ހއ.ކެލާގައި ހުންނަ ޝައިހް އިބްރާހީމް ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ އަތޮޅު ތުރާކުނު ގުލްދަމްގެ، އީޝާ އަހްމަދު ސިޔާމަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވައި އެ އިލްމު އުނގެނެން މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ.

އީޝާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވި ސަބަބުތަކުގެ ތެރޭގައި، މިއީ އާންމުކޮށް ބައިވެރިވާ މުބާރާތްތަކާއި ތަފާތު މުބާރާތަކަށް ވުން ހިމެނެއެވެ.

Ad
rt

އީޝާ ވަނީ މިހާތަނަށް އޭނާ ބައިވެރިވި މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ފަދަ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

އީޝާ ޤުރުއާން މުބާރާތްތަކުން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް

  • އަލިމަސް ޔޫބިލް ޤުރްއާން މުބާރާތް 2020 - ކީސްޓޭޖް 1 ( ހިތުން ކިޔެވުމުން 1 ވަނަ)
  • އަލިމަސް ޔޫބިލް ޤުރްއާން މުބާރާތް 2020 - މުޅި މުބާރާތުން ހިތުން ކިޔެވުމުގެ ބައިން 1 ވަނަ
  • ސްކޫލު ޤުރްއާން މުބާރާތް 1443 - ނުބަލާ ކިޔެވުން 12 އަހަރުން ދަށް 3 ވަނަ
  • ޤުރްއާން މުބާރާތް 2022-2023 ކީސްޓޭޖް 2- ނުބަލާ ކިޔެވުން، އެންމެ މޮޅު 5 ދަރިވަރުން
  • ޤުރްއާން މުބާރާތް 2022-2023 މުޅި މުބާރާތުން ނުބަލާ ކިޔެވުން އެންމެ މޮޅު 5 ދަރިވަރުން
  • ކެލާ ކައުންސިލް ޤުރްއާން މުބާރާތް 1444 ނުބަލާ ކިޔެވުމުގެ ގޮފިން ކީސްޓޭޖް 2 އިން 2 ވަނަ
  • ކެލާ ޔޫތު ފޯރަމްގެ 11 ވަނަ ޤުރްއާން މުބާރާތް 2023، ތިންފޮތުގެ ބައިން ނުބަލާ ކިޔެވުމުން އެންމެ މޮޅު 5 ދަރިވަރުން
  • ތިލަ އުތުރު ރަންތާޖު ޤުރްއާން މުބާރާތް 2023 ކީސްޓޭޖް 2 ނުބަލާ ކިޔެވުމުން 2 ވަނަ

އީޝާއަށް ޤުރުއާން އުނގައްނައި ދިނުމުގައި މަންމައާއި ބައްޕަގެ އިތުރުން ސްކޫލްގެ މުދައްރިސުންނާއި ޤުރުއާން ކުލާހުގެ މުދައްރިސުންނާއި މުބާރާތްތަކަށް ފަރިތަ ކޮށްދިނުމުގައި އެހީތެރިވެދެއްވާ މުދައްރިސުންނާއި އާއިލާ މެމްބަރުންގެ ފަރާތުން ލިބޭ އެހީތެރިކަން އޭނާ ފާހަގަ ކުރެއެވެ.

ލިބޭ ހުސް ވަގުތު ތަކުގައި ކުރެހުމާއި ކުލަޖެއްސުމާއި ވާހަކަ ކިޔުމަށް ލޯބިކުރާ، އީޝާ މި މުބާރާތުގައި ބައިވެރިވީ ރަނގަޅު ކާމިޔާބެއް ހޯދުމުގެ އުންމީދުގައެވެ. އޭނާގެ އަޒުމަކީ ވެސް އެއީއެވެ.