ހއ. ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކުރުން ހަޤީޤަތަކަށް ހަދައިދެއްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ އިއްޔެ ކެލާ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ކެލާ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، ކެލާ ފަޅުތެރޭގައި ތަރައްޤީކުރެވޭ ރިސޯޓުގެ ފައިދާ ކެލާއާއި މުޅި އަތޮޅަށް ކުރާނެކަމުގައި ވިދާޅުވެފައެވެ.

ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުވާވަރަށް ދަނޑުވެރިކަން ތަރައްޤީކުރަން ސަރުކާރުން ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދޭނީ ވަރަށް ފުޅާކޮށް އެ މަސައްކަތްކޮށްގެންކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

މިގޮތުން ކެލާއަކީ މިކަމުގައި މުހިންމު ދައުރެއް އަދާކުރާ ރަށަކަށް ވާންބޭނުންވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖޭގައި އެކި ރަށްރަށުގައި ގެދޮރުވެރިކަން ޤާއިމުކުރުމަށް ހައުސިން ޕްރޮޖެކްޓްތައް ހިންގުމަށް ކަނޑައަޅާފައިވާ ޕްލޭންގެ ދަށުން ކެލައަކީ އިސްކަންދެއްވާނެ ރަށެއްކަމުގައި ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.