ދިރާގު ޔޫތްލީގް 2019 ގެ 14 އަހަރުން ދަށުގެ އުމުރުފުރާގައި ރޭ ކުޅުނު ފުރަތަމަ މެޗްގައި މޯލްޑިވްސް ސޮކަމޭޓްސް ވަނީ ވިކްޓްރީ ސްޕޯޓްސް ކަލްބް އެކެޑެމީގެ މައްށްޗައް 5-0 ގެ ނީޖާއަކުން ކުރިހޯދާފައެވެ. މިހާތަނަށް މި މުބާރާތުގައި ވިކްޓްރީ ވަނީ ކުޅުނު ތިން މެޗްއިންވެސް ބަލިވެފައެވެ. މޯލްޑިވްސް ސޮކަމޭޓްސް ވަނީ ކުޅުނު ތިން މެޗްގެ ތެރެއިން ދެ މެޗް ކާމިޔާބްކޮށްފައެވެ. މޯލްޑިވްސް ސޮކަމޭޓްސް ބަލިވެފައި ވަނީ ހުޅުމާލެ ސްޕޯޓްސް ސްކޫލާއި ދެކޮޅައް ކުޅުނު މެޗުން އެކަންޔެވެ. އެމެޗުން މޯލްޑިވްސް ސޮކަމޭޓްސް ބަލިވީ 3-1 ގެ ނަތީޖާ އަކުންނެވެ.
ރޭ މިމިބާރާތުގައި ކުޅުނު ދެވަނަ މެޗްގައި ހުޅުމާލެ ސްޕޯޓްސް އެކެޑެމީ އަދި ހުޅުމާލެ ސްޕޯޓްސް ސްކޫލް ބައްދަލުކޮށް 10-0 ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރީ ހުޅުމާލެ ސްޕޯޓްސް ސްކޫލެވެ. މިހާތަނަށް ކުޅުނު ތިންމެޗްއިންވެސް ހުޅުމާލެ ސްޕޯޓްސް ސްކޫލް ވަނީ މޮޅުވެފައެވެ. އަދި ހުޅުމާލެ ސްޕޯޓްސް އެކެޑެމީ ވަނީ މިމުބާރާތުގައި ކުޅުން ތިން މެޗްއިންވެސް ބަލިވެފައެވެ.
ރޭ ކުޅުނު ދެމެޗާއިއެކު މިހާތަނައް ދިރާގު ޔޫތު ލީގު 2019 ގެ 14 އަހަރުން ދަށުގެ އުމުރުފުރާގައި ވަނީ ޖުމްލަ 10 މެޗް ކުޅެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!