ހދ. ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫ އަށް ދަތުރުކުރަމުން ދިޔަ ޑިންގީ އެއް އިއްޔެ ބަންޑުންޖަހާލި ހާދިސާގައި ސަލާމަތްވި ފަސް މީހުން ވެސް ފަރުވާދިނުމަށް ފަހު ދޫކޮށްލައިފި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދިނުމަށް ފަހު އިއްޔެގެ ވަގުތެއްގައި ވަނީ ދޫކޮށްލާފަ އެވެ. ބާކީ ތިބި ތިން މީހުންނަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައި ވަނީ މިއަދު ހެނދުނު 10:45 ހާއިރު އެވެ

Ad
rt

އިއްޔެ ބަންޑުން ޖަހާލި ލޯންޗުން 10 މީހަކު ދަތުރު ކުރި އިރު، ސަލާމަތްވީ ފަސް މީހެކެވެ. އަދި ބާކީ ތިބި ފަސް މީހުން ހަނިމާދޫ ސިއްހީ މަރުކަޒަށް ގެނަ އިރު ވަނީ ނިޔާވެފައެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވަނީ، އަބްދުއްޝުކޫރު ވީނަސްގޭ ހދ. ނޮޅިވަރަންފަރު (57) އާއި އެ ރަށު އައިމިނަތު އާސިމާ ރެޑް ރޯސް (29) އަދި އައިޝަތު ޝެހެނާޒް ދ. ކުޑަހުވަދޫ ފޮގެޓްމީ ނޮޓް (29) އަށެވެ. ލޯންޗުގެ ކެޕްޓަން ޖަޒްލާން އަދުނާން 36، އާއި ލޯންޗުގެ ފަޅުވެރިޔާ އިއްޔެގެ ވަގުތެއްގައިވަނީ ދޫކޮށްލާފަ އެވެ. މި މީހުންގެ ތެރެއިން އަބްދުއްޝުކޫރުގެ އަންހެނުން އައިޝަތު އަލީ 51، ވަނީ މިހާދިސާގައި ނިޔާވެފަ އެވެ.

ޑިންގީ ބަންޑުންޖަހާލި ހާދިސާގައި ވަނީ ފަސް މީހަކު މަރުވެފަ އެވެ. ޖުމްލަ 10 މީހުންނާއި އެކު ދަތުރުކި ޑިންގީން ސަލާމަތްވި ފަސް މީހުން ސިއްހީ މަރުކަޒަށް ގެނައި އިރު ތިބީ ވަރަށް ބޮޑަށް ލޮނު ބޮވި ހާލު ދެރަވެފައެވެ. ނަމަވެސް އެ އެއްމެންގެ ހާލު ރަނގަޅުވުމުން ދޫކޮށްލީ ކަމަށް މަޢުލޫމާތު ލިބިފައިވެ އެވެ.