ހދ. ކޭލަކުނު ތަރައްގީ ކުރުން ހުއްޓާލައި, އެ ރަށަކީ ހިމާޔަތް ކުރެވިފައިވާ ތަނަކަށް ހެދުމަށް ރާއްޖޭގެ ބައެއް ޖަމިއްޔާތަކުން ގޮވާލައިފިއެވެ.

މިގޮތަށް ގޮވާލާފައިވަނީ އެސޯސިއޭޝަން ފޯ ޑިމޮކްރަސީ މޯލްޑިވްސް އާއި ބިލީފް މޯލްޑިވްސް އާއި އިކޯކެއާ މޯލްޑިވްސް އާއި ސޭވް މޯލްޑިވްސް ކެމްޕޭން އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ޒީރޯ ވޭސްޓް މޯލްޑިވްސް ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އެގޮތުން ކޭލަކުނުގައި ފްލޯޓިން ރިސޯޓެއް ތަރައްގީ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްކޮށް ހުންނަވާ ވިޒިޓާ އިކޮނޮމީ ކައުންސިލުން ނިންމި ނިންމުމާ ގުޅިގެން އެ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Ad
rt

އެ ޖަމިއްޔާތައް ގުޅިގެން ނެރުނު ބަޔާނުގައި ބުނީ 2017 ވަނަ އަހަރު އޭރުގެ ޓޫރިޒަމް މިނިސްޓްރީން ކޭލަކުނުގައި ރިސޯޓް ތަރައްގީ ކުުރުމަށް ބިޑަށް ހުޅުވާލުމުން ވެސް ޖަމިއްޔާތަކުން އެކަމާ ކަންބޮޑުުވުން ފާޅުކުރި ކަމަށެވެ. ކޭލަކުނަކީ ގުދުރަތީ ތާރީޚީ ތަރިކައެއް ކަމަށާއި އެ ރަށް ހިމާޔަތް ކުރެވެން ޖެހޭނެކަމަށް ވަނީ ބުނެފައެވެ. އެހެންވެ, ކޭލަކުނުގައި ހިންގަން އުޅޭ މަޝްރޫއު ހުއްޓާައި އެ ރަށަކީ ގުދުރަތީ ރިޒާވެއް ކަމަށް ކަނޑައެޅުމަށް ވަނީ އެދިފައެވެ.

2018 ވަނަ އަހަރު ތިމާވެށި ހިމާޔަތް ކުރުމާ ބެހޭ ޤާނޫނުގެ ދަށުން ކޭލަކުނު ހިމާޔަތް ކުރެވުނު ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކޭލަކުނުގައި އިކޯ ޓޫރިޒަމް ތަރައްގީކުރަން ނިންމައިފި

ކޭލަކުނަކީ ރާއްޖޭގައި ހަރު ގަސް ކަނޑޫފާ އޮންނަ ހަމައެކަނި ރަށްކަމަށް ޖަމިއްޔާތަކުން ވަނީ ފާހަގަކޮށްފައެވެ. ކ. ހުރާގައި ވެސް ކަނޑޫފަލެއް ކުރިން އޮތްއިރު ރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި ބިން ހިއްކުމުގެ ސަބަބުން އެތަނަށް އަސަރުކޮށްފައިވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ކޭލަކުނުގައި އޮންނަ ކަނޑޫފަލުގެ ސަބަބުން އިންޓަނޭޝަނަލް ސޮސައިޓީ ފޯ މެންގްރޫވް އިކޯސިސްޓަމްސް އިން 2001 ވަނަ އަހަރު އެ ރަށަކީ ބައޯސްފިއާ ރިޒާވަކަށް ހެދުމަށް ލަފާ ދިން ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ތާރީޚީ ދިރާސާ: ޢިބްރަތުގެ އިންޒާރަށް ދެ ގަރުނު - ކޭލަކުނާއި އެކޭލަކުނު ތަޅާލި ވިއްސާރަ (1)

ކޭލަކުނު ތަރައްގީ ކުރުން ހުއްޓާލަން ގޮވާލުމުގެ އިތުރުން ރިސޯޓު ތަރައްގީ ކުުރުމާއި ފަތުރުވެރިކަމުގެ ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ ވެއްޓަށް ލިބޭ ގެއްލުން ބެލުމަށް ވެސް ވަނީ ގޮވާލާފައެވެ. އެގޮތުން, ގަސް ކެނޑުމާއި ވެލި ނެގުމާއި ބިން ހިއްކުމުގެ ސަބަބުން ވެއްޓަށް ކުރާ އަސަރުތަކަށް ރިއާޔަތް ކުރުމަށް ވަނީ ގޮވާލައިފައެވެ.

ޖަމިއްޔާތަކުން ކޭލަކުނު ހިމާޔަތް ކުރުމަށް ގޮވާލާފައިވާއިރު ކޭލަކުނު އީކޯ ޓޫރިޒަމަށް ތަރައްގި ކުރުމަކި ރައީސްގެ ރިޔާސީ ވައުުދުފުޅެކެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ދިރާސާތައް ހެދުމަށް ވެސް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.