މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ވަށަފަރު ކައުންސިލުގެ ރަސްމީ ލޯގޯ ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. ވަށަފަރު

ވަށަފަރު ކައުންސިލުގެ ރަސްމީ ލޯގޯ ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ ރަސްމީ ލޯގޯއާއި ދިދަ އަދި ޓީޝާޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ. އެ ކައުންސިލުގެ ލޯގޯ ފަރުމާކުރުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ކައުންސިލުން ބާއްވާ މުބާރާތްތަކާއި ބައިވެރިވާ ހަރަކާތްތަކާއި އެކިއެކި ރަސްމިއްޔާތި ތަކުގައި އަދި ރަސްމީ ލިޔެކިޔުންތަކުގައި ބޭނުން ކުރުމަށް އެ ކައުންސިލު ރަމްޒުކޮށްދޭނެ ލޯގޯއެއް އޮތުމެވެ. ލޯގޯ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެކަމާއި ގުޅޭ މައުލޫމާތު ޝީޓުގައި ހިމެނޭ ކަންކަން ފުރިހަމަ ކުރުމަށްފަހު މ...

އިބްރާހިމް ޚަލީލް
ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: މަރްޔަމް އަޒާ ޢާދިލް 📍 ހއ. ދިއްދޫ

ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: މަރްޔަމް އަޒާ ޢާދިލް

ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ ޖީޒާ، މަރްޔަމް އަޒާ ޢާދިލްއަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވައި ހިތުދަސް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ. އަޒާ މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވި ސަބަބުތަކުގެ ތެރޭގައި، މުބާރާތުގެ ޒަރިއްޔާއިން ޤުރުއާނުގެ އިލްމު އުނގެނުމުގައި ބޮޑެތި ފައިދާތަކެއް ލިބިގެން ދިޔުމާއި، ތަފާތު ރާގުރާގަށް ޤުރުއާން ކިޔެވުމުގެ ފުރުސަތު މި މުބާރާތުން ލިބިގެން ދިޔުން ހިމެނެއެވެ. އަދި މުބާރާތް ރާވާލާފައިވާ ގޮތަކީ ޝައުޤުވެރ...

އިބްރާހިމް ޚަލީލް
ބާރަށުގެ ތާރީހީ ކާނިގަހުގައި ރޯކޮށްލި މީހުން ހޯދައި ހައްގު އަދަބު ދިނުމަށް ގޮވާލައިފި

ބާރަށުގެ ތާރީހީ ކާނިގަހުގައި ރޯކޮށްލި މީހުން ހޯދައި ހައްގު އަދަބު ދިނުމަށް ގޮވާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ހުންނަ ތާރީހީ ކާނިގަހުގައި ރޯކޮށްލި މީހުން ހޯދައި ހައްގު އަދަބު ދިނުމަށް ހއ.އަތޮޅު ކައުންސިލުން ގޮވާލައިފިއެވެ. ބާރަށު އީދުކުޅޭ މަގުގައި، ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ ކާނި ކަޑައިން ހެދުނު ގަހުގައި ބަޔަކު ރޯކޮށްލާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރެއެވެ. އެ ގަހަކީ 400 އަހަރަށް ވުރެ ގިނަ ދުވަސްވެފައި ހުރި ގަހެކެވެ. އެ ގަހުގައި ރޯކޮށްލުމުން އަތޮޅު ކައުންސިލުން ވަނީ […]

އިބްރާހިމް ޚަލީލް
ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ޢުލްޔާ އިބްރާޙިމް ޝަރީފް

ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ޢުލްޔާ އިބްރާޙިމް ޝަރީފް

ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ ލަކީސްޓަރ، ޢުލްޔާ އިބްރާޙިމް ޝަރީފްއަކީ ކުޑައިރުއްސުރެ ޤުރުއާން ކިޔެވުމުގައި ވަގުތު ހޭދަކުރަމުން އަންނަ ކުއްޖެކެވެ. ޢުލްޔާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވި ސަބަބުތަކުގެ ތެރޭގައި ޤުރުއާން ތިލާވާ ކުރުމުގެ ހުނަރު އިތުރަށް ތަރައްގީކޮށް ޤުރުއާނުގެ ރޮނގުން ކުރިއަށް ދިޔުމަށް މި މުބާރާތުގެ ތެރެއިން އެހީތެރިކަން ލިބުން ހިމެނެއެވެ. ޢުލްޔާ ވަނީ މިހާތަނަށް އޭނާ ބައިވެރިވި މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފަ...

އިބްރާހިމް ޚަލީލް
ހަނިމާދޫ ގޭބިސީތަކުން ކުނިއުކުމަށް ނަގާ ފީ ކުޑަކޮށް، ރޯދަމަހުގެ ކުނި ފީ މާފުކޮށްދީފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ގޭބިސީތަކުން ކުނިއުކުމަށް ނަގާ ފީ ކުޑަކޮށް، ރޯދަމަހުގެ ކުނި ފީ މާފުކޮށްދީފި

ހދ.ހަނިމާދޫގެ ގޭބިސީތަކުން ކުނިއުކުމަށް ނަމަގަމުން އައި ފީ ކުޑަކޮށް ކުރިއަށް އޮތް ރަމަޟާން މަހު ގޭބިސީތަކުން ކުނި ފީ ނުނަގަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުގެ 130 ވަނަ އާންމު ބައްދަލުވުމުގައި ނިންމާފައި ވަނީ މިހާރު ކުނި ފީގެ ގޮތުގައި ކޮންމެ މަހަކު ގޭބިސީއަކުން ނަގާ 150 (ސަތޭކަ ފަންސާސް) ރުފިޔާ، އަންނަ އޭޕްރިލް މަހުން ފެށިގެން 100 (ސަތޭކަ) ރުފިޔާއަށް ކުޑަކުރުމަށެވެ. އެ ބައްދަލުވުމުގައި ހަނިމާދޫގައި ހިންގާ ޕްރީސްކޫލުން ކުނީގެ ގޮތުގައި ނަގަމުން […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި ވެމްކޯ މެދުވެރިކޮށް ކުނި ނެގުމުގެ ހިދުމަތަަށް އެދެން ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ވެމްކޯ މެދުވެރިކޮށް ކުނި ނެގުމުގެ ހިދުމަތަަށް އެދެން ހުޅުވާލައިފި

ކުޅުދުއްފުށީގައި ވެމްކޯ މެދުވެރިކޮށް ކުނި ނެގުމުގެ ހިދުމަތަަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ސިޓީ ކައުންސިލުން ބުނީ މި ހިދުމަތަށް އެދި ރަޖިސްޓްރީ ކުރެވޭނީ މު މަހުގެ 9 ވަނަ ދުވަހާ ހަމައަށް ކަމަށެވެ. އޮންލައިންކޮށް ނުވަތަ އެންއޯސީ ގްރައުންޑް ފްލޯގެ ހޯލުން ވެސް ރަޖިސްޓްރީ ކޮށްލެވޭނެއެވެ. ރަޖިސްޓްރީވާންދާއިރު އައިޑީ ކާޑާއި ގޭގެ ރަޖިސްޓްރީ ނުވަތަ ރަށްވެހިންގެ ރަޖިސްޓްރީގެ އަސްލު ނުވަތަ ކޮޕީ ގެންދިއުމަަށް ޗްނީ އިލްތިމާސްކޮށްފައެވެ. ކުނި ނެގުމަށް ރަޖިސްޓްރީ ކޮށްދޭނީ ހެނދުނު 9:00 ން ހަވީރު […]

އަޙްމަދު ވަހީދު
ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ފާތިމަތު ލުޖައިން އިބްރާހިމް 📍 ހއ. ދިއްދޫ

ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ފާތިމަތު ލުޖައިން އިބްރާހިމް

ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ ހަވީރީފިނި، ފާތިމަތު ލުޖައިން އިބްރާހިމްއަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން އުނގެނެންފަށައި މުބާރާތްތަކުގައި ވާދަކުރަމުން އައިސްފައިވާ ކުއްޖެކެވެ. މުބާރާތްތަކުން ލިބެމުންދިޔަ ކާމިޔާބީތަކުގެ ސަބަބުން އޭނާގެ ހިތުގައި ޤުރުއާން ކިޔެވުމަށް އިތުރަށް ޝައުގުވެރިކަން އުފެދިގެން ދިޔައެވެ. މުބާރާތުން ރަނގަޅު ކާމިޔާބެއް ހޯދުމަށް މަސައްކަތް ކުރުމުގެ އިތުރުން ލުޖައިން މި މުބާރާތުގައި ވާދަކުރަން ޝައުގުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ މި...

އިބްރާހިމް ޚަލީލް
ރޯދަ މަހަށް ބޭނުންވާ ތަކެތި ގަތުމަށް އެއް ދުވަހާ އުތީމުގެ ގިނަ ބަޔަކު ދިއްދުއަށް 📍 ހއ. ދިއްދޫ

ރޯދަ މަހަށް ބޭނުންވާ ތަކެތި ގަތުމަށް އެއް ދުވަހާ އުތީމުގެ ގިނަ ބަޔަކު ދިއްދުއަށް

ކުރިއަށް އޮތް ރަމަޟާން މަހަށް ބޭނުންވާ ތަކެތި ގަތުމަށް އެއްދުވަހާއި އުތީމްގެ ވަރަށް ގިނަބަޔަކު ދިއްދޫއަށް ދަތުރުކޮށްފިއެވެ. މިދިޔަ ހޮނިހިރު ދުވަހު ދޯނި ފެރީގައި އުތީމްގެ 160 މީހަކު ވަނީ ރޯދަމަހަށް ބޭނުންވާ ސާމާނު ގަތުމަށް ދިއްދޫއަށް ދަތުރު ކޮށްފައެވެ. މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ބުނީ އާންމު ދިރިއުޅުމުގައި ބޭނުންވާ ގިނަ ސާމާނު ގަތުމަށް އަބަދުވެސް އުތީމްގެ ގިނަބަޔަކު ދިއްދޫއަށް ގޮސް އުޅޭކަމަށާއި ނަމަވެސް މިދިޔަ ހޮނިހިރު ދުވަހަކީ […]

އިބްރާހިމް ޚަލީލް
ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ޢާއިޝަތު ރީޝް ނަސީމް 📍 ހއ. ދިއްދޫ

ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ޢާއިޝަތު ރީޝް ނަސީމް

ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ ވައްޓަރު، ޢާއިޝަތު ރީޝް ނަސީމްއަކީ އެންމެ ކުޑައިރުއްސުރެ ގޭގައި ޤުރުއާން ކިޔަވައި، ކުލާސްތަކަށް ގޮސް ޤުރުއާން އުނގެނެން މަސައްކަތް ކުރަމުން އައި ކުއްޖެކެވެ. އޭނާ ހިތުގައި އަބަދުވެސް ޤުރުއާނަށް ހާއްސަ މަގާމެއް ދެވިފައި އޮތެވެ. ނަމަވެސް ޤުރުއާން ހިތުދަސްކުރަން މަސައްކަތް ފެށި ހިސާބުން އޭނާގެ ހިތުގައި ޤުރުއާނާއިމެދު އޮތް ޝައުގުވެރިކަން ވަރަށް ބޮޑަށް އިތުރުވެގެންދިޔައެވެ. ރީޝް މި މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވި ސަބަބުތ...

އިބްރާހިމް ޚަލީލް
މަކުނުދޫއިން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި 📍 ހދ. މަކުނުދޫ

މަކުނުދޫއިން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމު ކޮށްފިއެވެ. އެ ރަށު ކަންސިލުން ބުނީ ދާއިމީ ލިސްޓް އާންމުކޮށްފައި އެވަނީ “ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާ ކޮމެޓީ” އިން ވިލަރެސް ކުރުމަށްފަހު ވަގުތީ ލިސްޓް ޢާއްމު ކުރެވި، ހުށައެޅި ޝަކުވާތައް ބެލުމަށްފަހު ކަމަށެވެ. އެ ރަށުން ދޫކުރުމަށް ހަމަޖެހިފައިވާ 2400 (ދެހާސް ހަތަރު ސަތޭކަ) އަކަފޫޓުގެ 215 ގެވަޅަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ […]

އިބްރާހިމް ޚަލީލް
ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: އިސްމާއިލް މަހްފޫޒް 📍 ހއ. ދިއްދޫ

ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: އިސްމާއިލް މަހްފޫޒް

ހއ.ކެލާގައި ހުންނަ ޝައިހް އިބްރާހީމް ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ ރަށު ފެންފިޔާޒުގެ، އިސްމާއިލް މަހްފޫޒްއަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވައި އެ އިލްމު އުނގެނެން މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ. މި މުބާރާތުން ޤުރުއާނުގެ އިލްމާއި ގުޅޭ ތަފާތު މައުލޫމާތު ލިބިގެން ދިޔުމާއި، މިއީ އެހެން މުބާރާތްތަކާއި ތަފާތު ގޮތަކަށް ކުރިއަށް ގެންދެވޭ މުބާރާތަކަށް ވުމީ، މަހްފޫޒްގެ ހިތުގައި މި މުބާރާތާއި މެދު ޝައުގުވެރިކަން އިތުރުވެގެންދިޔަ ސަބަބުތަކެވެ. މަހްފޫޒް ވަނީ މިހާތަނަށް އޭނާ […]

އިބްރާހިމް ޚަލީލް
ވާހަކަ ނުދެއްކޭ، އަޑުނީވޭ މަންމައަކާއި ބައްޕަގެ ދަރިފުޅަށް ޤުރުއާން މުބާރާތުން 1 ވަނަ 📍 ހދ. ވައިކަރަދޫ

ވާހަކަ ނުދެއްކޭ، އަޑުނީވޭ މަންމައަކާއި ބައްޕަގެ ދަރިފުޅަށް ޤުރުއާން މުބާރާތުން 1 ވަނަ

އުމުރުން 12 އަހަރުގެ އަލްވާ ހުސެއިން އަކީ އަރަބިއްޔާ ސްކޫލުގެ ގްރޭޑް 6 ގައި ތައުލީމް ހާސިލް ކުރަމުން އަންނަ ކުއްޖެކެވެ. އޭނާގެ މަންމައަކީ ހދ.ވައިކަރަދޫ އައިމިނަތު ފަހުދާއެވެ. ބައްޕައަކީ ހުސެއިން ސުނިލްއެވެ. ސުނިލްއަކީ މާލޭ މީހެކެވެ. މި ކުޑަ އާއިލާއަކީ ވަރަށް ތަފާތު އާއިލާއެކެވެ. އަލްވާގެ މަންމައާއި ބައްޕައަކީ އުފަންވީއްސުރެ ވާހަކަ ނުދެއްކޭ އަދި އަޑުނީވޭ ދެ މީހުންނެވެ. އެ ދެ މީހުންގެ ހަމަހިމޭން ދިރިއުޅުން ފަޅުފިލުވައިދޭ އަލްވާއަކީ ވާހަކަ ދެއްކުމާއި އަޑު އިވުމުގައި އެއްވެސް […]

އިބްރާހިމް ޚަލީލް
ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: އީޝާ އަހްމަދު ސިޔާމް 📍 ހއ. ދިއްދޫ

ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: އީޝާ އަހްމަދު ސިޔާމް

ހއ.ކެލާގައި ހުންނަ ޝައިހް އިބްރާހީމް ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ އަތޮޅު ތުރާކުނު ގުލްދަމްގެ، އީޝާ އަހްމަދު ސިޔާމަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވައި އެ އިލްމު އުނގެނެން މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ. އީޝާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވި ސަބަބުތަކުގެ ތެރޭގައި، މިއީ އާންމުކޮށް ބައިވެރިވާ މުބާރާތްތަކާއި ތަފާތު މުބާރާތަކަށް ވުން ހިމެނެއެވެ. އީޝާ ވަނީ މިހާތަނަށް އޭނާ ބައިވެރިވި މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ފަދަ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އީޝާ […]

އިބްރާހިމް ޚަލީލް
ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ޢަލީ ޒައުލް ޒިޔާއު 📍 ހއ. ދިއްދޫ

ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ޢަލީ ޒައުލް ޒިޔާއު

ހއ.ކެލާގައި ހުންނަ ޝައިހް އިބްރާހީމް ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ ރަށު އިތާ، ޢަލީ ޒައުލް ޒިޔާއުއަކީ އުމުރުން ވަރަށް ހަގުއިރު ޤުރުއާން ކުލާހަށް ގޮސް، ޤުރުއާނުގެ އިލްމު އުނގެނެން ފެށި ކުއްޖެކެވެ. މި މުބާރާތަކީ މުޅި ހއ.އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރާތަކަށް ވުމީ، އޭނާގެ ހިތުގައި މި މުބާރާތުގައި ބައިވެރިވެ ރަނގަޅު ކާމިޔާބެއް ހޯދުމަށް ޝައުގުވެރިވި ސަބަބެކެވެ. ޒައުލް ވަނީ މިހާތަނަށް އޭނާ ބައިވެރިވި މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ފަދަ ގިނަ ކާމިޔާބީތަކެއް […]

އިބްރާހިމް ޚަލީލް
ހޯރަފުށީގައި ބާއްވާ ހޭންޑްބޯލް ކޯޗިން ކޭމްޕް މާދަމާ ފަށަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ބާއްވާ ހޭންޑްބޯލް ކޯޗިން ކޭމްޕް މާދަމާ ފަށަނީ

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ 22 ސްޕޯޓްސް ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބާއްވާ ހޭންޑްބޯލް ކޯޗިން ކޭމްޕް މާދަމާ ފަށަން ތައްޔާރު ވެއްޖެއެވެ. މި ކޭމްޕް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އަންނަ މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޯޗިން ކޭމްޕް ހާއްސަ ކޮށްފައި ވަނީ އަންހެނުންނަށެވެ. މި ކޭމްޕްގައި 45 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ކޭމްޕު ކުރިއަށް ގެންދަނީ 22 ސްޕޯޓްސް ކުލަބާއި ހއ. […]

އިބްރާހިމް ޚަލީލް