ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސައިބަރ ކްރައިމް ސެންޓަރު ގުޅިގެން ކުޅުދުއްފުށީ ސިޓީގައި ސައިބާ ސެކިޔުރިޓީ އަދި ޑިޖިޓަލް ރައްކާތެރިކަމަށް އަހުލުވެރިކުރުމުގެ ޚާއްޞަ ސެޝަނެއް ބޭއްވުމަށް ނިންމައިފިއެވެ.

''ޑިޖިޓަލް ރައްކާތެރިކަން: ތިބާގެ އަތްމަތީގައި'' ނަމުގައި ކުރިއަށްގެންދާ މި ސެޝަނުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ޚާއްޞަ ލަކީޑްރޯއަކުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

Ad
rt

ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ހާމަކުރި ގޮތުގައި، މި ސެޝަނުގައި ބައިވެރިވުމުގެ ފުރުޞަތު ކުޅުދުއްފުށި ސިޓީގެ ހުރިހާ ރައްޔިތުންނަށް ވެސް ވަނީ ހުޅުވާލެވިފައެވެ.

މި ސެޝަނުގައި ޑިޖިޓަލް ނުރައްކާތަކުން ސަލާމަތްވެ ރައްކާތެރިވާނެ ގޮތްތައް ކިޔައިދެވޭނެއެވެ. އެހެންކަމުން، އަމިއްލަ ނަފްސާއި މުޅި މުޖުތަމަޢުގެ ރައްކާތެރިކަމަށްޓަކައި މި ސެޝަނުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އެ ކޮމެޓީން ވަނީ އެދިފައެވެ.

މި ޚާއްޞަ ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 25 ސެޕްޓެމްބަރ 2026 ވާ ހުކުރު ދުވަހުގެ ރޭ 8:30 ގައި ހދ. އޭ.އީ.ސީ ހޯލުގައެވެ.