ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީގައި ބާއްވާ ފޮތިކޮތަޅު ފަހަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ކޯހުން ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ފަހަން ދަންނަ 30 ފަރާތަކަށެވެ.
މި ކޯސް ކުރިއަށް ގެންދަން ރާވާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ކްލާސްތައް ކުރިއަށް ގެންދަން ރާވާފައި ވަނީ ރޭގަނޑު 20:30 އިން 22:30 އަށް، އެންއޯސީ ހޯލުގައެވެ.
މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ސަބްމިޓް ކުރެއްވުމަސް ކުޅުދުއްފުށި ސިޓީ ކައުންސިލުން އެދެއެވެ. ފޯމްގެ ލިންކް އެ ކައުންސިލުގެ ފޭސްބުކް ޕޭޖުން ލިބިލައްވާނެއެވެ.
މި ކޯހަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ކުޅުދުއްފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން މޯލްޑިވްސް އޯތެންޓިކް ކްރާފްޓް ކޯޕަރޭޓިވް ސޮސައިޓީ ގުޅިގެން އެ ރަށުގައި ކުރިއަށް ގެންދާ ކޯހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!