މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ހޯރަފުށީ ޑަބްލިއުޑީސީގެ ކަނބާފާނު އެވޯޑަށް ކުރިމަތިލާން ފުޅުވާލައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ޑަބްލިއުޑީސީގެ ކަނބާފާނު އެވޯޑަށް ކުރިމަތިލާން ފުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން މި އަހަރުގެ އަންހެނުންގެ ދުވަހަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ “ކަނބާފާނު އެވޯޑް” އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އެވޯޑަކީ ތަފާތު ދާއިރާތަކުން އެ ރަށަށް ފާހަގަކޮށްލެވޭ ހިދުމަތްތައް ކޮށްދެއްވާފައިވާ ކަނބަލުންގެ، ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ދޭ އެވޯޑެކެވެ. މި އެވޯޑް މައިގަނޑު ފަސް ދާއިރާއަކުން ވަނީ ދިނުމަށް ނިންމާ...

އިބްރާހިމް ޚަލީލް
ހަނިމާދޫގައި އުޅޭ ބިދޭސީ މަސައްކަތްތެރިނަށް ހާއްސަ މެޑިކަލް ކޭމްޕެއް ކުރިއަށް ގެންގޮސްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި އުޅޭ ބިދޭސީ މަސައްކަތްތެރިނަށް ހާއްސަ މެޑިކަލް ކޭމްޕެއް ކުރިއަށް ގެންގޮސްފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަ މެޑިކަލް ކޭމްޕެއް އެ ރަށުގައި ކުރިއަށް ގެންގޮސްފިއެވެ މި މެޑިކަލް ކޭމްޕް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުން 27 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޭމްޕްގައި އެ ރަށުގައި މަސައްކަތްކުރާ 505 ބިދޭސީއެއްގެ މެޑިކަލް ޓެސްޓްތައް ހަދާފައިވެއެވެ. ހަނިމާދޫގައި މިވަގުތު ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އުޅެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ ކުންފުނިން ކުރަމުން އަންނައ...

އިބްރާހިމް ޚަލީލް
ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ގޯލްޑް ސްޕޮންސަރަކަށް "އައިމޯ އެންޓަޕްރައިސް" 📍 ހއ. ދިއްދޫ

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ގޯލްޑް ސްޕޮންސަރަކަށް "އައިމޯ އެންޓަޕްރައިސް"

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގެ ގޯލްޑް ސްޕޮންސަރަކަށް “އައިމޯ އެންޓަޕްރައިސް ޕްރައިވެޓް ލިމިޓެޑް” ހަމަޖައްސައި، އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި އައިމޯ އެންޓަޕްރައިސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކޮށްފައި ވަނީ އެ ކުންފުނީގެ ސީއީއޯ މޫސާ ރަޝީދެވެ. މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ސޮއި ކޮށްފައި ވަނީ އެ ކްލަބްގެ ސެކްރެޓަރީ ޖެނެރަލް އަލީ މިފްރާޒްއެވެ. […]

އިބްރާހިމް ޚަލީލް
އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް

އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް

ހއ. އިހަވަންދިއްޕޮޅުގައި “މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ” ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ތަރައްގީކުރަން ސަރުކާރުން ނިންމައިފިއެވެ. އިހަވަންދިއްޕޮޅުގައި “މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ” ސްޕެޝަލް އިކޮނޮމިކް ޒޯނެއް ތަރައްގީކުރަނީ، މެރިޓައިމް ޚިދުމަތްތަކާ އިކޮނޮމިކް ސެކިއުރިޓީއަށް ފޯކަސްކޮށްގެން، ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރިތައް ހިމެނޭގޮތަށެވެ. އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ “މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ” އިންޓަގްރޭޓަޑް މަޝްރޫޢުގެ މާސްޓާ ޑިވެލޮޕަރެއްގެ ގޮތުގައި މޯލްޑިވްސް އ...

ޔުމްނާ ޢަލީ
ހަނިމާދޫ އެއާޕޯޓުގެ އަައު ރަންވޭގެ 1200 މީޓަރު ބޭނުންކުރަން ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓުގެ އަައު ރަންވޭގެ 1200 މީޓަރު ބޭނުންކުރަން ފަށައިފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭގެ 1200 މީޓަރު މިއަދު ބޭނުންކުރަން ފަށައިފިއެވެ. މި ބައި ބޭނުން ކުރަން ފަށަން ރަންވޭއަށް ފުރަތަމަ ފްލައިޓް ޖައްސާފައިވަނީ މިއަދު ހެނދުނު އެވެ. މިބައި ހުޅުވުމަށް ބޭއްވި ފުރަތަމަ ފްލައިޓްގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް)ގެ މޭޖިން ޑިރެކްޓަރު އަހްމަދު މުބީން އާއި އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ހަނިމާދޫ އަށް ވަޑައިގަތެވެ. މިބައި ބޭނުން ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އާރުއޭސީއެލްގެ އެމްޑީ [...

ޔުމްނާ ޢަލީ
މަޖިލިހުގެ ވައިކަރަދޫ ދާއިރާގެ އަދާލަތު ޕާޓީގެ ޓިކެޓު ޘަޤީފަށް 📍 ހދ. ވައިކަރަދޫ

މަޖިލިހުގެ ވައިކަރަދޫ ދާއިރާގެ އަދާލަތު ޕާޓީގެ ޓިކެޓު ޘަޤީފަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވައިކަރަދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ކުރީގެ ނައިބު ރައީސް ޙުސައިން ޘަޤީފަށް ދިނުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ. ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗް މަހުގެ 17 ގައެވެ. އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ މަޖިލިހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތ...

މުޙައްމަދު
މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތުވާ ދެމީހަކު ހަނިމާދޫން ހައްޔަރުކޮށްފި 📍 ހދ. ހަނިމާދޫ

މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތުވާ ދެމީހަކު ހަނިމާދޫން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތުވާ ދެމީހަކު ހދ. ހަނިމާދޫން ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން މި ހިނގާ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެރަށު ގެއެއްބަލައިފާސްކޮށް 38 އަހަރުގެ މީހަކާއި 42 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ވެސް […]

ޔުމްނާ ޢަލީ
އިހަވަންދޫ ރަމްޒުކޮށްދޭނެ މޮނިއުމެންޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ރަމްޒުކޮށްދޭނެ މޮނިއުމެންޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ރަމްޒުކޮށްދޭ މޮނިއުމެންޓް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. މިކަމަށް ބީލަށް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ކުރިން އެ ކައުންސިލަށް ގުޅައިގެން (65000256) ނުވަތަ މެއިލް ކޮށްގެން (procurement@ihavandhoo.gov.mv) ބީލަމުގައި ރަޖިސްޓަރީވާން ޖެހެއެވެ. މި މަސައްކަތާއި ގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުވަން ބޭނުންވާ ފަރާތްތަކުން ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގެ ކުރިން މެއިލް ކުރުމަށް އެ...

އިބްރާހިމް ޚަލީލް
ވާދަވެރިކަމެއްނެތި ތަކަންދޫ ކައުންސިލް ގޮނޑި ޕީއެންސީ އަށް 📍 ހއ. ތަކަންދޫ

ވާދަވެރިކަމެއްނެތި ތަކަންދޫ ކައުންސިލް ގޮނޑި ޕީއެންސީ އަށް

ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރަކު އިންތިޚާބު ކުރަން ބާއްވަން ނިންމި ބައި-އިލެކްޝަނަށް އެންމެ ކެންޑިޑޭޓެއް ކުރިމަތިލުމުން އެ ގޮނޑި އޭނާ އަށް ކަށަވަރުވެއްޖެއެވެ. މި ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ނަމަވެސް އެކަމަށް ހުޅުވާލި ފުރުސަތުގައި އެ ގޮނޑިއަށް ކުރިމަތިލީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓު އެރަށު ޑޭޒީމާގެ، ފަހީމާ މުހައްމަދު އެކަންޏެވެ. އެހެންކަމުން ތަކަންދޫ ކައުން...

ޔުމްނާ ޢަލީ
ހޯރަފުށީ ހާފްވޭ ހައުސްގެ މަސައްކަތް ނިންމާލައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ހާފްވޭ ހައުސްގެ މަސައްކަތް ނިންމާލައިފި

ހއ. ހޯރަފުށީގައި ގާއިމުކުރާ ޖުވެނައިލް ޖަސްޓިސް ޔުނިޓް، ހާފްވޭ ހައުސްގެ މަސައްކަތް ނިންމާލައިފިއެވެ. ސަރުކާރުން މި މަސައްކަތް ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުންޏާއި މަސައްކަތް ހަވާލު ކުރީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މިއީ ހޯމް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ހިންގާ ތަނެކެވެ. މިއީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން އަނބުރާ މުޖުތަމައަށް ނެރުމު...

އަޙްމަދު ވަހީދު
ނަރުދޫ ފަރަށް ބާޖު އެރުމުން ލިބުނު ގެއްލުން ބަލައިދިނުމަށް ކައުންސިލުން އީޕީއޭއަށް ހުށަހަޅައިފި 📍 ށ. ނަރުދޫ

ނަރުދޫ ފަރަށް ބާޖު އެރުމުން ލިބުނު ގެއްލުން ބަލައިދިނުމަށް ކައުންސިލުން އީޕީއޭއަށް ހުށަހަޅައިފި

މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ފަރަށް ބާޖެއް ބީހުމާއި ގުޅިގެން، ފަރަށް ލިބުނު ގެއްލުން ބަލައިދިނުމަށް އެ ރަށު ކައުންސިލުން އީޕީއޭއަށް ހުށަހަޅައިފިއެވެ. އެ އަތޮޅު މިލަންދޫ ބަނދަރު ހެދުމަށް ބޭނުންވާ ތަކެތި ގެނައުމަށް ބޭނުން ކުރަމުން އަންނަ ބާޖެއް ނަރުދޫ އިރުމަތީ ފަރާތު ފަރަށް އަރާފައި ވަނީ މި ހަފްތާ އާދީއްތަ ދުވަހުހެ ހަވީރުގެ ވަގުތެއްގައެވެ. އެ ބާޖު ފުންކޮށްފައި ވަނީ އެ ރޭ ދަންވަރުއެވެ. ނަރުދޫ ކައުންސިލުން ބުނީ އެހާބޮޑު ބާޖެއް އެރަށު ފަރަށް އެރުމާއި […]

އިބްރާހިމް ޚަލީލް
އޭޕްރިލުން ފެށިގެން މޯލްޑިވިއަނުން ހޯރަފުއްޓަށް ހަފުތާއަކު 4 ދަތުރު 📍 ހއ. ހޯރަފުށި

އޭޕްރިލުން ފެށިގެން މޯލްޑިވިއަނުން ހޯރަފުއްޓަށް ހަފުތާއަކު 4 ދަތުރު

މިއަހަރުގެ އެޕްރީލް މަހުން ފެށިގެން ގައުމީ އެއާލައިން، މޯލްޑިވިއަނުން ހއ. ހޯރަފުއްޓަށް ހަފުތާގެ ހަތަރު ދުވަހު، ދަތުރުކުރާނެ ކަމަށް އެ އެއާލައިނުން ބުނެފިއެވެ. މޯލްޑިވިއަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭޕްރީލް މަހުން ފެށިގެން އާދިއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު، ހޯރަފުއްޓަށް ފުލައިޓުތައް ބާއްވާނެ ކަމަށެވެ. އޭޕްރިލް އމަހުން ފެށިގެން ބަދަލު ގެންނައިރު މާޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުތައް ބާއްވާނީ މިހާރު ޝެޑިއުލްކޮށްފައިވާ ގޮތަށް ކަމަށް ވެސް އެ ކުންފުނިން […]

އަޙްމަދު ވަހީދު
ހަނިމާދޫ ދަނޑުބިން ތަކުގައި ކުނި ނޭންދުމަށް އަންގައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ދަނޑުބިން ތަކުގައި ކުނި ނޭންދުމަށް އަންގައިފި

ހދ. ހަނިމާދޫގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ދަނޑުބިންތަކުގައި ކުނި ނޭންދުމަށް އެ ރަށު ކައުންސިލުން އަންގައިފިއެވެ. ކައުންސިލުން ބުނީ މިހާރު ދޫކުރެވިފައިވާ ދަނޑުބިންތައް ލިބިފައިވާ ފަރާތްތަކުން ދަނޑުބިންތަކުގައި ވަރަށް ގިނަ އަދަދަކަށް ކުނިއަންދަމުން ދާތީ އަރާ ދުމުގެ ސަބަބުން އެ ރަށު ސިއްހީ މަރުކަޒުގައި އެޑްމިޓް ކޮށްފައިތިބޭ ހާލުބޮޑު ބަލިމީހުންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށެވެ. މީގެ އިތުރުން މުޅި އެ ސަރަހައްދަށް ދުން ފެތުރުމުގެ ސަބަބުން އާންމުކޮށް ހުރިހާ ފަރާތްތަކަށް އެކަމުގެ އުނދަގޫ ތަހަންމ...

އިބްރާހިމް ޚަލީލް
އުސޫލު އިސްލާހްކޮށް ވައިކަރަދޫން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހދ. ވައިކަރަދޫ

އުސޫލު އިސްލާހްކޮށް ވައިކަރަދޫން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ހދ. ވައިކަރަދޫ އިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު އިސްލާހްކޮށް އެރަށުން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލައި ވައިކަރަދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާންގައި ބުނެފައިވާގޮތުން އެރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކައުންސިލުން އެކަށައަޅާ ފާސްކޮށް، 31 ޑިސެންބަރު 2023 ގައި ގެޒެޓް ކުރި “ހދ. ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު” ވަނީ އެ ކައުންސިލުން މިހާރު އިސްލާޙްކޮށްފައެވެ. މިގޮތުން 23 ޖަނަވަ...

ޔުމްނާ ޢަލީ
އަންނަ އާދިއްތަ ދުވަހު ހަނިމާދޫ އެއާޕޯޓު އާ ރަންވޭއަށް ޓެސްޓް ފްލައިޓު ޖައްސަނީ 📍 ހދ. ހަނިމާދޫ

އަންނަ އާދިއްތަ ދުވަހު ހަނިމާދޫ އެއާޕޯޓު އާ ރަންވޭއަށް ޓެސްޓް ފްލައިޓު ޖައްސަނީ

އަންނަ އާދިއްތަ ދުވަހު، ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އަށް ޓެސްޓް ފްލައިޓް ޖައްސަން ތައްޔާރުވެފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އިން ހާމަކޮށްފިއެވެ. ރީޖަނަލް އެއާޕޯޓްސް އިން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ 1،200 މީޓަރުގެ ސަރަހައްދެއްގައި ރަންވޭ ލައިޓް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހު ޓެސްޓް ފްލައިޓެއް ޖެއްސޭ ވަރުވާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން […]

މުޙައްމަދު