ށ.ފީވަކުގައި ވާލާއި މީދާ ފައްސަން ބޭނުންކުރާ ޑިވައިސް ހަރުކޮށްފި އެވެ.
ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އަލްޓްރާ ސައުންޑް ޑިވައިސް ތަޢާރަފުކޮށް އެއެއްޗެހި ބޭނުންކުރާނެގޮތުގެ މަޢުލޫމާތު ދީފައިވެއެވެ.
އަލްޓްރާ ސައުންޑް ޑިވައިސް (ވާލާއި މީދާ ފައްސަން ބޭނުންކުރާ) ހަރުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިޔެގައެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރިއަށްގެންދާ މިހަރަކާތުގައި ވަނީ ފީވަކު ދަނޑުވެރިންނާއި ސުކޫލް ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައެވެ.
މިއަދު ށ.ފީވަކުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އަލްޓްރާ ސައުންޑް ޑިވައިސް ތަޢާރަފުކޮށް އެއެއްޗެހި ބޭނުންކުރާނެގޮތުގެ މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދެވުނު ބައްދަލުވުމުގެ ތެރެއިން pic.twitter.com/KkfJ91ypxc
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) August 28, 2019
މިޑިވައިސްއާއި ބެހޭ މަޢުލޫމާތާއި މިޑިވައިސް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރުމާއި ބެހޭ ގޮތުން ފީވަކު ސްކޫލުގެ ގްރޭޑް 8,9,10 ގެ ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވަނީ މިއަދުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!