ހއ. ކެލާގައި ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ފްރޮގްރާމެއް ހިންގައިފިއެވެ.
މި ޕްރޮގްރާމަކީ ކެލާ ވުމަން ޑިވެލޮޕްމަންޓުން އިސްނަގައިގެން ޓްރާންސްޕޭރެންސީ މޯލްޑީވްސް ހިންގާ "ބާރު ގްރާންޓް' އިން ރާވާ ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި މޯލްޑިވްސް ޑައިބިޓިކް ސޮސައިޓީއާ، ކެލާ ކައުންސިލާއި ކެލާ ހެލްތު ސެންޓަރު ވެސް ވަނީ ބައިވެރިވެފައެވެ.

މިއަދު ކެލާ ޔޫތް ސެންޓަރުގައި ކުރިއަށް ދިޔަ މި ޕްރޮގްރާމުގައި ހަކުރު ބައްޔާއި ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ހަކަރު ބައްޔަށް ޓެސްޓު ކޮށްދިނުމާއި ލޭގެ ޕްރެޝަރު ބަލައިދިނުމާއި، އިސްކޮޅާ ގުޅުވައިގެން ބަރުދަން ބަހައްޓަންވީވަރު ބަލައިދިނުމާއި ހަކުރުބަލީގެ ސަބަބުން އިތުރަށް ދިމާވާ މައްސަލަތައް ހުރިތޯ ބެލުމަށް ސްކްރީނު ކުރުމާއި އުނަގަނޑުގެ ވަށަމިން ހުންނަ މިންވަރު ބެލުމާއި ހަށިގަނޑުގައި ސަރުބީ ހުރި މިންވަރު ބަލައިދިމުނުގެ އިތުރުން ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑު މިންވަރު ބަލައިދިނުން ހިމެނެއެވެ.
ބާރު ގްރާންޑު ޕްރޮޖެކްޓުގެ މަގްސަދަކީ އަންހެންނުން ބާރުވެރިކުރުވުމާއި ޕްރޮޖެކްޓް މެނޭޖްމަންޓު އަދި ސިޔާސަތު ތަންފީޒު ކުރުމުގެ ތެރެއަށް އަންހެނުން ވެއްދުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!