ހދ. ކުމުންދޫ ބަނދަރު ސަރަހައްދުން ތެޔޮ ވިއްކުމަށް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފިއެވެ.

ކުމުންދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ތެޔޮ ވިއްކުމަށް 15 އަހަރު ދުވަހުގެ މުއްދަތަށް އެއް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލާކަމަށެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހު 11:00 ގެ ކުރިން ކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުން އެދޭ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

Ad
rt

އިއުލާނުގައި ބުނެފައި ވަނީ ކުއްޔަސް ދޫކުރާ ބިމަކީ 1500 އަކަފޫޓުގެ ބިމެއް ކަމަށާއި ބިން ކުއްޔަށް ދޫކުރެވޭނެ އެންމެ ކުޑަ އަގަކީ މަހަކު އަކަފޫޓަކަށް 60 ލާރި ކަމަށެވެ.

އެ ބިން ލިބިއްޖެނަމަ، އެ ބިން ތަރައްގީކޮށް ވިޔަފާރި ފަށާނެ ތާރީހެއް އަންދާޒާކޮށް ޕްރޮޕޯސަލްގައި ހިމަނަން ވާނެ ކަމަށް އިއުލާނުގައި ވެއެވެ. މީގެ އިތުރުން ބިން ކުއްޔަށް ހިފާ ފަރާތުން ރަށުގެ އިޖްތިމާއި ކަންކަމަށް އަހަރުކު ކުރާނެ ކަންކަމާއި، ބިން ކުއްޔަށް ހިފާ ފަރާތުން ހުށަހަޅާ އެންމެ ބޮޑު ކުލި ޕްރޮޕޯސަލްގައި ހިމަނަން ވާނެ ކަމަށް އިއުލާނުގައި ވެއެވެ.