މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ފާޠިމަތު ރިފްޢާ ރުޝްދީ 📍 ހއ. ދިއްދޫ

ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ފާޠިމަތު ރިފްޢާ ރުޝްދީ

ހއ.ކެލާގައި ހުންނަ ޝައިހް އިބްރާހީމް ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ ރަށު ނަޔާއަންދާޒުގެ، ފާޠިމަތު ރިފްޢާ ރުޝްދީއަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން އުނގެނެން މަސައްކަތް ކުރަމުން އައި ކުއްޖެކެވެ. ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެ ލިބެންފެށި ކާމިޔާބީތަކާއިއެކު އޭނާގެ ހިތުގައި ޤުރުއާން ކިޔަވައި ދަސްކުރުމަށް އޮތް ލޯބި އިތުރުވެގެން ދިޔައެވެ. ޤުރުއާނުގެ އިލްމުގައި އިތުރަށް ކުރިއަށް ދިޔުމަކީ މި މުބާރާތުގައި ރިފްޢާ ބައިވެރިވާން ބޭނުންވި އެއް ސަބަބެވެ. މީގެއިތުރުން ޤުރްއާނާއި ބެހޭގޮތުން...

އިބްރާހިމް ޚަލީލް
''މަތިކޮމަންޑޫ މަޝްރޫޢު ކުރިއަށް ގެންދާނީ ރައްޔިތުންގެ މަޝްވަރާއާއެކު، ދިގުވެލިދޫ އެއާޕޯޓުގެ ޔަޤީންކަން'' 📍 ށ. ކޮމަންޑޫ

''މަތިކޮމަންޑޫ މަޝްރޫޢު ކުރިއަށް ގެންދާނީ ރައްޔިތުންގެ މަޝްވަރާއާއެކު، ދިގުވެލިދޫ އެއާޕޯޓުގެ ޔަޤީންކަން''

ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ށ.  ދިގުވެލިދޫގައި އެއާޕޯޓެއް ތަރައްޤީކޮށްދެއްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިއްޔެ ށ. ކޮމަންޑޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިގުވެލިދޫގައި އެއާޕޯޓެއް ތަރައްޤީކޮށްދެއްވުމަކީ ކޮމަންޑޫ ރައްޔިތުންނަށް ރައީސް ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ. ކޮމަންޑޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެ ރަށުގެ ބިން ފުރިފައި...

ޔުމްނާ ޢަލީ
ބާރަށުގައި ހުރި 400 އަހަރުވީ ކާނި ގަހުގައި ރޯކޮށް އަންދާލައިފި 📍 ހއ. ބާރަށް

ބާރަށުގައި ހުރި 400 އަހަރުވީ ކާނި ގަހުގައި ރޯކޮށް އަންދާލައިފި

ހއ. ބާރަށުގައި ހުރި 400 އަހަރުވީ ކާނި ގަހުގައި ރޯކޮށް އަންދާލައިފިއެވެ. ކާނިގަހަކީ އެރަށު އީދުކުޅޭ މަގުގައި، ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ ކާނި ކަޑައިން ހެދުނު ގަހެކެވެ. ބާރަށުގެ ކާނިގަސް ކައުންސިލުން ބަލަހައްޓަމުން އަންނަނީ އާސާރީ ތަރިކައެއްގެ ގޮތުގައެވެ. ކާނި ގަހުގައި ރޯކޮށްލި ސީދާ ސަބަބެއް ސާފު ނުވި ނަމަވެސް ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އެ ގަހުގައި ރޯކޮށްލާފައި ވަނީ ސިޔާސީ ގޮތުން އުފެދުނު ހިޔާލު […]

މުޙައްމަދު
ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: މަރްޔަމް ނާޔާ އަޙްމަދު 📍 ހއ. ދިއްދޫ

ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: މަރްޔަމް ނާޔާ އަޙްމަދު

ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ އަސްރިފާހައުސް، މަރްޔަމް ނާޔާ އަޙްމަދަކީ ކުޑައިރުއްސުރެ ޤުރުއާން އަޑުއަހައި، ޤުރުއާން ކިޔަވައި ހިތުދަސްކުރަން މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ. ރަށުގައި ބޭއްވޭ އެހެން މުބާރާތްތަކާއި ހިލާފަށް މި މުބާރާތުގައި ތަފާތު ގޮތްތަކަށް ކިޔެވުމުގެ ފުރުސަތު ލިބުމާއި، ތަޖުވީދުގެ ހަމަތަކާއި ޤުރުއާނުގެ އިލްމުގެ އިތުރުން މި މުބާރާތުގެ ތެރެއިން ދީނީ އިލްމު ލިބިގެން ދިޔުމަކީ، މި މުބާރާތުގައި އޭނާ ވާދަކުރަން ބޭނުންވާ މައިގަނޑު ސަބަބުތަކ...

އިބްރާހިމް ޚަލީލް
ފުނަދޫ އެއާޕޯޓު ބޮޑުކޮށްދިނުމަށް އެދިއްޖެ 📍 ށ. ފުނަދޫ

ފުނަދޫ އެއާޕޯޓު ބޮޑުކޮށްދިނުމަށް އެދިއްޖެ

ށ. ފުނަދޫ އެއާޕޯޓު ބޮޑުކޮށްދިނުމަށް އެރަށު ކައުންސިލުން ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އަރިހުގައި އެދިއްޖެއެވެ. ފުނަދޫ ކައުންސިލުން މިގޮތައް އެދުނީ އިއްޔެ ރައީސް މުޢިއްޒާއިއެކު އެ ކައުންސިލުން ބޭއްވި ބައްދަލު ކުރެއްވުމުގައެވެ. މި ބައްދަލުވުމަކީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ހޮނިހިރު ދުވަހު ރައީސް ފެއްޓެވި ދަތުރުފުގައި އިއްޔެ އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވެވި ބައްދަލު ކުރެއްވުމެކެވެ. ފުނަދޫ ކައުންސިލުން ރައީސް އަރިހު އެދުނުކަންކަން އެއާޕޯޓް ރަންވޭ ބޮޑުކޮށް […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި މިއަހަރު އިތުރު 2000 ހައުސިން ޔުނިޓް އަޅަން ފަށަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި މިއަހަރު އިތުރު 2000 ހައުސިން ޔުނިޓް އަޅަން ފަށަނީ

ހދ. ކުޅުދުއްފުށީ ސިޓީގައި މިއަހަރު ތެރޭގައި އިތުރު 2000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފައްޓަވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އުތުރުގެ ހަތަރު އަތޮޅަށް ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުޅުގައި ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެ ސިޓީގެ ތަރައްޤީއަށް ވަރަށް އިސްކަމެއް ދެއްވާނެ ކަމަށެވެ. މިގޮތުން ކެމްޕެއިންގައި އެ ސިޓީގައި 2000 ހައުސިން ޔުނިޓް އެޅުމަށް ވަޢުދުވެވަޑައިގެންކ...

ޔުމްނާ ޢަލީ
މިލަންދޫގައި އެއާޕޯޓެއް އަޅާނެކަމުގެ ޔަޤީންކަން 📍 ށ. މިލަންދޫ

މިލަންދޫގައި އެއާޕޯޓެއް އަޅާނެކަމުގެ ޔަޤީންކަން

ށ. މިލަންދޫގައި އެއާޕޯޓެއް އަޅާނެކަމުގެ ޔަޤީންކަން  ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ މިއަދު އެރަށަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެރަށުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، އެމަނިކުފާނު ކެމްޕޭންގައި ވަޢުދުވެވަޑައިގެންނެވި ހުރިހާކަމެއް ފުރިހަމަކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. މިގޮތުން މިލަންދޫގައި އިސްލާމީ މަރުކަޒެއް އެޅުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށް ގެންދަވާކަ...

ޔުމްނާ ޢަލީ
ނެއްލައިދޫ ރައްޔިތުންނަށް ނަފާ ހޯދައިދިނުމަށް ހިރިނައިދޫ ދެނީ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ރައްޔިތުންނަށް ނަފާ ހޯދައިދިނުމަށް ހިރިނައިދޫ ދެނީ

ހދ. ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދައިދިނުމަށް އެ އަތޮޅު ހިރިނައިދޫ ހަމަޖައްސައްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުގައި އިއްޔެ ނެއްލައިދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ، ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދައިދިނުމަށް ނެއްލައިދޫ ކައިރީ އޮންނަ ހިރިނައިދޫ ހަމަޖެއްސުމަށް، އެރަށް ނެއް...

ޔުމްނާ ޢަލީ
ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ޢާއިޝަތު ރައިނާ ރަޝީދު 📍 ހއ. ދިއްދޫ

ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ޢާއިޝަތު ރައިނާ ރަޝީދު

ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ މާމުތީގެ، ޢާއިޝަތު ރައިނާ ރަޝީދަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކްލާސްތަކަށް ގޮސް ޤުރުއާން ކިޔަވައި މުބާރާތްތަކުގައި ބައިވެރިވަމުން އައިސްފައިވާ ކުއްޖެކެވެ. ރައިނާ މި މުބާރާތުގައި ބައިވެރިވާން ނިންމި ސަބަބުތަކުގެ ތެރޭގައި ޤުރުއާން ކިޔެވުމުގެ ގާބިލްކަން އިތުރުކުރުމާއި ޤުރުއާން އިތުރަށް ހިތުދަށްކުރުމަށް މަސައްކަތް ކުރުމުގެ ހިތްވަރު މުބާރާތުގެ ތެރެއިން ލިބިގެން ދިޔުމާއި ޤުރުއާނުގެ ފަންނުގައި އިތުރަށް ކުރިއަރައި ދިޔުމަށް ބޭ...

އިބްރާހިމް ޚަލީލް
މަކުނުދޫ އެއާޕޯޓު ނިންމައި މި އަހަރު ހުޅުވަނީ 📍 ހދ. މަކުނުދޫ

މަކުނުދޫ އެއާޕޯޓު ނިންމައި މި އަހަރު ހުޅުވަނީ

ހދ. މަކުނުދޫ އެއާޕޯޓު މި އަހަރު ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. “ރައީސްގެ ޖަވާބު” ޕްރޮގްރާމްގައި މަކުނުދޫ، ލިބަޓީ، އިފާސާ އަހުމަދު ކުރި ސުވާލުގައި ބުނީ މަކުނުދޫއަކީ ވަރަށް ދުރުގައި، އެކަހެރިކޮށް އޮންނަ ރަށެއް ކަމަށާއި އެކަމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވަރަށް އުނދަގޫވާ ކަމަށެވެ. މިހާރު ކުރިއަށްދާ އެއާޕޯޓުގެ މަޝްރޫއު ނިމި، ދަތުރު ކުރަން ފެށޭނީ ކޮން ދުވަހެއްގައިތޯ އޭނާ ސުވާލު ކުރިއެވެ. ރައީސް ޑރ. މުއިއްޒު […]

މުޙައްމަދު
ހަނިމާދޫ އެއާޕޯޓު ރަންވޭ މިހާރު ތަރައްގީ ކުރަމުންދާ ވަރަށްވުރެ ދިގު ކުރަން މަޝްވަރާކުރާނަން: ރައީސް 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓު ރަންވޭ މިހާރު ތަރައްގީ ކުރަމުންދާ ވަރަށްވުރެ ދިގު ކުރަން މަޝްވަރާކުރާނަން: ރައީސް

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ފަށާފައި ވަނީ އެންމެ ބޭނުންވާ ފުޅާ ދާއިރާއެއްގައެއް ނޫން ކަމަށާއި، އެ އެއާޕޯޓުގެ ރަންވޭ މިހާރަށްވުރެ ދިގުރަން މަޝްވަރާކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުގައި މިއަދު ހަނިމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި އުތުރުގެ 4 އަތޮޅު […]

ޔުމްނާ ޢަލީ
ހޯރަފުށީ އޮފީސް އެކްސީޑް ފުޓްބޯޅަ ލީގުގެ ޗެމްޕިއަންކަން ޕޮލިހަށް 📍 ހއ. ހޯރަފުށި

ހޯރަފުށީ އޮފީސް އެކްސީޑް ފުޓްބޯޅަ ލީގުގެ ޗެމްޕިއަންކަން ޕޮލިހަށް

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލާއި އެކްސީޑް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ހޯރަފުށީ އޮފީސް އެކްސީޑް ނައިން އަ ސައިޑް ފުޓްބޯޅަ ލީގްގެ ޗެމްޕިއަންކަން ހޯރަފުށީ ޕޮލިހުން ހޯދައިފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ބައްދަލުކުރީ ހޯރަފުށީ ޕޮލިހާއި ހޯރަފުށީ އެއާޕޯޓެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލާލީ ޕޮލިސް ޓީމެވެ. މި މެޗުގައި ޕޮލިސް ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ އެ ޓީމްގެ ޖޯޒީ ނަމްބަރު […]

އިބްރާހިމް ޚަލީލް
ރަނގަޅު ފެންވަރުގެ ހައުސިން މަޝްރޫޢެއް ނޮޅިވަރަންފަރުގައި ފަށަނީ 📍 ހދ. ނޮޅިވަރަންފަރު

ރަނގަޅު ފެންވަރުގެ ހައުސިން މަޝްރޫޢެއް ނޮޅިވަރަންފަރުގައި ފަށަނީ

ރަނގަޅު ފެންވަރުގެ ހައުސިން މަޝްރޫޢެއް ހދ. ނޮޅިވަރަންފަރުގައި ހިންގަވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އެންމެ އުތުރުގެ ހަތަރު އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ނޮޅިވަރަށް ފަރަށް ވަޑައިގެން ރޭ އެރަށުގެ ރައްޔިތުންނާ އްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މި ފަސް އަހަރުދުވަހަށް ބަހާލައިގެން ރާއްޖޭގެ އެކި ރަށްތަކުގައި 40،000 ހައުސިން ޔުނިޓް ގާއިމުކުރާއިރު،...

ޔުމްނާ ޢަލީ
ބާރަށު އިކޯ ޓޫރިޒަމްގެ މަޝްރޫޢު ހަޤީޤަތަކަށް ހަދައިދޭނަން: ރައީސް 📍 ހއ. ބާރަށް

ބާރަށު އިކޯ ޓޫރިޒަމްގެ މަޝްރޫޢު ހަޤީޤަތަކަށް ހަދައިދޭނަން: ރައީސް

ހއ. ބާރަށުގައި ހިންގުމަށް ހަމަޖެހިފައިވާ އިކޯ ޓޫރިޒަމްގެ މަޝްރޫޢު ހަޤީޤަތަކަށް ހަދައިދެއްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުގައި އިއްޔެ ބާރަށަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަޝްރޫޢު އަކީ ރައީސްގެ ރިޔާސީ ވަޢުދުފުޅެކެވެ. އެ ވަޢުދުފުޅާއި އެއްގޮތައް އިންޓަރނޭޝަނަލް ބިޑަށް ހުޅުވާލައިގެން ބާރަށުގައި އިކޯ ޓޫރިޒަމްގެ މަޝްރޫޢ...

ޔުމްނާ ޢަލީ
ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: މަރިޔަމް ހިބާ ހުސެއިން 📍 ހއ. ދިއްދޫ

ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: މަރިޔަމް ހިބާ ހުސެއިން

ކުޑައިރު އާއިލާއިން ޤުރުއާން އުނގައްނައިދޭން ކުރި މަސައްކަތުގެ ސަބަބުން ޤުރުއާން އުނގެނުމަށް ލޯބި ޖެހި އެކަމުގެ ތެރެއަށް ވަދެވުނު ހއ.ދިއްދޫ ވިގޯރަސް، މަރިޔަމް ހިބާ ހުސެއިންއަކީ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ކުއްޖެކެވެ. ހިބާއަކީ އަބަދުވެސް ޤުރުއާން މުބާރާތްތަކުގައި ބައިވެރިވާން ޝައުގު ހުންނަ ކުއްޖެކެވެ. އާންމު ޤުރުއާން މުބާރާތްތަކާއި އަލިގަދަތަރި މުބާރާތް ތަފާތުވުމަކީ އޭނާގެ ހިތުގައި މި މުބާރާތާއިމެދު ޝައުގުވެރިކަން އިތުރުވެގެން ދިޔަ ސަބަބެކެވެ. ހިބާ ވަނީ މިހާތަނ...

އިބްރާހިމް ޚަލީލް