މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ރައިސަމް ކަނޑިތީމު ދާއިރާގެ އެމްޑީޕީ ޓިކެޓަށް ވާދަކުރަނީ 📍 ށ. ފޭދޫ

ރައިސަމް ކަނޑިތީމު ދާއިރާގެ އެމްޑީޕީ ޓިކެޓަށް ވާދަކުރަނީ

ށ. ފޭދޫ ކައުންސިލްގެ ރައީސް އަހްމަދު ރައިސަމް، ކަނޑިތީމު ދާއިރާގެ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މަޖިލީހުގެ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ. ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ރައިސަމް ވަނީ މީސްމީޑިއާ މެދުވެރިކޮށް އެކަން ޢިއުލާން ކުރައްވާފައެވެ. ށ. އަތޮޅުގައި އެމްޑީޕީގެ ކަންކަމުގައި އެންމެ ހަރަކާތްތެރިކޮށް އުޅޭ މެންބަރުން ތެރޭ ހިމެނިވަޑައިގަންނަވާ ރައިސަމް އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ މަޖިލީހު ޕްރައިމަރީގައި ވާދަކުރަން ނިންމަވައި ވިދާޅު...

ޔުމްނާ ޢަލީ
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ފުޓްބޯޅަ މުބާރާތަށް ތާރީޚީ ނަޒަރެއް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ފުޓްބޯޅަ މުބާރާތަށް ތާރީޚީ ނަޒަރެއް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން މުޅިރަށަށް ހުޅުވާލައިގެން ފުރަތަމަ ފުޓްބޯޅަ މުބާރާތެއް ބާއްވަން ފަށާފައި 2000 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. އެކާވީސްވަނަ ގަރުނުގެ ފެށުން ރާއްޖޭގައި ފާހަގަ ކުރުމުގެ ގޮތުން އެކިކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް އެ ދުވަސްވަރު ހިންގިއިރު، މި މުބާރާތް ވެސް ގުޅިފައިވަނީ އެ ހަރަކާތްތަކާއެވެ. ފުރަތަމަ މި މުބާރާތް ބާއްވާފައި ވަނީ “ސާސްކަފް ކަޕް” ގެ ނަމުގައެވެ. މުބާރާތް އެ ދުވަސްވަރު ކުޅެފައިވަނީ އޭރު ހަނިމާދޫގައި ރަސްމީކޮށް ފުޓްބޯޅަ ކުޅުމަށް ބޭނުންކުރި، މިހާރު އިޖުތ...

އިބްރާހިމް ޚަލީލް
ޅައިމަގު ޕޮލިސް ޕޯސްޓް ހުޅުވައި ޚިދުމަތް ދޭންފަށައިފި 📍 ށ. ޅައިމަގު

ޅައިމަގު ޕޮލިސް ޕޯސްޓް ހުޅުވައި ޚިދުމަތް ދޭންފަށައިފި

ށ. ޅައިމަގުގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި މިއަދު ޚިދުމަތް ދޭން ފަށައިފިއެވެ. ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޅައިމަގުގައި ގާއިމުކުރި މި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ޅައިމަގު ކައުންސިލް ރައީސް އާދަމް އަޒްމީރު އެވެ. އެތަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި ދިވެހިރާއްޖޭގެ ދިދަ ނަންގަވައި ދެއްވީ ކައުންސިލް ރައީސް އާދަމް އަޒްމީ...

ޔުމްނާ ޢަލީ
ކެލާ ލޯކަލް އޮތޯރިޓީ ކުންފުނީގެ އެމްޑީ އަަކަށް އަރުޝަތު 📍 ހއ. ކެލާ

ކެލާ ލޯކަލް އޮތޯރިޓީ ކުންފުނީގެ އެމްޑީ އަަކަށް އަރުޝަތު

ހއ. ކެލާ ކައުންސިލްގެ، ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އަރުޝަތު އައްބާސް ހަމަޖައްސައިފިއެވެ. ތިލަދުންމަތީގެ ފުރަތަމަ ލޯކަލް އޮތޯރިޓީ ކުންފުނީގެ އެމްޑީއެމް ހަމަޖެއްސިކަން އެ ކުންފުނީގެ ބަލަދުވެރިފަރާތް، ކެލާ ކައުންސިލުން ހާމަކުރީ އިއްޔެއެވެ. އަރުޝަތަކީ މެލޭޝިއާގެ އޯޕަން ޔުނިވާސިޓީން މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހެއްދެވުމުގެ އިތުރުން އިންޑިއާގެ ބެންގަލޫރު ޔުނިވާސިޓީ އިން ބެޗްލާސް އޮފް ކޮމާސް، ސްޕެސެލައިޒް އިން ޓްރެވަލް އެންޑް ޓޫރިޒަމް ހައްދަވާފައިވާ...

ޔުމްނާ ޢަލީ
ޕެނަލްޓީގައި ޝީލްޑް ބަލިކޮށް ރިއަލް ސްޓާސް ފައިނަލަށް 📍 ހދ. ހަނިމާދޫ

ޕެނަލްޓީގައި ޝީލްޑް ބަލިކޮށް ރިއަލް ސްޓާސް ފައިނަލަށް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ރިއަލް ސްޓާސް އިން ހޯދައިފިއެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިއަދު ބައްދަލު ކޮށްފައި ވަނީ ޝީލްޑާއި ރިއަލް ސްޓާސްއެވެ. މުޅި މެޗުގައި ވެސް ޝީލްޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ ވަރަށް ކުރީކޮޅު ރިއަލް ސްޓާސް އިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނދު ހަތްވަނަ […]

އިބްރާހިމް ޚަލީލް
ފީވަކު ބަލްމާ ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ފަޔަރ ބާޑްސްއަށް

ފީވަކު ބަލްމާ ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ފަޔަރ ބާޑްސްއަށް

ބަލްމާ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ށ.ފީވަކުގައި ކުރިއަށް ގެންދިޔަ “ބަލްމާ ފުޓްސަލް ޗެލެންޖް 23/24” ގެ ޗެމްޕިއަންކަން އެފްސީ ފަޔަރ ބާޑްސް އިން ހޯދައިފިއެވެ. ފަޔަރ ބާޑްސް އިން ޗެމްޕިއަންކަން ހޯދީ މި މަހު އެއްވަނަ ދުވަހު އެ ރަށު ފުޓުބޯޅަ ދަނޑުގައި ކުޅުނު ފައިނަލްގައި 3-0 ގެ ނަތީޖާއިން، އެންމެ ފަހުގެ ޗެމްޕިއަން ހޫލިގަން އެސްސީ ބަލިކޮށްގެންނެވެ. މި މެޗުގައި ފަޔަރ ބާޑްސް ޓީމުގެ ލަނޑުތައް ޖަހައިދިނީ ޢަބްދުالله ނަވީން، ހުސެއިން ޝަރީފް (އޮންލީ) އަދި އަބްދުالله […]

އިބްރާހިމް ޚަލީލް
ސެމީގައި ޔުނީފޯމް ބަލިކޮށް ރޫހް ފައިނަލަށް 📍 ހދ. ހަނިމާދޫ

ސެމީގައި ޔުނީފޯމް ބަލިކޮށް ރޫހް ފައިނަލަށް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ރޫހް ޓީމުން ހޯދައިފިއެވެ. މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ ރޫހް އާއި ޔުނީފޯމެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ރޫހް ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައެވެ. މިއަދު މެޗު ފަށައިގެން ޔުނީފޯމުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ފުރަތަމަ ހާފު […]

އިބްރާހިމް ޚަލީލް
ހަނިމާދޫގައި ބާއްވާ ބޭސިކް އަދި އެޑްވާންސް ފަހާ ކޯހުގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ބާއްވާ ބޭސިކް އަދި އެޑްވާންސް ފަހާ ކޯހުގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ބާއްވާ ބޭސިކް އަދި އެޑްވާންސް ފަހާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިސްނަގައިގެން ބާއްވާ މި ކޯހުގައި ބައިވެރިންގެ އަތުން އެސްވެސް ފީއެއް ނުނަގާނެއެވެ. ނަމަވެސް ކޯހުގައި ބޭނުން ކުރާނެ ފަހާފޮށި ހޯދުމަކީ އެ ބައިވެރިއެއްގެ ޒިންމާއެކެވެ. މި މަހު 16 ވަނަ ދުވަހު ފަށަން ތާވަލު ކޮށްފައިވާ މި ކޯހުން ފުރުސަތު ދިނުމަށް ނިންމާފައި ވަނީ އެކަމަށް އެދި ފުރަތަމަ ނަން […]

އިބްރާހިމް ޚަލީލް
ނޭކުރެންދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަން ކުޅެން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަން ކުޅެން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން އެ ރަށު ސްކޫލް ކުދިންނަށް ބެޑްމިންޓަން ކުޅެން ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. އެ ރަށު ސްކޫލްގެ ގްރޭޑް ހަތަރަކުން ފެށިގެން މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޖުމްލަ 70 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ޑިސެމްބަރ މަހުގެ 15 އިން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ދެމުން...

އިބްރާހިމް ޚަލީލް
ޒަމާނީ ވަސީލަތްތަކާއިއެކު ކޮމަންޑޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރު ހުޅުވައިފި 📍 ށ. ކޮމަންޑޫ

ޒަމާނީ ވަސީލަތްތަކާއިއެކު ކޮމަންޑޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރު ހުޅުވައިފި

ށ.އަތޮޅު ކޮމަންޑޫގައި އިމާރާތް ކުރެވުނު ވޭސްޓް މެނޭޖްމެންޓް ސެންޓަރ ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ. މި ސެންޓަރ ރަސްމީކޮށް ހުޅުވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެ ސެންޓަރ ރަސްމީކޮށް ހުޅުއްވައި ދެއްވީ ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ޝިނާން އެވެ. އެ ރަށު ކައުންސިލުން ވަނީ އެ ރަށުގެ ގޭބިސީތަކުން ކުނި ނެގުމަށްޓަކައި މުވައްޒަފުން ލައިގެން މިއަދި ރަސްމީކޮށް އެ މަސައްކަތް ފަށާފައެވެ. މި ކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު […]

އިބްރާހިމް ޚަލީލް
ހަނިމާދޫ ކައުންސިލުން އެރަށު ކޮންމެ މަސްވެރި އުޅަނދަކަށް 5000ރ.ގެ ކޫޕަނެއް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލުން އެރަށު ކޮންމެ މަސްވެރި އުޅަނދަކަށް 5000ރ.ގެ ކޫޕަނެއް

ހަނިމާދޫ ކައުންސިލުން އެރަށު ކޮންމެ ކަނޑުމަހުގެ މަސްވެރި އުޅަނދަކަށް 5000ރ.ގެ ކޫޕަނެއް ދީފިއެވެ.   ހަނިމާދޫ ކައުންސިލުން މި ކޫޕަންތައް އެރަށުގެ ކަނޑުމަހުގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ދީފައި ވަނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެރަށުގެ މަސްވެރިންނަށް ދިން ޚާއްޞަ ޖާފަތެއްގައެވެ. މި ދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި މި ޖާފަތުގައި އެރަށުގެ ގިނަ މަސްވެރިން ބައިވެރިވެފައިވާ ކަމަށް ހަނިމާދޫ ކައުންސިލްގައި މަސްވެރިކަމުގެ ދާއިރާ ބަލަހައްޓާ ކައުންސިލް މެންބަރު ހާރިސާ މުހައްމަދު ‘’ތިލަދުން’...

ޔުމްނާ ޢަލީ
ފޯކައިދު އާއި މަޑިދުއާ ދޭތެރޭ އޮނުތަކެއް އޮޔާ ދާތީ ސަމާލުވާން އެދިއްޖެ

ފޯކައިދު އާއި މަޑިދުއާ ދޭތެރޭ އޮނުތަކެއް އޮޔާ ދާތީ ސަމާލުވާން އެދިއްޖެ

ށ. ފޯކައިދު އާއި މަޑިދުއާ ދޭތެރޭ އޮނުތަކެއް އޮޔާ ދާތީ ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ށ. ފޯކައިދޫއާއި ށ.މަޑިދޫއާ ދޭތެރެއިން ހުޅަނގު އުތުރަށް އެ އަތޮޅު ފޭދުއާ ދިމާލަށް ވާގޮތަށް އޮނުތަކެއް ދަނީ އޮޔާ ދަމުންނެވެ. އެ ސަރަހައްދުގައި މި އޮނުތައް ދެފެންދޭތެރޭ އޮޔާދާތީ އެކަމަށް އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އެދެއެވެ. ޚާއްޞަކޮށް އެ ސަރަހައްދުން ރޭނގަޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުނ...

ޔުމްނާ ޢަލީ
ހަނިމާދޫ ވައިގެބަނދަރުގެ މަޝްރޫޢު ނިންމައި އަންނަ އަހަރުގެ ފަހު ކުއާޓަރުގައި ހުޅުވޭނެ: މުބީން 📍 ހދ. ހަނިމާދޫ

ހަނިމާދޫ ވައިގެބަނދަރުގެ މަޝްރޫޢު ނިންމައި އަންނަ އަހަރުގެ ފަހު ކުއާޓަރުގައި ހުޅުވޭނެ: މުބީން

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢު ނިންމައި އަންނަ އަހަރުގެ ފަހު ކުއާޓަރުގައި ހުޅުވޭނެކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން ވިދާޅުވެއްޖެއެވެ. މުބީން ވަނީ ދާދިފަހުން އެ ވައިގެބަނދަރުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ދަތުރެއް ކުރައްވާފައެވެ. އެއަށްފަހު ދަތުރުގެ ބައެއް ފޮޓޯތައް މީސްމީޑިއާގައި ހިއްސާ ކުރައްވަމުން މުބީން ވިދާޅުވީ، ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެބަނދަރުގެ މަސައްކަތް މިހާރު ކުރިޔަށް ދަނީ ވަރަށް ބ...

ޙުސައިން ޝަހުދީ
ސެމީގައި ޔުނީފޯމާއި ރޫހް، އަދި ރިއަލް ސްޓާސްއާއި ޝީލްޑްގެ ކުރިމަތިލުމެއް 📍 ހދ. ހަނިމާދޫ

ސެމީގައި ޔުނީފޯމާއި ރޫހް، އަދި ރިއަލް ސްޓާސްއާއި ޝީލްޑްގެ ކުރިމަތިލުމެއް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ޔުނީފޯމާއި ރޫހް އަދި ރިއަލް ސްޓާސްއާއި ޝީލްޑް ވާދަކުރަން ޖެހިއްޖެއެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހު މެޗުގައި މިއަދު ހަވީރު ރޫހް އާއި ޝީލްޑް ބައްދަލުކުރި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބުކޮށް ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައި ޝީލްޑް ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. ޝީލްޑަށް ކުޅުނު […]

އިބްރާހިމް ޚަލީލް
ގްރޫޕް އޭގެ އެއްވަނަ ޔުނީފޯމަށް، ދެވަނަ ރިއަލް ސްޓާސްއަށް 📍 ހދ. ހަނިމާދޫ

ގްރޫޕް އޭގެ އެއްވަނަ ޔުނީފޯމަށް، ދެވަނަ ރިއަލް ސްޓާސްއަށް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގެ އެއްވަނަ ޔުނީފޯމް ހޯދައިފިއެވެ. ގްރޫޕް އޭގެ، ގްރޫޕް ސްޓޭޖް ފަހު މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ ޔުނީފޯމާއި ޔޫތު ފްރެންޑްސް އެވެ. މި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ޔުނީފޯމުންނެވެ. މި މޮޅާއިއެކު ގްރޫޕް ސްޓޭޖްގައި ޔުނީފޯމް ކުޅުނު ހަތަރު މެޗުން އެ ޓީމަށް ވަނީ 10 ޕޮއިންޓް ލިބިފައެވެ. ގްރޫޕް […]

އިބްރާހިމް ޚަލީލް