ނ. އަތޮޅު ކައުންސިލުން ނ. އަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކަށް، އެ ރަށްރަށުގެ ރައްޔިތުންނަށް ފައިދާހުރި މަޝްރޫއެއް ހިންގުމަށް 100,000/- (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނުވާ އަދަދެއްގެ ފައިސާގެ އެހީއެއް ދިނުމަށްވަނީ ހަމަޖެހިފައިވާކަމަށް އެކައުންސިލުން ބުނެފިއެވެ.

އެހީ ދޫކުރުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅު ކައުންސިލުން ނ. އަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކަށް ފައިސާގެ އެހީ ދިނުމަށް ހަދާފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެމަތިން ޕްރޮޕޯސަލް ހުށަހަޅާ ނ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކަށެވެ.

Ad
rt

ނ. އަތޮޅު ކައުންސިލުން އެއަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކަށް، އެ ރަށްރަށުގެ ރައްޔިތުންނަށް ފައިދާހުރި މަޝްރޫއެއް ހިންގުމަށް ފައިސާގެ އެހީ ދޭނެ ގޮތުގެ އުސޫލު ނ. އަތޮޅު ކައުންސިލުން ލިބޭނެކަމަށާއި އެހީ ދޫކުރެވޭނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރުމަށްފަހު ހިންގަން ހުށަހަޅާފައިވާ މަޝްރޫއަކީ އެހީދޭން އެކަށީގެންވާ މަޝްރޫއެއްކަމުގައި ވާނަމަ، ޕްރޮޕޯސަލް ހުށަހަޅާނީ 26 ސެޕްޓެމްބަރ 2019 ގެ ކުރިންކަމަށާއި މިތާރީޚްގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ކަމުގައި އެކައުންސިލް ކުރި އިއުލާނެއްގައި ބުނެފައިވެއެވެ.

މަޝްރޫއަށް އެހީދޭން ނިންމާއިރު ބަލާނެ ކަންކަމުގެ ތެރޭގައި މަޝްރޫއުގެ މަގުޞަދާއި މަޝްރޫއުގެ ދެމެހެއްޓެނިވިކަމާއި ރައްޔިތުންނަށް ސީދާގޮތުން ނާއި ނުސީދާގޮތުން ފައިދާކުރާނެ މިންވަރާއި ސަރުކާރުގެ ސިޔާސަތުތަކާއި ގުޅުންހުރިމިންވަރު އަދި ރަށުކައުންސިލުން ހިއްޞާވާމިންވަރު އަންގައިދޭން ޖެހޭނެކެމަށް އެކައުންސިލުން މަޢުލޫމާތުދެއެވެ.