މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ރައީސް ދެއްވީ ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަޤީންކަން 📍 ހއ. ކެލާ

ރައީސް ދެއްވީ ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަޤީންކަން

ހއ. ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކުރުން ހަޤީޤަތަކަށް ހަދައިދެއްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ އިއްޔެ ކެލާ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ކެލާ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، ކެލާ ފަޅުތެރޭގައި ތަރައްޤީކުރެވޭ ރިސޯޓުގެ ފައިދާ ކެލާއާއި މުޅި އަތޮޅަށް ކުރާނެކަމުގައި ވިދާޅުވެފައެވެ. ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުވާވަރަށް ދަނޑުވެރިކަން ތަރައްޤީކުރަން ސަރުކާ...

ޔުމްނާ ޢަލީ
ބާރަށު ނެރު އަދި ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ

ބާރަށު ނެރު އަދި ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ

ހއ. ބާރަށު ނެރު އަދި ބަނދަރު ސަރަޙައްދު ފުންކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ، މަސައްކަތުގެ 84 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. އަދި ނެރު ފުންކުރުމާއި ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ، މަސައްކަތަށް ބޭނުންވާ ޖިއޯބޭގްގެ ޝިޕްމެންޓް މިހާރު ސައިޓަށް ގެންގޮސްފައިވާއިރު، ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 58 އިންސައްތަ ފުރިހަމަކުރެ...

އަޙްމަދު ވަހީދު
ވަށަފަރު ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފަށަނީ 📍 ހއ. ވަށަފަރު

ވަށަފަރު ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފަށަނީ

ހއ. ވަށަފަރު ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މި އަހަރު ފަށާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަށަފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ކެމްޕެއިންގެ ތެރޭގައި ވައުދުވެވަޑައިގެންނެވި ކަންކަމާއި އިތުރު ކަންކަން ވެސް ރައްޔިތުންނަށްޓަކައި ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ވަށަފަރު ބިން ހިއްކުމުގެ މަޝްރޫއަކީ ވެސް ކެމްޕެއިންގެ ތެރޭގައި ވެ...

މުޙައްމަދު
ރާއްޖެއަކީ ހަމައެކަނި މާލެ ކަމަށް ބަލައިގެން ގާނޫނުތައް ހެދުން ހުއްޓާލަން ޖެހޭ: ޘަޤީފް 📍 ހދ. ވައިކަރަދޫ

ރާއްޖެއަކީ ހަމައެކަނި މާލެ ކަމަށް ބަލައިގެން ގާނޫނުތައް ހެދުން ހުއްޓާލަން ޖެހޭ: ޘަޤީފް

ރާއްޖެއަކީ ހަމައެކަނި މާލެ ކަމަށް ބަލައިގެން ގާނޫނުތައް ހެދުން ހުއްޓާލަން ޖެހޭ ކަމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވައިކަރަދޫ ދާއިރާ އަށް ވާދަކުރައްވާ ޙުސައިން ޘަޤީފް މިއަދު ވިދާޅުވެއްޖެއެވެ. އަންނަ މަހުގެ 17 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދިމާކޮށް ޕީއެސްއެމް ނިއުސް އިން ގެނެސްދޭ “މަޖިލިސް ބަހުސް 2024” ގައި ވާހަކަ ދައްކަވަމުން ޘަޤީފް ވިދާޅުވީ ވައިކަރަދޫ ދާއިރާ އަށް އެންމެ ބޮޑަށް ބޭނުން ވަނީ […]

މުޙައްމަދު
ދިއްދޫ އެއާޕޯޓު ހަގީގަތަކަށް ހަދައި ދޭނަން: ރައީސް 📍 ހއ. ދިއްދޫ

ދިއްދޫ އެއާޕޯޓު ހަގީގަތަކަށް ހަދައި ދޭނަން: ރައީސް

ހއ. ދިއްދޫ ބިން ހިއްކައިގެން އެއާޕޯޓު އެޅުމުގެ މަޝްރޫއު ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ބޮޑުތިލަދުންމައްޗަށް ރައީސް މުއިއްޒު ފެއްޓެވި ދަތުރުފުޅުގައި ހއ. ދިއްދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި ދިއްދު އަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައި ދެއްވާނެ ކަމަށެވެ. ދިއްދޫގައި ކުރަން އޮތް އެންމެ މުހިންމު އެއް ކަމަކީ ސިއްހީ ނިޒާމު ވ...

މުޙައްމަދު
ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ޢަބްދުالله ޒައިން 📍 ހއ. ދިއްދޫ

ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ޢަބްދުالله ޒައިން

ވަރަށް ހަގު އުމުރުގައި ޤުރުއާން އުނގެނެން ފެށި ހއ.ދިއްދޫ ޝެހެނާއީ، ޢަބްދުالله ޒައިން ބިން މުޙައްމަދަކީ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމީ ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ. ގިނަ ޤުރުއާން މުބާރާތްތަކެއްގައި މިހާތަނަށް ވާދަކޮށްފައިވާ ޒައިން މި މުބާރާތުގައި ބައިވެރިވާން ހިތުގައި ބޮޑު ޝައުގެއް އުފެދުނީ މި މުބާރާތަކީ އާންމުކޮށް ބޭއްވޭ މުބާރާތްތަކާއި ތަފާތު މުބާރާތަކަށްވެފައި، މި މުބާރާތުން ޤުރުއާނުގެ އިލްމު އިތުރަށް އުނގެނުމުގެ ފުރުސަތު ލިބިގެންދާތީއެވެ. ފާއިތުވި މުއްދަތުގައި ޒައިން ވަނީ ބައި...

އިބްރާހިމް ޚަލީލް
އިހަވަންދޫގެ ރައްޔިތުންގެ އުއްމީދުތައް ހަޤީޤަތަކަށް ހަދައިދޭނަން: ރައީސް 📍 ހއ. އިހަވަންދޫ

އިހަވަންދޫގެ ރައްޔިތުންގެ އުއްމީދުތައް ހަޤީޤަތަކަށް ހަދައިދޭނަން: ރައީސް

ހއ. އިހަވަންދޫ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް އެރަށުގެ ތަރައްޤީގެ މަސައްކަތްތަކަށް އިސްކަން ދެއްވައި، ރަށުގެ ރައްޔިތުންގެ އުއްމީދުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވާނެކަމަށް ރައީސް  ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް އިއްޔެ ފެއްޓެވި ދަތުރުފުގައި ހަތަރު ވަނަ މަންޒިލެއް ގޮތުގައި އިއްޔެ އިހަވަންދޫ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވިވާހަކަފުޅުގައި ވަނީ އެރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ގިނަގުނަ ކަންތ...

ޔުމްނާ ޢަލީ
އުލިގަމުން މިވަގުތު އެންމެ އެދޭ ކަމަކީ އައު ޞިއްޙީ މަރުކަޒެއް

އުލިގަމުން މިވަގުތު އެންމެ އެދޭ ކަމަކީ އައު ޞިއްޙީ މަރުކަޒެއް

ހއ. އުލިގަމުގެ ރައްޔިތުން މިވަގުތު އެންމެ އެދޭ ކަމަކީ ރަށުގައި އައު ޞިއްޙީ މަރުކަޒެއް ހެދިގެންދިއުންކަމަށް އެރަށު ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިހުގައި ދަންނަވައިފިއެވެ. ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުގައި ތިން ވަނަ މަންޒިލެއް ގޮތުގައި އިއްޔެ ވަޑައިގަތީ ހއ. އުލިގަމަށެވެ. އެރަށުގައި ރަށު ކައުންސިލާއި އެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި ކައުންސިލުން ވަނީ އެ ރަށަށާއި، ކައުންސިލަށް ބޭނުންވެފައިވާ ކަންތައްތައް ރައީސް އަށް ދަންނަވާފައެވެ. […]

ޔުމްނާ ޢަލީ
ތުރާކުނު ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި ވަނގާރު ހިމަނައިދޭން އެދިއްޖެ 📍 ހއ. ތުރާކުނު

ތުރާކުނު ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި ވަނގާރު ހިމަނައިދޭން އެދިއްޖެ

ހއ. ތުރާކުނު ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި އެ ރަށް ކައިރީގައި އޮންނަ އެ އަތޮޅު ވަނގާރު ހިމަނައިދޭން އެރަށު ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިހުގައި ދަންނަވައިފިއެވެ. ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުގައި ދެވަނަ މަންޒިލެއް ގޮތުގައި އިއްޔެ ވަޑައިގަތީ ހއ. ތުރާކުނަށެވެ. ރައީސް ތުރާކުނަށް ވަޑައިގެން އިއްޔެ ހަވީރު އެރަށު ސްކޫލްގައި އެރަށު ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމުގައި ކައުންސިލުން ވަނީ އެ ރަށަށާއި، ކައުންސިލަށް ބޭނުންވެފައިވާ […]

ޔުމްނާ ޢަލީ
ހޯރަފުށީ ބިން ހިއްކުމުގެ މަޝްރޫޢު ފަށައި، ނިންމައިވެސްދޭނަން: ރައީސް 📍 ހއ. ހޯރަފުށި

ހޯރަފުށީ ބިން ހިއްކުމުގެ މަޝްރޫޢު ފަށައި، ނިންމައިވެސްދޭނަން: ރައީސް

ހއ. ހޯރަފުށީގެ ބިން ހިއްކުމަށް މިހާރު ބަޖެޓްކޮށްފައިވާ މިންވަރުން އެކަން ނުކުރެވޭނެ ކަމަށާއި، ނަމަވެސް އެރަށުގައި އެ މަޝްރޫޢު ހިންގައި ނިންމައި ދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި އިއްޔެ ހޯރަފުށްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ، ޖުމްލަ ގޮތެއްގައި ހޯރަފުށީގެ ތަރ...

ޔުމްނާ ޢަލީ
ވަރުގަދަ ނައިވާދޫ ބަލިކޮށް ޒޯން-1 ގެ ޗެމްޕިއަންކަން އުތީމުން ހޯދައިފި 📍 ހއ. އުތީމު

ވަރުގަދަ ނައިވާދޫ ބަލިކޮށް ޒޯން-1 ގެ ޗެމްޕިއަންކަން އުތީމުން ހޯދައިފި

ޒޯން-1 ގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ، އެންމެ ފަހުގެ ދެ އަހަރުގެ ވެސް ޗެމްޕިއަންކަން ހޯދި ވަރުގަދަ ނައިވާދޫ ބަލިކޮށް “ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ގެ ޒޯން އެކެއްގެ ޗެމްޕިއަންކަން އުތީމުން ކާމިޔާބު ކޮށްފިއެވެ. އުތީމާއި ނައިވާދޫ ބައްދަލުކުރި ފައިނަލް މެޗު ރޭ ކުޅެފައިވާއިރު، މި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އުތީމުން ނައިވާދޫގެ މައްޗަށް […]

އިބްރާހިމް ޚަލީލް
އިހަވަންދިއްޕޮޅުގައި ޖުލައި ނިމުމުގެ ކުރިން ބަންކަރިންގެ ހިދުމަތް ފަށަނީ

އިހަވަންދިއްޕޮޅުގައި ޖުލައި ނިމުމުގެ ކުރިން ބަންކަރިންގެ ހިދުމަތް ފަށަނީ

އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. އުތުރުގެ ހަތަރު އަތޮޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވެވި ޖަލްސާގައި މިނިސްޓަރު ސައީދު ވިދާޅުވީ ދެތިން ހަފްތާގެ ތެރޭގައި ދުނިޔޭގެ 10 ވަނައިގެ ތެރޭގައި ހިމެނޭ އެންމެ ވަރުގަދަ އެއް ކުންފުންޏަކާ އެކުގައި އެއްބަސްވު...

މުޙައްމަދު
ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ނިލާމާ ރަޝީދު 📍 ހއ. ދިއްދޫ

ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ނިލާމާ ރަޝީދު

ހއ.ދިއްދޫ ޗޭނު ޖަމިއްޔާގެ ފާރާތުން އެ ރަށުގައި ހިންގަމުން އަންނަ ޤުރުއާން ކުލާހުގައި ކިޔަވަން ފެށި ހިސާބުން ޤުރުއާން އުނގެނި ދަސްކުރުމަށް ހިތުގައި ބޮޑު ޝައުގެއް އުފެދުނު އެ ރަށު އޭޝިއާ، ނިލާމާ ރަޝީދަކީ ދަރިންނަށް ވެސް ޤުރުއާން ކިޔަވައި ދިނުމަށް ގިނަ ވަގުތު ހޭދަކުރަމުން އަންނަ ފަރާތެކެވެ. ނިލާމާ މި މުބާރާތުގައި ބައިވެރިވި އެންމެ ބޮޑު މަގުސަދަކީ ޤުރުއާންގެ އިލްމު އިތުރަށް އުނގެނި ދަސްކުރުމެވެ. ފާއިތުވި ތަނުގައި އޭނާ ވަނީ ގިނަ ޤުރުއާން މުބާރާތްތަކެއްގައި ވާދަކޮށް […]

އިބްރާހިމް ޚަލީލް
ހޯރަފުށީ އޮފީސް އެކްސީޑް ފުޓްބޯޅަ ލީގުގެ ފައިނަލުގައި އެއާޕޯޓާއި ޕޮލިސް 📍 ހއ. ހޯރަފުށި

ހޯރަފުށީ އޮފީސް އެކްސީޑް ފުޓްބޯޅަ ލީގުގެ ފައިނަލުގައި އެއާޕޯޓާއި ޕޮލިސް

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލާއި އެކްސީޑް މޯލްޑިވްސް ގުޅިގެން ބާއްވާ ހޯރަފުށީ އޮފީސް އެކްސީޑް ނައިން އަ ސައިޑް ފުޓްބޯޅަ ލީގްގެ ފައިނަލުން ހޯރަފުށީ އެއާޕޯޓާއި ހޯރަފުށީ ޕޮލިސް ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ފައިނަލުން އެއާޕޯޓުން ޖާގަ ހޯދީ ގްރޫޕް ބުރުގައި ކުޅުނު ދެ މެޗުގެ ތެރެއިން، އެއްމެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެ ލިބުނު ހަތަރު ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ހޯރަފުށީ ޕޮލިސް ޓީމް ގްރޫޕް ބުރުގައި ކުޅުނު ދެ މެޗުން […]

އިބްރާހިމް ޚަލީލް
ގޯލްޑަން ފުޓްސަލް: ޒޯން އެކެއްގެ ފައިނަލުގައި ނައިވާދޫއާއި އުތީމް

ގޯލްޑަން ފުޓްސަލް: ޒޯން އެކެއްގެ ފައިނަލުގައި ނައިވާދޫއާއި އުތީމް

“ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ގެ ޒޯން އެކެއްގެ ފައިނަލުން ނައިވާދޫއާއި އުތީމް ޖާގަ ހޯދައިފިއެވެ. މި ޒޯންގެ ގްރޫޕް ސްޓޭޖް ފަހު މެޗުތައް ރޭ ކުޅެފައިވާއިރު ނައިވާދޫއިން ވަނީ ނޮޅިވަރަމްގެ މައްޗަށް 5-1 ގެ ނަތީޖާއިން ކުރި ހޯދާފައެވެ.  އެ ޓީމް ގްރޫޕް ބުރު ނިންމާލީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ހޯދި ނުވަ ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނާގައި އޮވެގެންނެވެ. މި ގްރޫޕްގައި ރޭ ދިއްދޫއާއި އުތީމް ބައްދަލުކުރި މެޗު 5-2 […]

އިބްރާހިމް ޚަލީލް