އިންޑިއާގެ ޓްރިވެންޑްރަމުން ފުރައިގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓެއް މޫސުމް ގޯސްވެ، ބޯޓް ނުޖެއްސި ވައިގެ ތެރޭގައި ހަތަރު ގަޑިއިރު ހޭދަކުރުމަށްފަހު އެންމެ ފަހު ވެލާނާ އިންޓަނޭޝަން އެއާޕޯޓްގައި ޖައްސައިފި އެވެ.

ރޭ ދަންވަރު 2:40 ހާއިރު ޓްރިވެންޑްރަމުން ފުރައިގެން ހަނިމާދުއަށް ދަތުރު ކުރި މި ފްލައިޓުން ދަތުރުކުރި ބައެއް ފަސެންޖަރުންވަނީ އެމީހުންގެ އެ ތަޖުރިބާ "ކުޅުދުއްފުށި އޮންލައިން" އާ ހިއްސާކޮށްފައެވެ.

Ad
rt

އޭނާ ބުނީ އޭނާގެ އަންހެނުންނާއި 1 އަހަރުގެ ކުޑަ ދަރިފުޅުގެ އިތުރުން އާއިލާގެ އިތުރު ބަޔަކު ގޮވައިގެން ކުރި މި ދަތުރަކީ އޭނާ މިހާތަނަށް ކުރި އެންމެ ބިރުވެރި ދަތުރުކަމަށެވެ.

އޭނާ ބުނީ ދެ ފަހަރު މަތިން ހަނިމާދޫ އެއާޕޯޓަށް ފުލައިޓް ލޭންޑް ކުރެވޭ ތޯ ޕައިލެޓުން މަސައްކަތް ކުރި އެވެ. އެހެންނަމަވެސް ގަދަ ވިއްސާރައިގެ ސަބަބުން އެކަން ކާމިޔާބުކުރެވޭގޮތް ނުވި އެވެ. ހަނިމާދޫ އެއާޕޯޓަށް ނުޖެއްސިގެން އެންމެ ފަހުން ފްލައިޓް ލޭންޑްކުރީ މިއަދު ހެނދުނު 6:30 ގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށެވެ.

މި ފްލައިޓުން ދަތުރުކުރި ފަސެންޖަރުން ހަނިމާދޫއަށް އައުމަށްޓަކާ މޯލްޑިވިއަން ޓިކެޓް ހަމަޖައްސައިދޭނެކަމަށް އެފަރާތުން ފަސެންޖަރުންނަށް އަންގާފައިވާ ކަމަށެވެ.