📍 ހއ. ދިއްދޫ
ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ޔޫލީ މުހައްމަދު ލަތީފް
ހއ.ދިއްދޫ ޒުރިޔާނުގެ، ޔޫލީ މުހައްމަދު ލަތީފްއަކީ އެ އާއިލާގެ ހަތަރުވަނަ ކުއްޖާއެވެ. އާއިލާގައި ތިބި ބޭބެމެންނާއި ދައްތަމެން ޤުރުއާން މުބާރާތްތަކުގައި ވާދަކުރާތަން ފެނުމާއި، މަންމައާއި ބައްޕަ އެ އިލްމު އޭނާއަށް އުނގައްނައި ދިނުމަށް ބާރުއަޅައި ކޮށްދިން މަސައްކަތުން އޭނާ ހިތުގައި ޤުރުއާން އުނގެނި ދަސްކުރުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން އުފެދިގެން ދިޔައެވެ. ޔޫލީއަކީ ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ. ޤުރުއާންގެ އިލްމު އިތުރަށް އުނގެނި ދަސްކުރުމަށް ހިތުގައ...