ށ. ބިލެތްފަހި ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި "ބިލެއްފަހި ކައުންސިލް ސްޕޯޓްސް ފިއެސްޓާ" ގެ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކްރިސްޓަލް އެފްޓީން ހޯދައިފިއެވެ.
މި މުބާރާތުގެ ރަނަރަޕް މަޤާމު ހޯދާފައިވަނީ ދަ ޗެލެންޖާސް އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމު، ކްރިސްޓަލް އެފްޓީއަށް 15,000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްފައިވާއިރު، ރަނަރަޕް ޓީމު ދަ ޗެލެންޖާސްއަށް ވަނީ 7,500 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.
ބިލެއްފަހި ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ފުޓުބޯޅަ މުބާރާތުގެ ރަނަރަޕް ޓީމް ދަ ޗެލެންޖާސް، ފޮޓޯ: ކައުންސިލް
މި މުބާރާތުގެ ޚާއްޞަ މަޤާމުތަކަށް ހޮވުނު ފަރާތްތަކަށް ވެސް އެ ކައުންސިލުން ވަނީ ޓްރޮފީ ދީފައެވެ.
އެގޮތުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ކިންގް އޮފް ދަ ޓޯނަމެންޓް ގެ މަޤާމު ހޯދާފައިވަނީ ޗެމްޕިއަންޓީމް، ކްރިސްޓަލް އެފްޓީގެ ޢަލީ އިފުރާދު އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ ވެސް ކްރިސްޓަލް އެފްޓީގެ މުޙައްމަދު ޔައިޝް އެވެ. މީގެއިތުރުން، އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ކްރިސްޓަލް އެފްޓީގެ ކޯޗު އާދަމް އަފްރާހް އެވެ.
ބިލެއްފަހި ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ފުޓުބޯޅަ މުބާރާތުގެ ވަނަތައް ހޯދި ކުޅުންތެރިން، ފޮޓޯ: ކައުންސިލް
މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ޓޮޕް ސްކޯރާ ގެ އެވޯޑު ހޯދާފައިވަނީ ދަ ޗެލެންޖާސްގެ މުޙައްމަދު މާއިލް އެވެ. އޭނާ ވަނީ މި މުބާރާތުގައި ޖުމްލަ 8 ލަނޑު ކާމިޔާބުކޮށްފައެވެ.
މީގެއިތުރުން، މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ ގެ މަޤާމު ދަ ޗެލެންޖާސް ޖޭއާރް ގެ އަލްޔާން މުޙައްމަދު ނިޝާމް ހޯދިއިރު، މުބާރާތުގެ ފެއަރޕްލޭ ޓީމު ގެ ގޮތުގައި ހޮވިފައިވަނީ ވެސް ދަ ޗެލެންޖާސް ޖޭއާރް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!