ޖަމްއިއްޔާތަކުންނާއި އަމިއްލަ ފަރުދުން، ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓުތަކަށް އެހީދިނުމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ދެވަނަ ބުރުގައި ފަސް ރަށަކަށް އެހީވެއްޖެއެވެ.
މި ފަންޑުން އެހީ ދޭނީ އިޖުތިމާއީ ފައިދާ އަށް ހިލޭ ސާބަހަށް ކުރާ މަސައްކަތް، ތައުލީމު، ކުޅިވަރުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ޕްރޮޖެކްޓުތަކަށެވެ.
މިއަހަރުގެ ކޮންމެ ކުއާޓާއެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ބީއެމްއެލް އިން ދަނީ ދެމުންނެވެ.
މިއަހަރުގެ ދެވަނަ ކުއާޓާގައި ވެސް ބީއެމްއެލުން ވަނީ ފަސް ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މީގެ ތެރޭގައި ބ. ކިހާދޫގައި ކޮމިއުނިޓީ ޕާކެއް ގާއިމްކުރުމާއި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން ށ. ފޭދޫގެ ރައްޔިތުންނަށް ބިއްލޫރި ފުޅި ހަދިޔާކުރުމާއި މ. ކޮޅުފުށީ ސްކޫލް ސަރަހައްދުގައި ބެލެނިވެރިންނާއި ދަރިވަރުން ބޭނުންކުރުމަށް ތަނެއް ހިޔާކޮށް އެތަން ހެދުމާއި ސ.ހުޅުދޫގެ ރާފަޅާ ގޮނޑުދޮށް ސަރަހައްދުގައި ހިތްފަސޭހަ މައިޒާނެއް ހެދުމުގެ އިތުރުން ކ. ގާފަރުގެ ސެން ކްލާސްރޫމް ތަރައްގީކުރުން ހިމެނެ އެވެ.
ބީއެމްއެލްގް ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މި ޕްރޮޖެކްޓަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތަކެއް ކަމަށެވެ. އެގޮތުން މިހާތަނަށް 110 ޕްރޮޮޖެކްޓެއް ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިއުނިޓީ ފަންޑުން ޕްރޮޖެކްޓްތައް ހިންގަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ. އެގޮތުން އަންނަ މަހުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅޭނެކަމަށް ބިއެމްއެލުން ބުނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!