިތުރު މީހަކު ޑިންގީ ބަންޑުން ޖަހާލި ވަގުތު ޑިންގީގައި ހުއްޓެވެ. އޭނާއަކީ ޑިންގީގެ ކައްޕި ކަމަށް މައުލޫމާތު ލިބެއެވެ. ލޯންޗު ބަންޑުންޖަހާލުމާއެކު ފަތާފައި ހަނިމާދޫއަށް އެރީ އޭނާއެވެ. މިހާދިސާގައި ދެން ނިޔާވީ އައިޝަތު އަލީ ނަމަކަށްކިޔާ އަންހެނެކެވެ.