މާއުނގޫދޫ ކައުންސިލްގެ އިންޓާންޝިޕް: ހުނަރު ތަރައްގީކުރުމާއި ތަފާތު ތަޖުރިބާ، ބައިވެރިންގެ އުންމީދުތައް އިންތިހާއަށް!
ށ. މާއުނގޫދޫ ކައުންސިލުން ކުރިއަށްގެންދާ އިންޓާންޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ދަރިވަރުން، މި ޕްރޮގްރާމާ މެދު ކުރާ ބޮޑެތި އުންމީދުތަކާއި އެ ކުދިންގެ ޝުއޫރުތައް ފާޅުކޮށްފިއެވެ. މި ޕްރޮގްރާމްގެ ތެރެއިން އަމަލީ ތަޖުރިބާ ލިބިގަނެ، ހުނަރުތައް ތަރައްގީކޮށް، އަމާޒުތަކަށް ވާސިލުވުމަށް ކުރާ ތަސައްވުރު ބައިވެރިން ވަނީ ހާމަކޮށްފައެވެ. މި އިންޓާންޝިޕްގައި ބައިވެރިވި އުމުރުން 18 އަހަރުގެ ހުސައިން ރައްޔާން ބުނީ، މި ޕްރޮގްރާމްގައި އޭނާ ބައިވެރިވި މައިގަނޑު މަގުސަދަކީ އިވެންޓްތައް ރޭވުމާއި އާންމުންގެ ކުރިމަ...