މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
ހޯރަފުށީގައި ހޮސްޕިޓަލެއް އަޅަން އެކަށޭނެ ފަސް ބިމެއް ދައްކައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ހޮސްޕިޓަލެއް އަޅަން އެކަށޭނެ ފަސް ބިމެއް ދައްކައިފި

ހއ. ހޯރަފުށީގައި ސަރުކާރުން އަޅަން ނިންމާފައިވާ ހޮސްޕިޓަލަށް އެކަށޭނެ ބިމުގެ ގޮތުގައި ފަސް ބިމެއް، އެރަށު ކައުންސިލުން ސަރުކާރަށް ދައްކައިފިއެވެ. ހޯރަފުށީ ކައުންސިލުން، އެރަށުގެ ފަސް ސަރަޙައްދެއްގެ ބިން ފާހަގަކުރުމަށްފަހު، އެތަންތަން ވަނީ މިނިސްޓްރީ އޮފް ހެލްތަށް އަންގާފައެވެ. އެރަށު ކައުންސިލުން ހެލްތު މިނިސްޓްރީގައި އެދިފައިވަނީ މި ފަސް ބިމުގެ ތެރެއިން އެންމެ އެކަށޭނެ ތަނެއް ކަނޑައެޅުމަށެވެ. ހޯރަފުށީ ކައުންސިލުން ފާހަގަކޮށްފައިވާ ބިންތަކުގެ ތެރެއިން ފުރަތަމަ ބިމަކީ މިހާރުވެސް އެރަށުގައި ހުރި ޞ...

Thiladhun
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި އެއާޕޯޓް އެޅުމަށް ނެގި ދެ ގެއެއްގެ ބަދަލަށް ދެ މިލިއަން ރުފިޔާ ދީފި

ހދ. ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް ނެގި 18 ގޯތީގެ ތެރެއިން ބަދަލުގެ ކަންތައް ނުނިމިވާ ދެ ގޯތީގެ މައްސަލަގައި ފަހުން އެކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ބަދަލުގެ ގޮތުގައި ކަނޑައެޅި ފައިސާ ކުޅުދުއްފުށީ ކޯޓަށް ދައުލަތުން ޖަމާކޮށްދީފި އެވެ. އެއާޕޯޓް އެޅުމަށް ނެގި 18 ގޯތީގެ ތެރެއިން އެ ރަށު ކޯޓުން ކަނޑައެޅި ބަދަލާއި މެދު ހިތް ހަމަ ނުޖެހިގެން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ ކުޅުދުއްފުށީ ޑޭޒީވިލާގެ އަލީ އިސްމާއިލް އާއި ކުލަވަރުގެ މޫސާ ހަސަންނެވެ. […]

އަފްރާހް އަބްދުލް ރަޝީދު
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި އެއާޕޯޓު ދަމަހައްޓައި ނެގެހެއްޓުމަށް މި ސަރުކާރުން އޮތީ ތައްޔާރަށް: ޖަމްޝީދު

ހދ. ކުޅުދުއްފުށީގައި ތަރައްގީކޮށްފައިވާ އެއާޕޯޓުު ދަމަހައްޓައި ނެގެހެއްޓުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެއެވެ. ޖަމްޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޅުދުއްފުށި އެއާޕޯޓުގެ މުސްތަގްބަލު އުޖާލާކަމުގައި ދެކޭ ކަމަށާއި އެ އެއާޕޯޓަކީ ބޮޑު ރައުސުލްމާލެއް ކަމަށެވެ. ކުޅުދުއްފުށި އެއާޕޯޓާ ބެހޭގޮތުން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަށ...

އަފްރާހް އަބްދުލް ރަޝީދު
މަނަދޫގެ ބަކަރި ކޮށިތައް އިންސްޕެކްޓުކޮށްފި

މަނަދޫގެ ބަކަރި ކޮށިތައް އިންސްޕެކްޓުކޮށްފި

ނ. މަނަދޫގައި ގެންގުޅޭ ބަކަރިތަކަށް އެއްވެސް ބައްޔެއް ޖެހިފައިވޭތޯ ބެލުމަށް އިންސްޕެކްޓުކުރުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ކުރިއަށް ގެންގޮސްފިއެވެ. އެ މިނިސްޓްރީން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މަނަދޫގައި ގެންގުޅޭ ބަކަރިތައް ސަވެއިލެންސްކޮށް އެއްވެސް އޭތިންގެ އަނގަޔަށް އަދި ފަޔަށް އެއްވެސް ބައްޔެއް ޖެހިފައިވޭތޯ ބެލުމަށް ލޭގެ ސާމްޕަލް ނަގާފައިވާނެ ކަމަށެވެ. Goat disease surveillance was conducted in N. Manadhoo. Goat farms were inspecte...

އަފްރާހް އަބްދުލް ރަޝީދު
ކުޅުދުއްފުށީ އެއަރޕޯޓްގައި ރެސްޓޯރެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަނީ

ކުޅުދުއްފުށީ އެއަރޕޯޓްގައި ރެސްޓޯރެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަނީ

ކުޅުދުއްފުށީ އެއަރޕޯޓްގައި ރެސްޓޯރެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށް ރީޖަނަލް އެއަރޕޯޓްސްއިން އިޢުލާންކޮށްފިއެވެ. ރީޖަނަލް އެއަރޕޯޓްސްއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ އެކުންފުނިން ދޭ ކުރެހުމާއި އެއްގޮތަށް ރެސްޓޯރެންޓެއް ހެދުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 10 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް ރީޖަނަލް އެއަރޕޯޓްސް ( ވެލާނާގެ 11 ވަނަ ފަންގިފިލާ ) އަށްވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުށްވުން އެދޭކަމަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް (ރަސްމީ މ...

އިބްރާހިމް އަސްވާޤް
އާތިފް ސީއެސްސީ އަށް: ކުރިއެރުމަށް މަސައްކަތް ކޮށްނުދެވޭއިރު ހަލާކުކުރަން މަސައްކަތް ނުކުރޭ

އާތިފް ސީއެސްސީ އަށް: ކުރިއެރުމަށް މަސައްކަތް ކޮށްނުދެވޭއިރު ހަލާކުކުރަން މަސައްކަތް ނުކުރޭ

ކައުންސިލް އިދާރާތަކުގެ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްނުދެވޭއިރު، އެތަންތަން ހަލާކު ކުރައްވަން މަސައްކަތް ނުކުރެއްވުމަށް، ހދ. އަތޮޅު ކައުންސިލްގެ މެންބަރު، އަޙުމަދު އާޠިފު، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އަށް ގޮވާލައްވައިފިއެވެ. އާތިފްގެ ފޭސްބުކު އެކައުންޓުގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އެގޮތަށް ކަންތައް ނުކުރުމަށް ސީއެސްސީ އަށް ވަރަށް އަދަބުވެރިކަމާއެކު ދަންނަވާކަމުގައެވެ. ކައުންސިލް އިދާރާތަކުގެ ކުރިއެރުމަށް އެހީތެރިކަން ފޯރުނުކޮށްދެވޭއިރު އެތަންތަން ހަލާކު ކުރައްވަން މަސައް...

Thiladhun
މޮޓޯކޭޑުގައި ބައިވެރިވި ފުރަތަމަ އަންހެން ފުލުހަކީ ތިލަދުންމަތީ ދަރިއެއް! 📍 ހދ. ކުޅުދުއްފުށި

މޮޓޯކޭޑުގައި ބައިވެރިވި ފުރަތަމަ އަންހެން ފުލުހަކީ ތިލަދުންމަތީ ދަރިއެއް!

އެންމެ މަތީ ފަންތީގެ އިއްޒަތްތެރިންނަށް އަރުވާ ވީވީއައިޕީ މޮޓޯކޭޑުގައި ހިމެނޭ ސަލާމަތީ އުޅަނދެއް ދުއްވުމުގެ މަސައްކަތާ ހަވާލުވި ފުރަތަމަ އަންހެން ފުލުހެއްގެ ޝަރަފު، ހދ. ކުޅުދުއްފުއްޓަށް އުފަން ފުލުހަކަށް ލިބިއްޖެއެވެ. ހދ. ކުޅުދުއްފުށީ، ޗަމަން، ލާންސްކޯޕްރަލް އެލީނާ މޫސާ އަށް މި ޝަރަފު ލިބިގެން ގޮސްފައިވާއިރު، މި މޮޓޯކޭޑަކީ މިއަދު ސަލާމަތީ ބާރުތަކުން ފޯރުކޮށްދިން މޮޓޯކޭޑެކެވެ. މި މޮޓޯކޭޑުގައި އެލީނާ ހިމެނިގެން ގޮސްފައިވަނީ އެސްކޯޓުގެ އެންމެ ކުރިން ދުއްވާ ފުލުހުންގެ ސައިކަލު ދުއްވާ ފަރާތެއްގެ ގޮތު...

Thiladhun
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ބާއްވަމުން އަންނަ ކުއަންޓަމް ވެޓެރަންސް ކަޕް އަންނަ މަހު ފެށެނީ

“ކުއަންޓަމް” ފިހާރައިން ހދ. ކުޅުދުއްފުށީގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ވެޓެރަންސް ފުޓްސަލް ކަޕުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ދޮށީ އުމުރުގެ ފަރާތްތަކަށް ޚާއްޞަ ކޮށްގެން ބާއްވަމުން އަންނަ މި މުބާރާތް، މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އިތުރު ބޮޑު ބަދަލަކާއެކުކަމަށް ކުއަންޓަމް އިން ހާމަކޮށްފައިވެއެވެ. އެގޮތުން މުބާރާތް ވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. މި ދެ ކެޓަގަރީއަކީ 40 އަހަރު ދަށް އަދި 40 އަހަރުން މަތީގެ ކެޓަގަރީއެވެ. ކުއަނ...

Thiladhun
ށ. އަތޮޅު ކައުންސިލުން ދޭ ވިޔަވަތި އިނާމަށް ނަން ހުށަހަޅަން ހުޅުވާލައިފި

ށ. އަތޮޅު ކައުންސިލުން ދޭ ވިޔަވަތި އިނާމަށް ނަން ހުށަހަޅަން ހުޅުވާލައިފި

މިލަދުންމަޑުލު ދެކުނުބުރީ ކައުންސިލުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ “ވިޔަވަތި އިނާމަށް” ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރު މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ގިނަ ދާއިރާތަކަކުން ފާހަގަކޮށްލެވޭ އަދި ޚިދުމަތްތެރި ފަރާތްތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވާކަމަށް ށ. އަތޮޅުން ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ. އެކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި މި އިނާމަކީ އެއަތޮޅުގެ ސްކޫލު މަދަރުސާތަކ...

Thiladhun
ހަނިމާދޫ-ކޮޗިން ދަތުރުތައް ފެށުން އަންނަ މަހަށް ލަސްކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ-ކޮޗިން ދަތުރުތައް ފެށުން އަންނަ މަހަށް ލަސްކޮށްފި

މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިން އާއި ހަނިމާދުއާ ދެމެދު ދަތުރުތައް ފެށުން އަންނަ މަހަށް ލަސްކޮށްފިއެވެ. މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ރިޒްވީ ވިދާޅުވީ ހަނިމާދު އާއި ކޮޗިންއާ ދެމެދު ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގައި ކަމަށެވެ. އެގޮތުން ހަފްތާއަކު ތިން ފްލައިޓް ބާއްވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިއާގެ މާކެޓް މި އަންނަނީ ބޮޑުވަމުން. ކޮޗިންއަށް ދަތުރު ފެށީމާ އަޅުގަނޑުމެންގެ ބޭނުމަކީ އުތުރުގައި މިހިރަ ޓޫރިޒަމް ބެޑްތަކަށް ސީދާ އިންޑިއާއިން [...

އަފްރާހް އަބްދުލް ރަޝީދު
📍 ހދ. މަކުނުދޫ

އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރި މީހުންނަށް މަގާމުތައް ބެހުން ގަބޫލެއް ނުކުރަން: ރާއީ

ސަރުކާރު ވަޒީފާ އެންމެނަށް ހަމަ ނުޖެއްސޭނެކަން އެމްޑީޕީ މެމްބަރުން ގަބޫލުކުރާ ކަމަށާއި ގަބޫލު ކުރަން ބޭނުން ނުވަނީ އެ ޕާޓީއާ ދެކޮޅަށް މަސައްކަތްކުރި މީހުންނަށް ސިޔާސީ މަގާމުތައް ބެހުން ކަމަށް އެމްޑީޕީއަށް ނިސްބަތްވާ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ. ރާއީ މިހެން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްދިޔަ އެމްޑީޕީ ޔޫތު ކޮންފަރެންސްގައި ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވަހަކަ އަށް އިޝާރާތްކޮށެވެ. ނަޝީދު ބުނެފައި ވަނީ […]

އަފްރާހް އަބްދުލް ރަޝީދު

ކުޅުދުއްފުށީ އެއާޕޯޓާއި ބެހޭގޮތުން ނަޝީދު ދެއްކެވި ވާހަކަ ޔާސިރު ދިފާއުކޮށްފި

ހދ. ކުޅުދުއްފުށިގައި އެއާޕޯޓު އެޅުމަކީ “މޮޔަ” ކަމެއް ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެންނެވީ ރަނގަޅަށް ކަމަށާއި ކުޅި ހިއްކައިގެން އެއާޕޯޓު އެޅުމަކީ ރަށަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލަތީފު ވިދާޅުވެއްޖެއެވެ. މިދިޔަ ހޮނިހިރު ދުވަހުގެ އޮތް ޒުވާންގެ ކޮންފަރެންސްގައި ނަސޭހަތެއް ދެއްވުމަށް ނަޝީދު ވިދާޅުވީ ހދ. ކުޅުދުއްފުށި އަދި ހއ. ހޯރަފުށީގައި އެއާޕޯޓު އެޅުމަކީ ”މޮޔަ ކަމެއް“ ކަމަށާއި […]

އަފްރާހް އަބްދުލް ރަޝީދު
ނެއްލައިދޫ ބަދަލުކޮށްލި ބީއެމްއެލްގެ ޕާކު 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ބަދަލުކޮށްލި ބީއެމްއެލްގެ ޕާކު

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އަކީ އަބަދުވެސް މުޖްތަމައަށް އެކި ގޮތްގޮތުން އެހީ ވަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން ބީއެމްއެލް ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް އެ ކުންފުނިން ކުރާ މަސައްކަތް ވަނީ އިތުރު ކޮށްފައެވެ. އެ ގޮތުން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބީއެމްއެލްގެ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު” އެހީގައި ވަނީ ހދ. ނެއްލައިދޫގައި ޕާކެއް ހުޅުވާފައެވެ. މިއީ...

އަފްރާހް އަބްދުލް ރަޝީދު
ޤުރުއާން މުބާރާތުގައި ތިލަދުންމަތީގެ 124 ދަރިވަރަކު ބައިވެރިވެއްޖެ

ޤުރުއާން މުބާރާތުގައި ތިލަދުންމަތީގެ 124 ދަރިވަރަކު ބައިވެރިވެއްޖެ

33 ވަނަ ގައުމީ ޤުރުއާން މުބާރާތުގައި ހއ. އަދި ހދ. އަތޮޅުން 124 ދަރިވަރުން ބައިވެރިވެއްޖެއެވެ. ކީރިތި ޤުރުއާނަށް ކުދިންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ މަގުސަދުގައި ގުރުއާނާބެހޭ ގައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ބާއްވާ 33 ވަނަ ގައުމީ ޤުރުއާން މުބާރާތުގައި ޖުމްލަ 1273 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތް ފެށުމުގެ ރަސްމިޔާތުގައި ވާހާކަ ދައްކަވަމުން ރައިސުލް ޖުމުހުރިއްޔާގެ ނައިބް ފައިސަލް ނަސީމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީވެސް ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް އަމަލުތައ...

އަފްރާހް އަބްދުލް ރަޝީދު
📍 ހއ. އުތީމު

ހދ. އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނަރަލްގެ މަގާމަށް އުތީމު އައްސަދު

ހދ. އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ހއ އަތޮޅު އުތީމު، އަލިމަސް، އަބްދުﷲ އައްސަދު ހަމަޖައްސައިފިއެވެ. ސިވިލް ސާވިސް ކޮމިޝަނުން އައްސަދު މިމަގާމަށް ހަމަޖައްސާފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އައްސަދު އެންމެ ފަހުން ހުންނެވީ އުތީމު ކައުންސިލްގެ ޒިންމާދާރުވެރިއެއްގެ މަގާމުގައެވެ. އޭގެ ކުރިން އޭނާ ވަނީ ނޮޅިވަރަމް ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރގެ މަގާމު ވެސް އަދާކުރައްވާފައެވެ. އަދި އައްސަދު ވަނީ ވައިކަރަދޫ ހެލްތު ސެންޓަރުގައި ވެސް މަސައްކަތް ކޮށްފައެވެ. އައްސަދު ވަނީ...

އަފްރާހް އަބްދުލް ރަޝީދު