މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
ނޮޅިވަރަންފަރާއި ހަނިމާދޫ ރައްޔިތުން ދެއްކި އެއްބައިވަންތަކަމަށް މޮސްޓާގެ ތައުރީފާއި ޝުކުރު 📍 ހދ. ހަނިމާދޫ

ނޮޅިވަރަންފަރާއި ހަނިމާދޫ ރައްޔިތުން ދެއްކި އެއްބައިވަންތަކަމަށް މޮސްޓާގެ ތައުރީފާއި ޝުކުރު

ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަނޑުން ޖަހާލައި ފަސް މީހުން ނިޔާވި ހާދިސާގައި އެ ދެ ރަށުގެ ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި ހިތްވަރާ ނަމޫނާ އަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ތައުރީފުކޮށް ޝުކުރު ދަންނަވައިފިއެވެ. މޮސްޓާ ކުރި ޓްވީޓެއްގައި ވިދާޅުވީ އެ ދުވަހު ދެ ރަށުގެ ރައްޔިތުން ވެސް ދެއްކި އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެހީތެރިކަމަށް ޝުކުރާ ސާބަސް ދަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ މީގެ 15 އަހަރު ކުރިން ސުނާމީ […]

އަފްރާހް އަބްދުލް ރަޝީދު

ސުޕްރީމް ކޯޓު ފަނޑިޔާރު ކަމަށް ސަމީރު ކުރިމަތިލައްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރު އަނެއްކާވެސް ކުރިމަތިލައްވައިފި އެވެ. މިހާރު ސުޕްރީމް ކޯޓުގައި ހުސްވެފައި އޮތީ ފަނޑިޔާރު އަބްދުﷲ ދީދީގެ މަގާމެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ފަނޑިޔާރު އަލީ ސަމީރަކީ ހދ.ނައިވާދޫ އަށް ނިސްބަތްވާ ބޭފުޅެކެވެ. ފަނޑިޔާރު ސަމީރު 2011 ވަނަ އަހަރު މާރޗް 26 ވަނަ ދުވަހު ހައި ކޯޓަށް އައްޔަން […]

އިބްރާހިމް އަސްވާޤް

ކައުންސިލްގެ ރައީސް، ނަޝީދަށް: ކުޅުދުއްފުށީގެ ތަރައްޤީއަށް ނިކަމެތިކަން އަންނާނެ ވާހަކައެއް ބަލައެއްނުގަނެވޭނެ

ހދ. ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަކީ “މޮޔަ ކަމެއް” ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ރައްދުދެއްވައިފި އެވެ. ހދ. ކުޅުދުއްފުށި އަދި ހއ. ހޯރަފުށީގައި އެއާޕޯޓު އެޅުމަކީ ”މޮޔަ ކަމެއް“ ކަމަށް ނަޝީދު ވިދާޅުވީ އެމްޑީޕީން ފެށި ޒުވާންގެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އެއްކައިރީގައި އެއާޕޯޓެއް އަޅާލާފައި، ރަށްރަށް ހިއްކާލާފައި، މާރީތި ކުރެހުމެއް ކުރަހާލާފައި އޮންނަ ކުރެހުމަކީ ތަ...

އަފްރާހް އަބްދުލް ރަޝީދު
ހުކުރު ގަޑީގައި ފުޓްބޯޅަ ކުޅެގެން ކުށްވެރިވި، ސަލާމަތްވީ ފިލީމަ: ފިއްޓޭ

ހުކުރު ގަޑީގައި ފުޓްބޯޅަ ކުޅެގެން ކުށްވެރިވި، ސަލާމަތްވީ ފިލީމަ: ފިއްޓޭ

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، ފިއްޓޭ “ކުޑައިރު” ހުކުރު ގަޑީގައި ފުޓްބޯޅަ ކުޅުއްވައިގެން ކުށްވެރިވިކަމަށް އެބޭފުޅާ ވިދާޅުވެއްޖެއެވެ. މިހެން އެބޭފުޅާ ވިދާޅުވީ މިދިޔަ ހަފްތާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށައެޅުއްވި ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ. މެންބަރު ޒިޔާދު ވިދާޅުވީ އިސްލާހިއްޔާ ހަދައިގެން ކުދިން ބަންދުކޮށްގެން އިސްލާހުކުރަން މީގެ ކުރިން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ނުވާނެކަމެއްކަމަށް...

ރަފާ މުހައްމަދު
ގޮނޑުދޮށްތަކުގެ ފައިދާ ހދ. އަތޮޅު ރައްޔިތުންވެސް ބޭނުންވޭ: ލަތީފް

ގޮނޑުދޮށްތަކުގެ ފައިދާ ހދ. އަތޮޅު ރައްޔިތުންވެސް ބޭނުންވޭ: ލަތީފް

ދޮންވެލި ގޮނޑުދޮށްތަކުގެ ފައިދާވެސް ހދ. އަތޮޅުގެ ރައްޔިތުން ބޭނުންވާކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވެއްޖެއެވެ. ލަތީފް މިހެން ވިދާޅުވީ އިއްޔެ އެއިނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. ލަތީފްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ ހދ ގެ ކޮންމެ ރަށަކަށްވެސް ޓޫރިޒަމްގެ ފައިދާ ބޭނުންވާ ކަމަށާއި ގޮނޑުދޮށްތަކުގެ ފައިދާ ހދ. އަތޮޅުގެ ރައްޔިތުން ބޭނުންވާ ކަމަށާއި އަދި ކަޅުބިލަމަހުގެ މަސްވެރިކަންވެސް ތަރައްޤީ ކޮށްދެއްވުން އެދޭކަމަށާއި މިކަންކަމަށް ދެކޮޅު ހަދާނެ ރައްޔިތަކު ނެތްކަން ލަތީފ...

އިބްރާހިމް އަސްވާޤް

ހޮނޑާފުށި ރިސޯޓު، 21 ޑޮލަރާއި އެކު ސާވިސް ޗާޖް ލިސްޓްގެ ފުލުގައި

ހދ. އަތޮޅުގައި ތަރައްގީކުރި ފުރަތަމަ ރިސޯޓް، ހޮނޑާފުށި އައިލެންޑް ރިސޯޓްގައި ސާވިސްޗާޖުގެ ގޮތުގައި މިދިޔަ މަހު ބަހާފައިވަނީ 21 ޑޮލަރު (323.82 ރުފިޔާ) ކަމަށް ރިސޯޓުތަކުގެ މުވައްޒަފުންގެ ސާވިސް ޗާޖުގެ މައުލޫމާތު ގެނެސްދޭ ވެބްސައިޓް www.maldivessc.com ގައި ބުނެފައިވެ އެވެ. މިވެބްސައިޓުގައި ބުނެފައިވާގޮތުން މިއީ އޮގަސްޓްމަހު އެންމެ މަދުން ސާވިސްޗާޖު ދީފައިވާ ރިސޯޓެވެ. އެ ވެބްސައިޓުގައި 55 ރިސޯޓުގެ ސާވިސްޗާޖް ހިމަނާފައިވާއިރު ދެވަނައަށް އެންމެ މަދުން ދިން ރިސޯޓުގެ ގޮތުގައި ހިމަނާފައިވަނީ އީކުއޭޓަރ ވި...

އިބްރާހިމް އަސްވާޤް

ހޯރަފުށީ ކައުންސިލްގެ އިދާރާ މޮނިޓަރކޮށްފި

ހއ. ހޯރަފުށީ ކައުންސިލްގެ އިދާރާ މޮނިޓަރ ކޮށްފިއެވެ. މޮނިޓަރ ކުރުން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އޯގަސްޓު މަހުގެ 28 ން 29 އަށް އަތޮޅު ކައުންސިލުންނެވެ. މޮނިޓަރ ކުރުމަކީ ކައުންސިލްތައް ހިނގާ ނުހިނގާގޮތް ބެލުމެވެ. މި މޮނިޓަރިންގައި ބަލާފައިވާނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ކައުންސިލްގެ މައްޗަށް ލާޒިމުކުރާ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތާއި އަދި ފައިސާގެ ހިސާބުތައް ހިންގާފައިވަނީ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށްތޯއާއި ކައުންސިލުން ދޭންޖެހޭނެ ކަމަށް ޤާނޫނުގައި ކަ...

އަފްރާހް އަބްދުލް ރަޝީދު
ދިއްދޫގައި ބޭއްވި ބޭސިކް ސްވިމިންގ ކޯޗިން ކޯސް ނިންމާލައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ބޭއްވި ބޭސިކް ސްވިމިންގ ކޯޗިން ކޯސް ނިންމާލައިފި

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ސްވިމިން އެސޯސިއޭޝަން ގުޅިގެން ހއ ދިއްދޫގައި ފަތަންދަސްކޮށްދޭ ކޯޗުން ތަމްރީނުކުރުމުގެ ކޯހެއް ކުރިއަށް ގެންގޮސްފިއެވެ. މިކޯސް ކުރިއަށް ގެންގޮސްފައިވަނީ މިހިނގާ އޯގަސްޓް މަހުގެ 20 ވީ ބުރާސްފަތި ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 30 ވީ ހުކުރު ދުވަހުގެ ނިޔަލަށެވެ. މި ކޯހުގައި އިރުޝާދު ދެއްވާފައިވަނީ ސްވިމިން އެސޯސިއޭޝަން ކޯޗު އާދަމް މުހައްމަދުއެވެ. މިކޯހުގައި ބައިވެރިވި 30 ބައިވެރިންގެ ތެރެއިން 25 ބައިވެރިން ވަނީ ކޯހުން ފާސްވެފައެވެ. ޢަދި […]

އަޙްމަދު އަސްފާން
ކަންގަތި އެވޯރޑް: ތިލަދުންމަތީގެ 3 ކައުންސިލަކަށް

ކަންގަތި އެވޯރޑް: ތިލަދުންމަތީގެ 3 ކައުންސިލަކަށް

ކަންގަތި އެވޯރޑް ހއ އަތޮޅު ކައުންސިލަށާއި ހއ ދެރަށެއްގެ ރަށު ކައުންސިލަށް ލިބިއްޖެ ލޯކަލް ގަވަރމަންޓް އޮތޯރިޓީން ދެއްވަމުން އަންނަ ކަންގަތި އެވޯރޑް ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލަށާއި، މާރަންދޫ ކައުންސިލަށާއި ކެލާ ކައުންސިލަށް ލިބިއްޖެއެވެ. ކަންގަތީ އެވޯރޑަކީ ލޯކަލް ކައުންސިލްތަކުގެ މެދުގައި ވާދަ ވެރިކަމާއެކު، ލާމަރުކަޒީ ޤާނޫނާއި އަދި އެހެނިހެން ޤާނޫނުތަކާ އެއްގޮތަށް ކައުންސިލްތައް ހިންގުމުގެ ބޭނުމުގައި ދެވޭ އެވޯރޑެކެވެ. މި އެވޯޑް ދިނުމުގައި ކައުންސިލްތައް ރޭންކިންގ އަށް ބަލައި އެވޯޑް...

އިބްރާހިމް އަސްވާޤް
ކެލާގައި ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި 📍 ހއ. ކެލާ

ކެލާގައި ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ހއ. ކެލާގައި ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ފްރޮގްރާމެއް ހިންގައިފިއެވެ. މި ޕްރޮގްރާމަކީ ކެލާ ވުމަން ޑިވެލޮޕްމަންޓުން އިސްނަގައިގެން ޓްރާންސްޕޭރެންސީ މޯލްޑީވްސް ހިންގާ “ބާރު ގްރާންޓް’ އިން ރާވާ ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި މޯލްޑިވްސް ޑައިބިޓިކް ސޮސައިޓީއާ، ކެލާ ކައުންސިލާއި ކެލާ ހެލްތު ސެންޓަރު ވެސް ވަނީ ބައިވެރިވެފައެވެ. މިއަދު ކެލާ ޔޫތް ސެންޓަރުގައި ކުރިއަށް ދިޔަ މި ޕްރޮގްރާމުގައި ހަކުރު ބައްޔާއި ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ހަކަރު ބައްޔަށް ޓެސްޓު ކޮށްދިނުމާއި ލޭގެ [...

އަފްރާހް އަބްދުލް ރަޝީދު
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދެވަނަ ބުރުގައި ފަސް ރަށަކަށް އެހީވެއްޖެ 📍 ށ. ފޭދޫ

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދެވަނަ ބުރުގައި ފަސް ރަށަކަށް އެހީވެއްޖެ

ޖަމްއިއްޔާތަކުންނާއި އަމިއްލަ ފަރުދުން، ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓުތަކަށް އެހީދިނުމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު”ގެ ދެވަނަ ބުރުގައި ފަސް ރަށަކަށް އެހީވެއްޖެއެވެ. މި ފަންޑުން އެހީ ދޭނީ އިޖުތިމާއީ ފައިދާ އަށް ހިލޭ ސާބަހަށް ކުރާ މަސައްކަތް، ތައުލީމު، ކުޅިވަރުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ޕްރޮޖެކްޓުތަކަށެވެ. މިއަހަރުގެ ކޮންމެ ކުއާޓާއެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވ...

އަފްރާހް އަބްދުލް ރަޝީދު
ކުޅުދުއްފުށި އަދި ހޯރަފުށިގައި އެއާޕޯޓު އެޅުމަކީ "މޮޔަ ކަމެއް": ރައީސް ނަޝީދު 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި އަދި ހޯރަފުށިގައި އެއާޕޯޓު އެޅުމަކީ "މޮޔަ ކަމެއް": ރައީސް ނަޝީދު

ހދ. ކުޅުދުއްފުށި އަދި ހއ. ހޯރަފުށީގައި އެއާޕޯޓު އެޅުމަކީ “މޮޔަ ކަމެއް” ކަމަށާއި އޭގެ ބަދަލުގައި މަސައްކަތް ކުރަންވީ ހަގީގީ ތަރައްގީ ހޯދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންނާ ބައްދަލު ކުރުމުން ރަށްރަށުގައި އެއާޕޯޓް އަޅައިދޭން އެދެމުން ދާތީ ނަޝީދު ވަނީ ކުރިން ވެސް އެކަންކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން ރަނގަޅު ފެރީގެ ނިޒާމަކާއި ރާއްޖެއާ ގުޅޭ ތަރައްގީތައް ގެނައުން މާ […]

އަފްރާހް އަބްދުލް ރަޝީދު
📍 ހއ. ކެލާ

އިނގިރޭސީންގެ ދުވަސްވަރު ކެލާ

ދިވެހިރާއްޖޭގައި އިނގިރޭސީން އުޅުނުކަމުގެ ނިޝާންތައް ފެންނަކަމަށް އެންމެ މަޝްހޫރުވެފައިވަނީ ރާއްޖޭގެ އެންމެ ދެކުނު ކަމުގައިވާ އައްޑޫއިންނެވެ. ނަމަވެސް، ދުވަސްކޮޅަކަށް ވިޔަސް އިނގިރޭސީންގެ އަސްކަރީ މަރުކަޒެއް ރާއްޖޭގެ އުތުރުގައި ހިންގިކަން ގިނަ ބަޔަކު ހަނދާނެއް ނުހުރެއެވެ. 1945 ވަނަ އަހަރުން ފެށިގެން ދެވަނަ ބޮޑު ހަނގުރާމަ ނިމެންދެން، އައްޑޫގައި ދެކުނުގެ އަސްކަރީ މަރުކަޒު ހިންގި ފަދައިން އުތުރުގައި އަސްކަރީ މަރުކަޒުގެ ގޮތުގައި ހއ.ކެލާގައި “ސްޓޭޖިންގ ޕޯސްޓް”އެއް ހިންގާފައިވެއެވެ. ހއ.ކެލާގެ ކުރީގެ ބ...

Thiladhun
ހދ. އަތޮޅު މަދަރުސާގައި 12 ކްލާސް ރޫމް އެޅުމަށް ހަވާލުކޮށްފި 📍 ހދ. ވައިކަރަދޫ

ހދ. އަތޮޅު މަދަރުސާގައި 12 ކްލާސް ރޫމް އެޅުމަށް ހަވާލުކޮށްފި

ހދ. ވައިކަރަދޫގައި ހުންނަ އަތޮޅު މަދަރުސާގައި 12 ކްލާސް ރޫމްގެ ތިންބުރީގެ އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. 12 ކުލާސް ރޫމް އެޅުމަށް ބަޔަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު، މި މަސައްކަތް ހަވާލުކުރީ ކިއު.ވަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބުރާސްފަތި ދުވަހު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކްޓިވް ނައުޝާދު އިބުރާހިމެވެ. ކިއު.ވަން ޕްރައިވެޓް ލިމިޑެޓްގެ...

އަފްރާހް އަބްދުލް ރަޝީދު
‏ށ.ފީވަކުގައި ވާލާއި މީދާ ފައްސަން ބޭނުންކުރާ ޑިވައިސް ހަރުކޮށްފި

‏ށ.ފީވަކުގައި ވާލާއި މީދާ ފައްސަން ބޭނުންކުރާ ޑިވައިސް ހަރުކޮށްފި

‏ށ.ފީވަކުގައި ވާލާއި މީދާ ފައްސަން ބޭނުންކުރާ ޑިވައިސް ހަރުކޮށްފި އެވެ. ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އަލްޓްރާ ސައުންޑް ޑިވައިސް ތަޢާރަފުކޮށް އެއެއްޗެހި ބޭނުންކުރާނެގޮތުގެ މަޢުލޫމާތު ދީފައިވެއެވެ. ‏އަލްޓްރާ ސައުންޑް ޑިވައިސް (ވާލާއި މީދާ ފައްސަން ބޭނުންކުރާ) ހަރުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިޔެގައެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރިއަށްގެންދާ މިހަރަކާތުގައި ވަނީ ފީވަކު ދަނޑުވެރިންނާއި ސުކޫލް ދަރިވަރުންނަށް މަޢުލޫމާތު ދިނުމު...

އިބްރާހިމް އަސްވާޤް