ދޮންވެލި ގޮނޑުދޮށްތަކުގެ ފައިދާވެސް ހދ. އަތޮޅުގެ ރައްޔިތުން ބޭނުންވާކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވެއްޖެއެވެ.

ލަތީފް މިހެން ވިދާޅުވީ އިއްޔެ އެއިނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. ލަތީފްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ

Ad
rt

ހދ ގެ ކޮންމެ ރަށަކަށްވެސް ޓޫރިޒަމްގެ ފައިދާ ބޭނުންވާ ކަމަށާއި ގޮނޑުދޮށްތަކުގެ ފައިދާ ހދ. އަތޮޅުގެ ރައްޔިތުން ބޭނުންވާ ކަމަށާއި އަދި ކަޅުބިލަމަހުގެ މަސްވެރިކަންވެސް ތަރައްޤީ ކޮށްދެއްވުން އެދޭކަމަށާއި މިކަންކަމަށް ދެކޮޅު ހަދާނެ ރައްޔިތަކު ނެތްކަން ލަތީފުގެ ޕޯސްޓުގައި ލިޔެފައިވެއެވެ.

"މާލެ ހުޅުމާލެ ކުދިކުދި ކޮށިތަކަށް ރާއްޖޭގެ އެންމެހާ ރައްޔިތުން ގެންދިއުމުގެބަދަލުގައި ރާއްޖޭގެ އިޤްތިޞާދު މުޅި ރާއްޖެއަށް ފައިދާ ކުރާނެ ގޮތަކަށް މަސައްކަތް ކޮށްދެއްވާ! މީ ރައްޔިތުންގެ އާދޭހެއް"

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ބުނެފައިވެއެވެ.

އަބްދުލް ލަތީފް ޙަސަން އަކީ ހދ. އަތޮޅު ކައުންސިލްގެ ދެވަނަ ދައުރުގެ ނައިބު ރައީސް ކަމާއި މެންބަރުކަން ކޮށްފައިވާ ފަރާތެކެވެ.