ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ކުރިއަށްގެންދާ ގެދޮރުވެރިކަމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނެއް ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.
މި ސެޝަނުގައި ގެދޮރު އިމާރާތްކުރުމާއި، މަރާމާތުކުރުމުގެ އިތުރުން، އެޕާޓްމަންޓާއި ފަރުނީޗަރު ގަތުމަށް ދޫކުރެވޭ ލޯނާއި ފައިނޭންސް އާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮއްދޭނެކަމަށް ކުޅުދުއްފުށީ ސިޓީކައުންސިލުން ހާމަކޮއްފައިވެއެވެ.
މި ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، 25 ސެޕްޓެމްބަރ 2026ވާ ހުކުރު ދުވަހުގެ ރޭ 8:30ގައި އެ ރަށު އެން.އޯ.ސީ ލަގޮނޑި މީލިމީ މާލަމުގެ ދެ ވަނަ ފަންގިފިލާގައެވެ.
ގެދޮރުވެރިކަމުގެ އެކި ބޭނުންތަކަށް ލުއިފަސޭހަ ފުރުޞަތުތަކެއް ފަހިކޮއްދިނުމުގެ ގޮތުން އެ ކުންފުނިންވަނީ "ލައިޓް ފައިނޭންސް" މެދުވެރިކޮށް، ގޭގައި ހިތްހަމަޖެހިލައިގެން މަސައްކަތް ކުރެވޭނެ ފަދަ ހޯމް އޮފީހެއް ހަދަން ބޭނުންވާ ސާމާނު ގަނެވޭނެ ފަސޭހަ ގޮތްތަކެއް ތަޢާރަފްކޮއްފައެވެ.
އެޗްޑީއެފްސީ ލައިޓް ފައިނޭންސްގެ ދަށުން މިހާރު ވަނީ ރަހުނަކާނުލައި 500،000 ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރަން ފަށާފައެވެ. އެ ކުންފުނިން މައުލޫމާތުދޭ ގޮތުގައި، މި ފައިސާ އަނބުރާ ދެއްކުމަށް 5 އަހަރު ލިބޭނެއެވެ. އަދި އެޗް.ޑީ.އެފް.ސީ ކަސްޓަމަރ ޕޯޓަލް މެދުވެރިކޮަށް ފަސޭހަކަމާއެކު މި ޚިދުމަތަށް އެދި، ހުށަހެޅޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!