ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ދިއްދޫގައި ކޮމްޕިއުޓަރ ކުލާހެއް
ހއ.ދިއްދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ދެ މަސްދުވަހަށް ކުރިއަށް ގެންދާ ކޮމްޕިއުޓަރ ކުލާހުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މި ކުލާހަކީ ދިއްދޫ، ދި-ފައުންޑޭޝަންއާއި ޓީއެސްއޭ އައިޓީ ސެންޓަރު ގުޅިގެން ކުރިއަށް ގެންދާ ކުލާހެކެވެ. މި ކުލާހުގެ ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ. މި ކުލާހުގެ ބައިވެރިންގެ ފީ ހަމަޖައްސައިދެނީ ދި ފައުންޑޭޝަންގެ ފަރާތުންނެވެ. ދި ފައުންޑޭޝަނަކީ އެ ރަށުގައި އިޖުތިމާއ...