މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް "ތިލަދުން" 📍 ހއ. ދިއްދޫ

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް "ތިލަދުން"

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގެ މީޑިއާ ޕާޓްނަރަކަށް “ތިލަދުން” ހަމަޖައްސައި، ރޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ސޮއި ކޮށްފައި ވަނީ މުބާރާތުގެ އިންޗާޖް މުހައްމަދު ޝައީދުއެވެ. ތިލަދުން މިޑީއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ  ސީނިއަރ ޖާނަލިސްޓް އިބްރާހީމް ޚަލީލްއެވެ. މި މުބާރާތުގައި ބައިވެރިވާން ހއ.އަތޮޅުގެ ހުރިހާ ރަށަ...

ޝިއުނާ އާދަމް
ތިލަފުށީ ބިން ހިއްކުމުގެ ދެވަަނަ ފިޔަވަހީގެ އޭރިއާ އީގެ މަސައްކަތް ފަށައިފި

ތިލަފުށީ ބިން ހިއްކުމުގެ ދެވަަނަ ފިޔަވަހީގެ އޭރިއާ އީގެ މަސައްކަތް ފަށައިފި

ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އީ ހިއްކުމުގެ މަސައްކަތް އާބަންކޯއިން މިއަދު ފަށައިފިއެވެ. އޭރިއާ އީ ހިއްކުމުގެ މަސައްކަތް 25 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އާބަންކޯއިން ބުންޏެވެ. އޭރިއާ އީ ގެ ދަށުން 5.9 ހެކްޓަރުގެ ސަރަޙައްދެއް ހިއްކިމަށް ވަނީ ހަމަޖެހިފައެވެ. ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް އެރިއާ އޭ، ބީ، އީ ގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ އާބަންކޯ އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ […]

އަޙްމަދު ވަހީދު
ހދ. އަތޮޅު ކައުންސިލުން ރާޒުވާ މުބާރާތް ނުބާއްވަން ފާސްކޮށްފި

ހދ. އަތޮޅު ކައުންސިލުން ރާޒުވާ މުބާރާތް ނުބާއްވަން ފާސްކޮށްފި

ހދ. އަތޮޅު ކައުންސިލްގެ 2024 ވަނަ އަހަރުގެ އަހަރީ ކަލަންޑަރުގައި މި އަހަރުން ފެށިގެން ބާއްވަން ހިމެނި ރާޒުވާ މުބާރާތް ނުބާއްވަން އެ ކައުންސިލުން ފާސްކޮށްފިއެވެ. ”ހދ. އަތޮޅު ކައުންސިލް ރާޒުވާ މުބާރާތް” ނަމުގައި ކުރިއަށް ގެންދަން ކަލަންޑަރުގައި ހިމެނި މި މުބާރާތް ނުބާއްވަން ފާސްކޮށްފައި ވަނީ މިއަދު އޮތް ހދ. އަތޮޅު ކައުންސިލްގެ 120 ވަނަ ޢާންމު ބައްދަލުވުމުގައެވެ. މިއަދު އޮތް އަތޮޅުކައުންސިލްގެ ޢާންމު ބައްދަލުވުމުގެ ނިންމުންތައް ކައުންސިލުން މިހާރު އާންމުކޮށްފައިވާއިރު، މަދަރުސާތަކުގެ ކުދީންނާއި، އާ...

ޔުމްނާ ޢަލީ
ހަނިމާދޫގައި އަޅަން ނިންމި މަލްޓިޕާޕަސް ލެބޯޓްރީ ފުވައްމުލަކަށް ބަދަލުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި އަޅަން ނިންމި މަލްޓިޕާޕަސް ލެބޯޓްރީ ފުވައްމުލަކަށް ބަދަލުކޮށްފި

ހދ.ހަނިމާދޫގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން އަޅަން ނިންމި މަލްޓިޕާޕަސް ލެބޯޓްރީ، އެ ރަށު ކައުންސިލުގެ އެއްބާރުލުން ނުލިބުނުކަމަށް ބުނެ ފުވައްމުލަކުގައި އަޅަން މިނިސްޓްރީން ނިންމައިފިއެވެ. މިކަމާއި ގުޅިގެން އިއްޔެ އެ މިނިސްޓްރީން ހަނިމާދޫ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ މިނިސްޓްރީން ހަނިމާދޫގައި ހިންގަމުން ގެންދާ އެގްރިކަލްޗަރ ސެންޓަރުގެ ބިމުގެ ސަރަހައްދުން ބޮޑު ބައެއް ކައުންސިލުން ނަގަން ނިންމާފައިވާތީ، އެތަނުގައި ގާއިމް ކުރުމަށް މިނިސްޓްރީން ނިންމި...

އިބްރާހިމް ޚަލީލް
ބާރަށުގައި ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާލައިފި 📍 ހއ. ބާރަށް

ބާރަށުގައި ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ކުރިއަށް ގެންދިޔަ ފަހާ ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. ފާއިތުވި އަހަރުގެ ޑިސެމްބަރ މަހުގެ 3 ވަނަ ދުވަހުން ފަށައިގެން މި އަހަރު ޖަނަވަރީ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯސް ފުރިހަމަކޮށް ޖުމްލަ 27 ބައިވެރިން ވަނީ ސެޓްފިކެތް ހާސިލް ކޮށްފައެވެ. އޭގެތެރޭގައި ނުވަ ސްކޫލް ކުދިން ހިމެނެއެވެ. މި ކޯހާއި ގުޅޭގޮތުން މައުލޫމާތު ދެމުން ބާރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ […]

އިބްރާހިމް ޚަލީލް
އިހަވަންދިއްޕޮޅު ހިމެނޭހެން ބޮޑެތި މަޝްރޫޢޫ ތަކަކަށް އިންވެސްޓަރުން ހޯދުމުގެ ޝައުގުވެރިކަން ފާޅުކޮށްފި

އިހަވަންދިއްޕޮޅު ހިމެނޭހެން ބޮޑެތި މަޝްރޫޢޫ ތަކަކަށް އިންވެސްޓަރުން ހޯދުމުގެ ޝައުގުވެރިކަން ފާޅުކޮށްފި

އިހަވަންދިއްޕޮޅު މަޝްރޫޢު ހިމެނޭހެން ބޮޑެތި ބައެއް މަޝްރޫޢޫތަކަށް އިންވެސްޓަރުން ހޯދުމުގެ ޝައުގުވެރިކަން ރާއްޖެއިން ފާޅުކޮށްފިއެވެ. ރާއްޖެއިން މި ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ޗައިނާގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި އިއްޔެ ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައެވެ. މި ފޯރަމުގައި ވަނީ ރާއްޖޭގައި މިހާރު ވެސް އިންވެސްޓުކޮށްފައިވާ ޗައިނާގެ ކުންފުނިތަކާއި އެ ޤައުމުގައި އިންވެސްޓުކުރާ އެޤައުމުގެ އިންވެސްޓަރުން ހިމެނޭހެން ބޮޑެތި އިންވެސްޓަރުން ބައިވެ...

ޔުމްނާ ޢަލީ
ކޭލަކުނު ތަރައްގީ ކުރުން ހުއްޓާލައި ހިމާޔަތް ކުރުމަށް ގޮވާލައިފި

ކޭލަކުނު ތަރައްގީ ކުރުން ހުއްޓާލައި ހިމާޔަތް ކުރުމަށް ގޮވާލައިފި

ހދ. ކޭލަކުނު ތަރައްގީ ކުރުން ހުއްޓާލައި, އެ ރަށަކީ ހިމާޔަތް ކުރެވިފައިވާ ތަނަކަށް ހެދުމަށް ރާއްޖޭގެ ބައެއް ޖަމިއްޔާތަކުން ގޮވާލައިފިއެވެ. މިގޮތަށް ގޮވާލާފައިވަނީ އެސޯސިއޭޝަން ފޯ ޑިމޮކްރަސީ މޯލްޑިވްސް އާއި ބިލީފް މޯލްޑިވްސް އާއި އިކޯކެއާ މޯލްޑިވްސް އާއި ސޭވް މޯލްޑިވްސް ކެމްޕޭން އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ޒީރޯ ވޭސްޓް މޯލްޑިވްސް ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އެގޮތުން ކޭލަކުނުގައި ފްލޯޓިން ރިސޯޓެއް ތަރައްގީ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްކޮށް ހުންނަވާ ވިޒިޓާ އިކޮނޮމީ […]

އަޙްމަދު ވަހީދު
ކުޅުދުއްފުށީ އެއާޕޯޓުން ދަތުރުކުރާ ދަތުރުވެރިންނަށް ''ވެށި ޓުއާ'' ދަތުރުތައް ފަށަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އެއާޕޯޓުން ދަތުރުކުރާ ދަތުރުވެރިންނަށް ''ވެށި ޓުއާ'' ދަތުރުތައް ފަށަނީ

ކުޅުދުއްފުށީ ސިޓީގެ އެއާޕޯޓުން ދަތުރުކުރާ ދަތުރުވެރިންނަށް ޚާއްޞަކޮށްގެން ”ވެށި ޓުއާ” ދަތުރުތައް އެ އަތޮޅުގައި ފަށަން ހދ. އަތޮޅު ކައުންސިލްގެ މަސައްކަތު ތާވަލުގައި ހިމަނައިފިއެވެ. ހދ. އަތޮޅު ކައުންސިލުން ނެރުނު ބަޔާނެއްގައި އެ ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް ކައުންސިލްގެ ބަޖެޓްގައި ހިމަނާފައިވާކަންކަން ހިމަނާފައިވާއިރު، އެ އަތޮޅުގެ ތަރައްޤީއަށް އެ އަތޮޅުގެ ކުޅުދުއްފުށީ ސިޓީގެ އެއާޕޯޓުން ދަތުރުކުރާ ދަތުރުވެރިންނަށް ޚާއްޞަކޮށްގެން ”ވެށި ޓުއާ” ދަތުރުތައް ފަށަން އަތޮޅު ކައުންސިލްގެ މަސައްކަތު ތ...

ޔުމްނާ ޢަލީ
ބާރަށުގައި ބާއްވާ ކޭކު އެޅުމާއި ކޭކު ޑިޒައިން ކޯހުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ބާރަށް

ބާރަށުގައި ބާއްވާ ކޭކު އެޅުމާއި ކޭކު ޑިޒައިން ކޯހުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ބާއްވާ ކޭކު އެޅުމާއި ކޭކު ޑިޒައިން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމުގެ ސްކޫލް ކުދިންނަށް ވެސް ދިނުމަށް ނިންމާފައިވާއިރު، ގްރޭޑް ފަހަކުން މަތީގެ ދެ ޖިންސްގެ ކުދިންނަށް ވެސް ބައިވެރިވެވޭނެއެވެ. ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ. މި ކޯހަކީ އެ ރަށު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ […]

އިބްރާހިމް ޚަލީލް
ކޭލަކުނުގައި އިކޯ ޓޫރިޒަމް ތަރައްގީކުރަން ނިންމައިފި

ކޭލަކުނުގައި އިކޯ ޓޫރިޒަމް ތަރައްގީކުރަން ނިންމައިފި

ކޭލަކުނުގައި އިކޯ ޓޫރިޒަމް ތަރައްގީކުރަން ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އިއްޔެ ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބުދުﷲ ނާޒިމް އިބްރާހިމް އެވެ. އާދީއްތަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގެ ނިންމުންތައް މީޑިއާ އާއި ހިއްސާކުރުމަށް ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވެފައި ވަނީ، ހދ. ކޭލަކުނު އިކޯ ޓޫރިޒަމަށް ތަރައްގީކުރުމުގެ މަސައްކަތް ފަށަން، ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކ...

ޔުމްނާ ޢަލީ
ޕިކްނިކް އައިލެންޑްގެ މަސައްކަތް ނުފެށި އޮތީ ފަޅުރަށެއްގެ މިލްކުވެރިކަން ލިބިފައި ނެތުމުން: ހދ. އަތޮޅު ކައުންސިލް

ޕިކްނިކް އައިލެންޑްގެ މަސައްކަތް ނުފެށި އޮތީ ފަޅުރަށެއްގެ މިލްކުވެރިކަން ލިބިފައި ނެތުމުން: ހދ. އަތޮޅު ކައުންސިލް

ހދ. އަތޮޅުގެ އެއްވެސް ފަޅެއް ވިޔަސް ފަޅުރަށެއްގެ ވެސް މިލްކުވެރިކަން އަތޮޅު ކައުންސިލަށް ލިބިފައިނުވާ ކަމަށާއި، ޤާނޫނީ ގޮތުން މިލްކުވެރިކަން ނެތް ތަނެއްގައި އިންވެސްޓެއްކުރުމަކީ މާލީގޮތުން ހިރާސް އޮތްކަމެއްކަމުން އަތޮޅުގައި ޕިކްނިކް އައިލެންޑްގެ މަސައްކަތް ނުކުރެވި އޮތީ އެހެންވެކަމަށް ހދ. އަތޮޅު ކައުންސިލުން ބުނެފިއެވެ. ހދ. އަތޮޅުކައުންސިލުން މިހެން ބުނީ ”ހދ. އަތޮޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަށް ހުށަހެޅި ހުށަހެޅުން ބޭރުކޮށްލައިފި”ކަމަށް ނޫހެއްގައި ގެނެސްދީފައިވާ ޚަބަރަކާއި ގުޅިގެން...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގެ ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނާއި ހިއްސާކުރުމަށް ބާއްވާ ބައްދަލުވުމެއް މިރޭ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނާއި ހިއްސާކުރުމަށް ބާއްވާ ބައްދަލުވުމެއް މިރޭ

ކުޅުދުއްފުށީ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނާއި ހިއްސާކުރުމަށް ބާއްވާ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ އެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނާއި ހިއްސާކުރުމަށް މިރޭ ބާއްވަނީ ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށެވެ. އެހެންކަމުން މި ބައްދަލުވުމުގައި އެ ސިޓީގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެދިނުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. މި ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ މިރޭ 20:30 ގައެވެ. ކުޅުދުއްފުށި ސިޓީގެ ލޭންޑް ޔޫސް ޕްލޭން […]

ޔުމްނާ ޢަލީ
ފިއްލަދޫގައި ''ހެލްތު ޑޭ ފެސިލިޓީ'' އެއް ގާއިމުކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ފިއްލަދޫ

ފިއްލަދޫގައި ''ހެލްތު ޑޭ ފެސިލިޓީ'' އެއް ގާއިމުކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫގައި ހެލްތް ޑޭ ފެސިލިޓީއެއް ގާއިމުކޮށްދޭ ފަރާތަކަށް އެ ރަށު ޓޫރިޒަމް ޒޯނުން ކުއްޔަށް ދޫކުރާ ބިމަށް އެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ފިއްލަދޫ ކައުންސިލުން ބުނީ އެ ކައުންސިލުން ތަރައްޤީކުރާ 2000 (ދެހާސް) އެނދުގެ ޓުއަރިސްޓް ވިލެޖައް އަމާޒުކޮށް ކައުންސިލުން ދައްކާ ބިމެއްގައި، “ހެލްތް ޑޭ ފެސިލިޓީއެއް” ތަރައްޤީކޮށް ކައުންސިލާއި ހަވާލުކުރާނެ ފަރާތަކަށް 50 ހާހާއި 40 ހާހާއި ދެމެދު އަކަފޫޓުގެ ބިމެއް، އަކަފޫޓަކަށް މަދުވެގެން މަހަކު 50 ލާރީގެ ރޭޓުން […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް ތަރައްގީކުރަން ކުރިމަތިލުމަށް ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް ތަރައްގީކުރަން ކުރިމަތިލުމަށް ހުޅުވާލައިފި

ހދ. ކުޅުދުއްފުށީ ސިޓީގެ އެއާޕޯޓުގެ ފަސިންޖަރުންގެ ޓާމިނަލް ބޮޑުކޮށް ތަރައްގީކުރުމަށްޓަކައި، އެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާންކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީގެ އެއާޕޯޓުގެ ފަސިންޖަރުންގެ ޓާމިނަލް ބޮޑުކޮށް ތަރައްގީކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ) އިން ކޮށްފައިވާ ޢިއުލާންގައިވާގޮތުން އެކަމަށް ޝައުގުވެރިވާ ކުންފުނިތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް( އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ވަނީ މި ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުން ފެށިގެން...

ޔުމްނާ ޢަލީ
ބޮޑު ތަފާތަކުން ރޫހް ބަލިކޮށް ޗެމްޕިއަންކަން ރިއަލް ސްޓާސް އަށް 📍 ހދ. ހަނިމާދޫ

ބޮޑު ތަފާތަކުން ރޫހް ބަލިކޮށް ޗެމްޕިއަންކަން ރިއަލް ސްޓާސް އަށް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ކުރިއަށް ގެންދިޔަ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރިއަލް ސްޓާސް އިން ހޯދައިފިއެވެ. އިއްޔެ ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ރޫހް އާއި ރިއަލް ސްޓާސް އެވެ. މި މެޗު 8-0 ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރިއަލް ސްޓާސް އިންނެވެ. މިއީ މި މުބާރާތުގެ ތާރީހުގައި […]

އިބްރާހިމް ޚަލީލް