މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
މާމަކުނުދޫ ފުޓްސަލް: ބިއްލެޑޭ އެފްސީ އަށް ބޮޑު މޮޅެއް، ދަގަތަ އެފްސީ، ރޯނު އެފްސީން އަދި ޒައިޒީ ޗެލެންޖާސް އަށް ކާމިޔާބު 📍 ހދ. މަކުނުދޫ

މާމަކުނުދޫ ފުޓްސަލް: ބިއްލެޑޭ އެފްސީ އަށް ބޮޑު މޮޅެއް، ދަގަތަ އެފްސީ، ރޯނު އެފްސީން އަދި ޒައިޒީ ޗެލެންޖާސް އަށް ކާމިޔާބު

ހދ މަކުނުދޫ ކައުންސިލްގެ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް”ގެ އިއްޔެގެ މެޗުތަކުން އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ބިއްލެޑޭ އެފްސީއެވެ. އެ ޓީމުން ވަނީ އިހްވާން އެފްސީގެ މައްޗަށް 10-2ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބިފައިވަނީ އެ ޓީމަށް 4 ލަނޑު ޖަހައި ޕޯކާ ފުރިހަމަކޮއްފައިވާ މުޙައްމަދު ޔަފާޢުއެވެ. މީގެއިތުރުން މުޙައްމަދު ނައިސަމް ވަނީ އެ ޓީމަށް 3 ލަނޑު ޖަހައިދީ ހެޓްރިކް ފުރިހަމަކޮއްފައެވެ. އިއްޔެ ކުޅުނު އަންހެން ޑިވިޜަނުގެ މެޗުތަކުން، […]

ފާތިމަތު ސަޙާ
ނޫމަރާ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ ފަށައިފި 📍 ށ. ނޫމަރާ

ނޫމަރާ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ ފަށައިފި

ށ. ނޫމަރާ ކައުންސިލުން އިންތިޒާމްކޮއްގެން ކުރިއަށް ގެންދާ “ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2026” އިއްޔެ ފަށައިފިއެވެ. އެގޮތުން މުބާރާތުގައި ފުރަތަމަ ބައްދަލުކުރި “ކަތިރިޔަންސް” އަދި “ޗެމްޕިއަން” ގެ މެޗު ކާމިޔާބުކުރީ ޗެމްޕިއަން ޓީމެވެ. ނޫމަރާ ކައުންސިލް ރައީސް އިބްރާހީމް ފުއާދު “ތިލަދުން”އަށް ވިދާޅުވީ، މި ފިއެސްޓާގައި ބޭއްވުމަށް ހަމަޖެހިފާ ވޮލީ މުބާރާތުގައި އަންހެން 3 ޓީމާއި، ފިރިހެން 3 ޓީމާއެކު ޖުމްލަ 6 ޓީމު ވާދަކުރާނެ ކަމަށެވެ. މުބާރާތުގެ އެއްވަނަ ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމު […]

ފާތިމަތު ސަޙާ
ތާރީޚާއި ސަގާފަތް ދައްކައިދޭ މަކުނުދޫގެ ފޯރިގަދަ ޑްރާމާ މުބާރާތް މި މަހުގެ 26 ގައި 📍 ހދ. މަކުނުދޫ

ތާރީޚާއި ސަގާފަތް ދައްކައިދޭ މަކުނުދޫގެ ފޯރިގަދަ ޑްރާމާ މުބާރާތް މި މަހުގެ 26 ގައި

ހދ. މަކުނުދޫ ކައުންސިލުން، އެ ރަށުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން ބާއްވާ ޑްރާމާ މުބާރާތުގެ ފޯރިގަދަވެ، ބައިވެރިވާ ޓީމުތަކުން ޑްރާމާތައް އިޝްތިހާރު ކުރުމާއި ފޯރިގަދަ ޕްރެކްޓިސްތައް ކުރިއަށް އެބަދެއެވެ. މަކުނުދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ވަޙީދު “ތިލަދުން”އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި މުބާރާތަކީ މަކުނުދޫގެ މުއްސަނދި ތާރީޚާއި ސަގާފީ އާދަކާދަތައް އާންމުންނަށް ދައްކާލުމާއެކު، މުޅި މުޖުތަމަޢަށް ފައިދާކުރަނިވި މުހިންމު މެސެޖުތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ....

ފާތިމަތު ސަޙާ
ފިއްލަދޫ ޓޫރިޒަމް ޒޯނަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ޓޫރިޒަމް ޒޯނަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. ފިއްލަދޫގައި ތަރައްޤީކުރާ ޓޫރިޒަމް ޒޯނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށްޓަކައި، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުން (އެމްއޯޔޫ)ގައި ފިއްލަދޫ ކައުންސިލާއި މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ ދެމެދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. ފިއްލަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޙާމިދު...

ފާތިމަތު ސަޙާ
އުލިގަމުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ހޭލުންތެރި ޕްރޮގްރާމެއް ބާއްވައިފި

އުލިގަމުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ހޭލުންތެރި ޕްރޮގްރާމެއް ބާއްވައިފި

ހއ. އުލިގަމު ކައުންސިލާއި، އަދި އެރަށުގެ އެސޯސިއޭޝަން ފޮރ ސޯޝަލް އެވެއަރނަސް (އަސާ) ގުޅިގެން ނަފުސާނީ ދުޅަހެޔޮކަމުގެ ޕުރޮގުރާމެއް އެ ރަށުގައި ކުރިއަށް ގެންގޮސްފިއެވެ. އެކި ސެޝަންތަކަށް ބަހާލައިގެން، މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި ސެޕްޓެންބަރު މަހުގެ 14 އިން 15 ވަނަ ދުވަހުގެ ނިޔަަލަށެވެ. “ހިތުގެ އަޑު” މި ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ މުދައްރިބަކީ، އެ ދާއިރާގެ ޢިލްމީ ބޭފުޅެއްކަމަށްވާ ސުލްޠާނާއެވެ. އަސާ ޖަމްޢިއްޔާއިން “ތިލަދުން”އަށް މައުލޫމާތުދިން ގޮތުގައި، ނަފްސާނީ މައްސަލ...

ފާތިމަތު ސަޙާ
ކުޅުދުއްފުށީ ޑަބްލިޔުޑީސީއާއި ފުލުހުން ގުޅިގެން ޑިޖިޓަލް ރައްކާތެރިކަމުގެ ސެޝަނެއް، ބައިވެރިންނަށް އަގުހުރި އިނާމުތަކެއް! 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޑަބްލިޔުޑީސީއާއި ފުލުހުން ގުޅިގެން ޑިޖިޓަލް ރައްކާތެރިކަމުގެ ސެޝަނެއް، ބައިވެރިންނަށް އަގުހުރި އިނާމުތަކެއް!

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސައިބަރ ކްރައިމް ސެންޓަރު ގުޅިގެން ކުޅުދުއްފުށީ ސިޓީގައި ސައިބާ ސެކިޔުރިޓީ އަދި ޑިޖިޓަލް ރައްކާތެރިކަމަށް އަހުލުވެރިކުރުމުގެ ޚާއްޞަ ސެޝަނެއް ބޭއްވުމަށް ނިންމައިފިއެވެ. ”ޑިޖިޓަލް ރައްކާތެރިކަން: ތިބާގެ އަތްމަތީގައި” ނަމުގައި ކުރިއަށްގެންދާ މި ސެޝަނުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ޚާއްޞަ ލަކީޑްރޯއަކުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ކުޅުދުއްފުށީ އަންހެ...

ފާތިމަތު ސަޙާ
މޮޅު ކުޅުމެއްދެއްކި ދިއްދޫ އަށް ނަސީބު އެހީއެއް ނުވި 📍 ހއ. ދިއްދޫ

މޮޅު ކުޅުމެއްދެއްކި ދިއްދޫ އަށް ނަސީބު އެހީއެއް ނުވި

ދިވެހި ޕްރިމިއާ ލީގުގައި ނޯތު ޗެމްޕިއަން ހއ. ދިއްދޫ ފުޓުބޯޅަ ޓީމު ވާދަކުރި ތިން ވަނަ މެޗުގައި ހަނި ގޮތަކަށް ބިސް ބުރު ސްޕޯޓްސް ކްލަބު އަތުން ބަލިވެއްޖެއެވެ. ރޭގެ މެޗުގައި ވެސް ދިއްދޫ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ދިއްދޫގެ ތައުމީން ނޫހާއި، ޓެޓޭ ގިޑިއޯން،  ހުސައިން ޒިމްޔާން، އާދަމް އާޒިމް ފަދަ ކުޅުންތެރިން އުފެއްދި ނުރައްކާތެރި ހަމަލާތަކާއެކު ވެސް އެ ޓީމަށް ލިބުނު ފުރުސަތުތައް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ބުރު ސްޕޯޓްސްގެ އަތުގައި […]

ޔުމްނާ ޢަލީ
ފީވަކުގައި 300 ފޫޓުގެ މަސް ޖެޓީއެއް އަޅަނީ

ފީވަކުގައި 300 ފޫޓުގެ މަސް ޖެޓީއެއް އަޅަނީ

ށ. ފީވަކުގައި 300 ފޫޓުގެ ދިގުމިނުގެ މަސް ޖެޓީއެއް އެޅުމަށް ބޭނުންވާ ކުރެހުންތަކާއި، ބީއޯކިއު އަދި ތިމާވެށްޓަށް ކުރާނެ އަސަރުތަކުގެ ރިޕޯޓް (އީއައިއޭ) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފީވަކު ކައުންސިލް އިދާރާއިން އިޢުލާންކޮށްފިއެވެ. ފީވަކު ކައުންސިލުން އާންމުކުރި އިޢުލާނުގައިވާ ގޮތުން، މި މަޝްރޫޢުގެ ދަށުން އެ ރަށުގައި އެޅުމަށް ހަމަޖެހިފައިވަނީ 300 ފޫޓުގެ ދިގުމިނާއި 40 ފޫޓުގެ ޓީ-ޖެޓީއެއް އެކުލެވޭ ގޮތަށް ފުރިހަމަކުރެވޭ މަސް ޖެޓީއެކެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ކުރެހުންތަކާއި ކޮންސ...

ފާތިމަތު ސަޙާ
މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ހޮނިހިރު ދުވަހުގެ މެޗުތައް ހޫނުވެ، ރީންދޫކާޑުތަކާއި ރަތްކާޑެއް 📍 ހދ. މަކުނުދޫ

މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ހޮނިހިރު ދުވަހުގެ މެޗުތައް ހޫނުވެ، ރީންދޫކާޑުތަކާއި ރަތްކާޑެއް

މަކުނުދޫ ކައުންސިލުން އިންތިޒާމްކޮއްގެން ކުރިއަށް ގެންދާ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026″ގެ އިއްޔެގެ މެޗުތައް ފޯރިގަދަވެ، ރީނދޫކާޑުތަކާއި، ރަތްކާޑެއް ދައްކަން ޖެހުނެވެ. މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ މެޗުތަކުން، އިއްޔެ  ރޯނު އެފްސީއާއި ދަގަތަ އެސްސީ ކުޅުނު މެޗަކީ މިހާތަނަށް މި މުބާރާތުގައި ކުޅުނު އެންމެ ހޫނު އަދި ފޯރިގަދަ މެޗެވެ. މި މެޗުގައި ގިނަ އަދަދަކަށް ރީނދޫ ކާޑު ދައްކާ، ރަތް ކާޑެއް ވެސް ދައްކާފައިވެއެވެ. މި މެޗު ރޯނު އެފްސީން ކާމިޔާބު ކުރީ 2-4 […]

ފާތިމަތު ސަޙާ
ކޮމަންޑޫ ކަތީބު ސަލާމްގެ ރަށުވެރިކަން ކުރުމުގެ ވައްޓަފާޅި - ރަށުގެ ވެރިކަން ރަށުން ކުރުން! 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ކަތީބު ސަލާމްގެ ރަށުވެރިކަން ކުރުމުގެ ވައްޓަފާޅި - ރަށުގެ ވެރިކަން ރަށުން ކުރުން!

ށ.ކޮމަންޑޫ، ވައިޓްވިލާ، މަރުޙޫމް ޢަބްދުއްސަލާމް މުޙައްމަދު އަވަހާރަވިތާ 18 ސެޕްޓެމްބަރ އަށް 4 އަހަރުވީ އެވެ. ޚުލްޤު ހެޔޮ ދިރިތިބީން ޒިކުރާ ކުރާނޭ ގިނަ ޚިދުމަތްތަކެއް ދޫކުރައްވާ ފައެވެ. މުތާލިއާކޮށް ޢިބްރަތް ޙާޞިލް ކުރުމަށް ބައިވަރު ފިލާވަޅުތައް އެ މަރުޙޫމުގެ ކުުރު ޙަޔާތުގައި ޢަމަލީ ގޮތުން ވަނީ ނަންގަވާ ދެއްވާ ފައެވެ. މަރުޙޫމް ސަލާމް ގެ ކުރުޙަޔާތަކީ ދިގު ވާހަކަ އެކެވެ. ކުލާސް ރޫމް ގައި ޚާއްޞަ ކޮށް މަތީ ތަޢުލީމުގެ މަރުޙަލާ ގައި ބޭނުން ކުރާނޭ […]

އިސްމާޢިލް ނަޝީދު
ގޮއިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ފުޓްސަލް ޗެމްޕިއަންކަން ޔުނިކް ބޯއީސް ހޯދައިފި 📍 ށ. ގޮއިދޫ

ގޮއިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ފުޓްސަލް ޗެމްޕިއަންކަން ޔުނިކް ބޯއީސް ހޯދައިފި

ށ. ގޮއިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި “ކައުންސިލް ސްޕޯރޓްސް ފިއެސްޓާ 2026” ގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ޔުނިކް ބޯއީސް ހޯދައިފިއެވެ. ޖުމްލަ ހަ ޓީމު ވާދަކުރި މި މުބާރާތުގެ ފައިނަލްގައި އެފްސީ ޔުނިކް ބޯއީސްއާ ވާދަކޮށް ރަނަރަޕްކަން ހޯދާފައިވަނީ ޔުނިޓީ ރިކްރިއޭޝަން ކްލަބެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ދީފައިވާއިރު، ރަނަރަޕް ޓީމަށް ލިބުނީ 12،500 ރުފިޔާ އަދި ޓްރޮފީއެވެ. ޤައުމީ ފެންވަރުގެ މޮޅެތި ކުޅުންތެރިންތަކެއް ފެނިގެންދިޔަ މި […]

ފާތިމަތު ސަޙާ
ކުޅުދުއްފުށީގައި ގެދޮރުވެރިކަމަށް ދޫކުރެވޭ ލޯނާއި ފައިނޭންސްއާ ގުޅުންހުރި މައުލޫމާތު ސެޝަނެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ގެދޮރުވެރިކަމަށް ދޫކުރެވޭ ލޯނާއި ފައިނޭންސްއާ ގުޅުންހުރި މައުލޫމާތު ސެޝަނެއް

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ކުރިއަށްގެންދާ ގެދޮރުވެރިކަމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނެއް ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ. މި ސެޝަނުގައި  ގެދޮރު އިމާރާތްކުރުމާއި، މަރާމާތުކުރުމުގެ އިތުރުން، އެޕާޓްމަންޓާއި ފަރުނީޗަރު ގަތުމަށް ދޫކުރެވޭ ލޯނާއި ފައިނޭންސް އާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮއްދޭނެކަމަށް ކުޅުދުއްފުށީ ސިޓީކައުންސިލުން ހާމަކޮއްފައިވެއެވެ. މި ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، 25 ސެޕްޓެމްބަރ 2026ވާ ހުކުރު ދުވަހ...

ފާތިމަތު ސަޙާ
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (25)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (25)

16 ސެޕްޓެމްބަރުގެ އަދަދާއި ގުޅޭ: ” ބައްޕައޭ؟” ފިރާޝާއަށް ސުވާލު ކުރެވުނެވެ. ” ދެން އަވަސްކޮއްބަލަ.” މާޒިން ތަންކޮޅެއް ބާރަށް އެހެން ބުނުމަށްފަހު ފޯނު ކަނޑާލިއެެވެ. ގެއަށް ނުގޮސް މާޒިން ކުޑައިރުކޮޅަކު މަޑުކޮއްލީ ފިރާޝާގެ ފޯނުކޯލް ލިބެންދެނެވެ. އޭރު ވެސް އޭނާގެ ހިތް ވަރަށް ބާރަށް ތެޅެމުން ދެއެވެ. ރޭގަނޑުގެ ހިމޭންކަމުގެ ސަބަބުން އޭނާގެ ހިތަށް ލިބުނު ހަމަޖެހުން މިހާރު ގެއްލިއްޖެއެވެ. އަތުގައި އޮތް ފޯނުގެ ސްކްރީނަށް ކަޅިޖަހައި ނުލައި ބަލަހައްޓައިގެން ހުރި އިރު، އޭނާއަށް އިވެނީ އޭނާގެ […]

ސަލާމާ ޢަބްދުލް ޢަލީމް
މުރައިދޫ ވެޓެރަންސް ވޮލީ 2026: ތަށި ބާރަށަށް، އެންމެ މޮޅު ކުޅުންތެރިޔަކީ ޝުއައިބް 📍 ހއ. ބާރަށް

މުރައިދޫ ވެޓެރަންސް ވޮލީ 2026: ތަށި ބާރަށަށް، އެންމެ މޮޅު ކުޅުންތެރިޔަކީ ޝުއައިބް

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ ޗެމްޕިއަންކަން ހއ. ބާރަށުން ހޯދައިފިއެވެ. ބާރަށުން މި މުބާރާތުގެ ތަށި އުފުލާލީ ރޭ ކުޅުނު ފައިނަލްގައި ސީދާ ތިން ސެޓުން ހަނިމާދޫ ބަލިކޮށްގެންނެވެ. މި މެޗުގައި ބާރަށް ސެޓްތައް ގެންދިޔައީ 25-19، 25-12 އަދި 25-17 އިންނެވެ. މުބާރާތުގެއެންމެ މޮޅު 6 ކުޅުންތެރިން ހަސަން ޒިޔާޒު، ޖޯޒީ ނަންބަރު 3، […]

ޔުމްނާ ޢަލީ
މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ދުވަހުގެ އެންމެ ވާދަވެރި މެޗުގައި ހޭޅި އަދި ދަގަތަ އެފްސީ 📍 ހދ. މަކުނުދޫ

މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ދުވަހުގެ އެންމެ ވާދަވެރި މެޗުގައި ހޭޅި އަދި ދަގަތަ އެފްސީ

ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026” ގެ ބުރާސްފަތި ދުވަހުގެ މެޗުތަކުން އެންމެ ވާދަވެރި ވެގެން ދިޔައީ އަންހެން ޑިވިޜަންގެ ހޭޅި އަދި ދަގަތަ އެފްސީން ކުޅުނު މެޗެވެ. ރޭ ކުޅުނު މި  މެޗުގައި، ދެ ފަރާތުގެ ގޯލަށް ވެސް ހޫނު ހަމަލާތަކެއް އަމާޒުކޮއްފައިވެއެވެ. އަދި މިއީ ދުވަހުގެ އެންމެ ފޯރިގަދަ މެޗެވެ. މި މެޗު، ދަގަތަ އެފްސީން ކާމިޔާބު ކުރީ އެންމެ ލަނޑެއްގެ ތަފާތުންނެވެ. 2-3ގެ ނަތީޖާއިން  ދަގަތައަށް ކުރި ލިބިފައިވާއިރު، މޮޅު […]

ފާތިމަތު ސަޙާ