މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
އަންނަ މަހު ކުރިނބީގައި ޕޮލިސް ޕޯސްޓެއް ހުޅުވަނީ 📍 ހދ. ކުރިނބީ

އަންނަ މަހު ކުރިނބީގައި ޕޮލިސް ޕޯސްޓެއް ހުޅުވަނީ

ތިލަދުންމަތީ ދެކުނުބުރީ ކުރިނބީގައި އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ޕޮލިސް ޕޯސްޓެއް ހުޅުވައި، އެ ރަށުގައި ރަސްމީކޮށް ފުލުހުންގެ ޚިދުމަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ. މި ޕޯސްޓްގެ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާލައްވައި އެ ރަށު ކައުންސިލާއި ބައްދަލުކުރެއްވުމަށް ހދ.އަތޮޅުގެ ޕޮލިސް ކޮމާންޑަރ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަހުމާ ސައީދު ވަނީ އިއްޔެ އެ ރަށަށް ޒިޔާރަތް ކުރައްވާފައެވެ. ކުރިނބީގައި ޕޮލިސް ޕޯސްޓް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން މި...

އިބްރާހިމް ޚަލީލް
ކޮމަންޑޫން ގޯއްޗަށް އެދުނު މީހުންނަށް ލިބުނު ޕޮއިންޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫން ގޯއްޗަށް އެދުނު މީހުންނަށް ލިބުނު ޕޮއިންޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި

ށ. ކޮމަންޑޫއިން ބަންޑާރަ ގޯއްޗަށް އެދުނު މީހުންނަށް ޕޮއިންޓް ލިބުނު ގޮތުގެ ވަގުތީ ލިސްޓް އެރަށު ކައުންސިލުން މިއަދު އާންމުކޮށްފިއެވެ. އެ ލިސްޓު އާންމުކޮށް ކޮމަންޑޫ ކައުންސިލުން ބުނީ، ޕޮއިންޓް ލިބިފައިވާ ގޮތާމެދު އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންނަމަ މިއަދުން ފެށިގެން އަންނަ ފެބްރުއަރީ 4 ވާ އާދިއްތަ ދުވަހުގެ 13:30ގެ ނިޔަލަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ޝަކުވާ ހުށަހަޅަން ޖެހެނީ އެކަމަށް ޚާއްޞަކޮށްފައިވާ ”ޝަކުވާ ފޯމު” މެދުވެރިކޮށެވެ. އެ ފޯމު އެ އިދާރާގެ ކައުންޓަރުން […]

އިބްރާހިމް ޚަލީލް
ގޯލްޑަން ފުޓްސަލް: ހަނިމާދޫ، މަކުނުދޫ، ނޮޅިވަރަންފަރު، ނައިވާދޫ އަދި ނެއްލައިދޫ ފެށުން ރަނގަޅުކޮށްފި 📍 ހދ. ހަނިމާދޫ

ގޯލްޑަން ފުޓްސަލް: ހަނިމާދޫ، މަކުނުދޫ، ނޮޅިވަރަންފަރު، ނައިވާދޫ އަދި ނެއްލައިދޫ ފެށުން ރަނގަޅުކޮށްފި

“ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ހދ.އަތޮޅުގެ މެޗުތައް ކުރިއަށްދިޔައިރު ހަނިމާދޫ، މަކުނުދޫ، ނޮޅިވަރަންފަރު، ނައިވާދޫ އަދި ނެއްލައިދޫއިން ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފިއެވެ. ރޭ ހަނިމާދޫއިން ވަނީ ފަސޭހަކަމާއިއެކު ފިނޭގެ މައްޗަށް ކުރި ހޯދާފައެވެ. މި މެޗު ހަނިމާދޫއިން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ހަނިމާދޫއަށް ލަނޑުތައް ޖަހައިދިނީ އަބޫބަކުރު ސިއްދީގު، ހުޒާމް އަބްދުއްރަހީމް، ނައުފަލް އަބ...

އިބްރާހިމް ޚަލީލް
ދިއްދޫ ފެނަކަ ކޮންޓްރެކްޓް މުވައްޒަފުންގެ މައްސަލަ މަޖިލީހަށް 📍 ހއ. ދިއްދޫ

ދިއްދޫ ފެނަކަ ކޮންޓްރެކްޓް މުވައްޒަފުންގެ މައްސަލަ މަޖިލީހަށް

ހއ. ދިއްދޫގައި ފެނަކަ ބްރާންޗަށް ނަގާފައި ތިބި ކޮންޓްރެކްޓް މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް އައު ނުކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމާފައިވާއިރު، އެކަން ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަހީދު (ވައްޑޭ) ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ. ފެނަކައިން ދިއްދޫގައި އިމާރާތް ކުރާ އާ އިންޖީނުގޭގެ މަސައްކަތަށް ކޮންޓްރެކްޓަށް ނަގާފައި ތިބި މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމުމުން އޭގެ ތެރެއިން 50 އަށް ވުރެ ގިނަ މީހުން މިއަދު ވަނީ އިހުތިޖާޖު ކޮށްފަ...

ޔުމްނާ ޢަލީ
ހަނިމާދޫގައި ވާޓިކަލް ފާމިން ޕައިލޮޓް މަޝްރޫއެއް 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ވާޓިކަލް ފާމިން ޕައިލޮޓް މަޝްރޫއެއް

ހދ. ހަނިމާދޫ އެގްރިކަލްޗަރު ސެންޓަރުގައި ވާޓިކަލް ފާމިން ޕައިލޮޓް މަޝްރޫއެއް ހިންގަން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މިއަދު ބަޔަކާއި ހަވާލުކޮށްފިއެވެ. ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި ވާޓިކަލް ފާމިންގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރެވިދާނެތޯ ބެލުމަށް ޓަކައި މި މަޝްރޫޢު ހިިންގަން ހަވާލުކޮށްފައި ވަނީ ވީސީ ގުރޫޕް ޕްރައިވެޓް ލިމިޓް އާ އެވެ. ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި އެ ކުންފުންޏާއި ދެމެދު ވެވުނު މި އެއްބަސްވ...

ޔުމްނާ ޢަލީ
ޕެރެލައިޒްވެ 6 އަހަރު ދުވަސް، މިހާރު އިތުރު ތަކުލީފުތަކެއް، އެހީތެރިކަމަށް ބޭނުންވެފައި 📍 ހދ. ކުޅުދުއްފުށި

ޕެރެލައިޒްވެ 6 އަހަރު ދުވަސް، މިހާރު އިތުރު ތަކުލީފުތަކެއް، އެހީތެރިކަމަށް ބޭނުންވެފައި

ހދ ކުޅުދުއްފުށީ ކުދިމާގެ މުސްޠަފާ މުޙައްމަދަކީ 2018 ވަނަ އަހަރު ޢިމާރާތެއްގެ 4 ވަނަ ފަންގިފިލާއިން ވެއްޓި އުނަގަނޑުން ތިރި ޕެރެލަައިޒް ވެފައިވާ ފަރާތެކެވެ. އެކަމުގެ ސަބަބުން މުސްތަފާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައެވެ. ޒުވާން އުމުރު ނުހިނގި ފުރޮޅުލީގޮނޑީގައި އިންނަން ޖެހުނެވެ. 6 އަހަރު ދުވަސް އޭނާ ހޭދަކުރަމުން ދިޔައީ އެ ގޮނޑީގެ އެހީގައެވެ. ” އަޅުގަނޑުމެން މަސައްކަތް ކުރިން ދިވެހިބޭސް ފަރުވާ ކުރެވޭތޯ! މޫދަށް ގެންގޮސްގެންވެސް ފަރުވާ ކުރެވޭތޯ ބެލިން! އެކަމަކު ޔޫރިން ބޭގް […]

ސަލާމާ ޢަބްދުލް ޢަލީމް
ގޯލްޑަން ފުޓްސަލް: މާރަންދޫ، އިހަވަންދޫ، ހޯރަފުށި، އުތީމް އަދި ވަށަފަރު ފެށީ މޮޅަކުން 📍 ހއ. ހޯރަފުށި

ގޯލްޑަން ފުޓްސަލް: މާރަންދޫ، އިހަވަންދޫ، ހޯރަފުށި، އުތީމް އަދި ވަށަފަރު ފެށީ މޮޅަކުން

“ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ފަށާފައިވާއިރު، ހއ.އަތޮޅުގެ ފުރަތަމަ ބުރުގައި މާރަންދޫ، އިހަވަންދޫ، ހޯރަފުށި، އުތީމް އަދި ވަށަފަރުން ކުޅުން މެޗުތައް ކާމިޔާބުކުރި އިރު ބާރަށާއި ދިއްދޫ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މިއަހަރު ހއ. އަތޮޅުން ވަނީ 12 ޓީމަކުން ބައިވެރިވެފައެވެ. އެހެންކަމުން އެ އަތޮޅުގެ އަތޮޅު ބުރު ކުރިއަށް ދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ހަތަރު ގްރޫޕުގެ ތެރެއިން އެންމެ މޮޅު 8 ޓީމު […]

އިބްރާހިމް ޚަލީލް
މަކުނުދޫގައި ދެން އެއާޕޯޓެއް ނާޅާނެ: ރާޢީ 📍 ހދ. މަކުނުދޫ

މަކުނުދޫގައި ދެން އެއާޕޯޓެއް ނާޅާނެ: ރާޢީ

މަކުނުދޫ އެއާޕޯޓު މި ސަރުކާރުން ނާޅާނެ ކަމަށާއި، މި ސަރުކާރުން ހއ. އަތޮޅާއި، ހދ. އަތޮޅު ބޮޑުތަނުން ބާކީކޮށްލާނެ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. މަކުނުދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މިދިޔަ އެމްޑީޕީގެ ސަރުކާރުން ވަނީ ފަށާފައެވެ. މިގޮތުން ވެރިކަމުގެ ފަހު އަހަރު (2023 ވަނަ އަހަރު) ޖޫން މަހުގެ 22 ވަނަ ދުވަހު މަކުނުދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ބިގް ފިޝް ކުންފުންޏާއި ވަނީ ހަވާލުކޮށްފައެވެ. އަދި […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގެ ހައުސިން މަޝްރޫއުތައް އަވަހަށް ނިންމައިދިނުމަށް މޭޔަރު އެދިވަޑައިގެންފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ ހައުސިން މަޝްރޫއުތައް އަވަހަށް ނިންމައިދިނުމަށް މޭޔަރު އެދިވަޑައިގެންފި

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީގައި ހިންގަން ހަމަޖެހިފައިވާ އަދި ފަށާފައިވާ ހައުސިން މަޝްރޫއުތައް އަވަހަށް ނިންމައި ދިނުމަށް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ސަރުކާރަށް ގޮވާލައްވައިފިއެވެ. މިކަމާއި ގުޅިގެން އާތިފް މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން މިހާރު ކުޅުދުއްފުށި ސިޓީގައި އަޅަން ފަށާފައިވާ 400 ހައުސިން ޔުނިޓާއި، ކޮންޓްރެކްޓަރ ފައިނޭންސްއިން، އެ ސިޓީގައި 1000 ހައުސިންޔުނިޓް އެޅުމަށް އެމެރިކާގެ ސްޓްރަކްޗަރސް އަންލިމިޓެޑްއާއި ފަހިދިރިއުޅުން ކޯޕަރޭޝަންއާއި ދެ...

އިބްރާހިމް ޚަލީލް
އުތީމު ގަނޑުވަރު ސަރަހައްދު ލޭންޑްސްކޭޕް ކުރުމަށް ކުރެހުމުގެ މަސައްކަތް ކުރަން ހަވާލުކޮށްފި 📍 ހއ. އުތީމު

އުތީމު ގަނޑުވަރު ސަރަހައްދު ލޭންޑްސްކޭޕް ކުރުމަށް ކުރެހުމުގެ މަސައްކަތް ކުރަން ހަވާލުކޮށްފި

އުތީމު ގަނޑުވަރު ސަރަހައްދު ލޭންޑްސްކޭޕް ކުރުމަށް ކުރަންޖެހޭ ތަފްސީލީ ކުރެހުމުގެ މަސައްކަތް ކުރަން ބަޔަކާ ހަވާލުކޮށްފިއެވެ. އުތީމު ކައުންސިލުން ބުނީ އެރަށު ގަނޑުވަރު ސަރަޙައްދު ލޭންޑްސްކޭޕް ކުރުމަށްޓަކައި ތަފްޞީލީ ކުރެހުން ތައްޔާރު ކޮށްދިނުމުގެ މަސައްކަތް ރިޔަން ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފައިވާ ކަމަށެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ މަދުވެގެން 56 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތުގެ އަގަކީ 194،000 ރުފިޔާ ކަމަށް އުތީމު ކައުންސިލުން މައުލޫމާތު ދެއެވެ. އުތީމު ގަނޑުވަރުވަ...

ޔުމްނާ ޢަލީ
ރައްޔިތުންނަށް ބަނޑުހަނޑޫ ދޭން ބުނުމަކުން މިހާރު ނުހެއްލޭނެ: އިބުރޭ

ރައްޔިތުންނަށް ބަނޑުހަނޑޫ ދޭން ބުނުމަކުން މިހާރު ނުހެއްލޭނެ: އިބުރޭ

ރައްޔިތުންނަށް ބަނޑުހަނޑޫ ދޭން ބުނުމަކުން މިހާރު ނުހެއްލޭނެކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގުރޫޕްގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ އިބްރޭ މިހެން ވިދާޅުވީ ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. މާލޭ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އާދަމް އާޒިމް ހޮވުމުން، އިބްރޭ ސަރުކާރަށް ”ވައްބަހުން ޖެއްސެވީ” އަންނަ ރޯދަމަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި ފުށް ބ...

ޔުމްނާ ޢަލީ
ހޯރަފުށީ ޑަބްލިއުޑީސީގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ ޑަބްލިއުޑީސީގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ. މި މުބާރާތަށް ހުށަހަޅާ ލޯގޯގައި އަންހެނުންގެ ތަރައްގީއާއި ހޯރަފުށި ރަމްޒުކޮށްދޭން ޖެހެއެވެ. އަދި މީގެއިތުރުން އެ ރަށަށް ހާއްސަ ކަމެއް ނުވަތަ ކަންތައްތަކެއް ނުވަތަ އެ ރަށުގެ ސަގާފަތެއް ނުވަތަ އެ ރަށުގެ ތާރީހް ހިމަނަން ޖެހެއެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން އެ ކޮމެޓީން ފާސްކުރާ ލޯގޯ ފަރުމާކުރާ ފަރާތަށް 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި ބާއްވާ ފޮތިކޮތަޅު ފަހަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ބާއްވާ ފޮތިކޮތަޅު ފަހަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީގައި ބާއްވާ ފޮތިކޮތަޅު ފަހަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކޯހުން ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ފަހަން ދަންނަ 30 ފަރާތަކަށެވެ. މި ކޯސް ކުރިއަށް ގެންދަން ރާވާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ކްލާސްތައް ކުރިއަށް ގެންދަން ރާވާފައި ވަނީ ރޭގަނޑު 20:30 އިން 22:30 އަށް، އެންއޯސީ ހޯލުގައެވެ. މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން […]

އިބްރާހިމް ޚަލީލް
ނަރުދޫގައި ކުރިއަށް ގެންދާ ގްރީންހައުސް ޕްރޮގްރާމުން ނަފާ ހޯދަން ފަށައިފި 📍 ށ. ނަރުދޫ

ނަރުދޫގައި ކުރިއަށް ގެންދާ ގްރީންހައުސް ޕްރޮގްރާމުން ނަފާ ހޯދަން ފަށައިފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ފަރާތުން ށ. އަތޮޅު ނަރުދޫގައި ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮޖެކްޓްގެ ދަށުން އެ ރަށުގައި ގްރީން ހައުސްގައި ގަސް އިންދައި ހައްދާނެ ގޮތް ދަސްކޮށްދިނުމުގެ ޕްރޮގްރާމްގައި ބައިވެރިން ހެއްދި ގަސްތަކުން ނަފާ ހޯދަން ފަށައިފިއެވެ. ޖުމްލަ 16 ބައިވެރިންނާއިއެކު މި ޕްރޮގްރާމް އެ ރަށުގައި ފަށާފައި ވަނީ ފާއިތުވި އަހަރުގެ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމްގައި ގްރީންހައުސް ތައްޔާރުކުރާނެ ގޮތާއި މުޑުވަށް ކުރާނެ ގޮތުގެ އިތުރުން، މިކަމާއިގުޅ...

އިބްރާހިމް ޚަލީލް
ކޮމަންޑޫ އަށް އުދައަރައި ގޭގެއަށް ލޮނުވަދެ ގެއްލުންވެއްޖެ 📍 ށ. ކޮމަންޑޫ

ކޮމަންޑޫ އަށް އުދައަރައި ގޭގެއަށް ލޮނުވަދެ ގެއްލުންވެއްޖެ

ށ. ކޮމަންޑޫ އަށް އުދައަރައި އެރަށު ބައެއް ގޭގެއަށް ލޮނުވަދެ ގެއްލުންވެއްޖެއެވެ. ކޮމަންޑޫ ކައުންސިލުން ބުނީ އެރަށަށް އުދައެރުމުގެ ސަބަބުން އާއްމު ރައްޔިތުންގެ ގޭގެއަށް ލޮނު ވަދެ ބޮޑެތިގެއްލުންތަކެއް ވަނީ ލިބިފަިއިއެވެ. ރައްޔިތުންގެ މުދަލާއި ގޯތިތެދޮރޮ ސަލާމަތް ކުރުމަށްޓައި ކައުންސިލާއި، ސަރޓް ޓީމް، އެމްޓީސީސީ، ޕޮލިސް އަދި އާއްމު ރައްޔިތުން ދަނީ މަސައްކަތް ކުރަމުން ކަމަށް ކޮމަންޑޫ ކައުންސިލުން ބުނެއެވެ. އެރަށަށް މިހާލަތު ދިމާވެފައިވާތީ، ރައްޔިތުންގެ މުދަލާއި ގޯތިތެދޮރޮ ސަލާމަތް ކުރުމަށްޓައި ކައުން...

ޔުމްނާ ޢަލީ