ހއ. އިހަވަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު ފައްޓަވައިދެއްވީ ކޮންޓްރަކްޝަން މިނިސްޓަރު އަބްދު މުއްތަލިބު އާއި ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރުއެވެ.
އިހަވަންދޫ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގައެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 102.8 މިލިއަން ރުފިޔާއަށެވެ.
އާރުޑީސީން ބުނި ގޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ދިރާސާތައްކޮށް ނިންމައި، އެކަމަށް ބޭނުންވާ މުވައްޒަފުންވެސް ނަގައިގެން ކަމަށެވެ.
މިއީ ދައުލަތުން ޚަރަދު ކުރާ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!