ހދ. ވައިކަރަދޫގައި ހުންނަ އަތޮޅު މަދަރުސާގައި 12 ކްލާސް ރޫމްގެ ތިންބުރީގެ އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

12 ކުލާސް ރޫމް އެޅުމަށް ބަޔަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު، މި މަސައްކަތް ހަވާލުކުރީ ކިއު.ވަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބުރާސްފަތި ދުވަހު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

Ad
rt

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކްޓިވް ނައުޝާދު އިބުރާހިމެވެ. ކިއު.ވަން ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަފްސަލް ސައީދެވެ.

ފީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުއަށް ޖުމްލަށް 7،780،282.47 ރުފިޔާ ހަރަދުވާނެ އެވެ. މި މަޝްރޫއު 2020 ވަނަ އަހަރުގެ އޯގަސްޓްމަހު ނިންމާ މިނިސްޓްރީ އާއި ހަވާލު ކުރަންޖެހެއެވެ.

މިދިޔަ ސަރުކާރުގައި ހދ. އަތޮޅު މަދަރުސާގައި ނުވަ ކްލާސް ރޫމް އެޅުމަށް ބަޖެޓް ކުރެވި އޭރުގެ ރައްޔިތުންގެ މަޖިލީހުން ވަނީ އެގޮތަށް ފާސް ކޮށްފައެވެ. ނަމަވެސް ފަހުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި މަޝްރޫއަށް ބެޖެޓެއް ނެތް ކަމަށް ބުނެ ކްލާސް ރޫމްތައް އެޅެން ނެތް ކަމަށް އަންގާފައެވެ.