މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށި އެއާޕޯޓުން ފުރަން ދިޔަ މީހެއްގެ ދަބަހުން ވަޒަނެއް ފެނުނުކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި އެއާޕޯޓުން ފުރަން ދިޔަ މީހެއްގެ ދަބަހުން ވަޒަނެއް ފެނުނުކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަނީ

ހދ. ކުޅުދުއްފުށި ސިޓީގެ އެއާޕޯޓުން ފުރަން ދިޔަ މީހެއްގެ ދަބަހުން ވަޒަނެއް ފެނުނުކަމަށް ބުނާ މައްސަލަ ސަލާމަތީބާރުތަކުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން މިރޭ ބުނީ، ކުޅުދުއްފުށި އެއާޕޯޓަށް ފުރަން ދިޔަ އަންހެނެއްގެ ދަބަހުން ވަޒަނެއް ފެނުނުކަމަށް ބުނެ މައްސަލަ އެ އިދާރާއަށް ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. މިއަދު ހަވީރު ލިބުނު މި ރިޕޯޓާއި ގުޅިގެން އެކަމަށް އެޓެންޑްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. ‘’ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މި މައްސަލަ ދަނީ ތަހުގީގު ކުރަމުން’’ ފުލުހުން ބުނެފަވެއެވެ....

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި މަދިރި އުފެދޭ ތަންތަން ސާފުކުރުމުގެ ބޮޑު ހަރަކާތެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި މަދިރި އުފެދޭ ތަންތަން ސާފުކުރުމުގެ ބޮޑު ހަރަކާތެއް

ހދ. ކުޅުދުއްފުށީ ސިޓީގައި މަދިރި އުފެދޭ ތަންތަން ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ މި ހަރަކާތަކީ އެރަށުފައިލޭރިޔާ ޓާސްކް ފޯސް އިން އިންތިޒާމުކޮށްގެން ފައިލޭރިއާ ކޮންޓްރޯލް ކުރުމުގެގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގެ ދަށުން އެ ސިޓީގައި މަދިރި އުފެދޭ ސަރަހައްދުތައް ނައްތާލުމަށް އެތަންތަން ސާފުކޮށްފައިވާއިރު، އެ ސިޓީގެ ގިނަ މުއައްސަސާތަކާއި، ޖަމްއިއްޔާތަކުން ވަނީ ބޮޑު ބައިވެރިވުމެއް ދީފައެވެ. މިހަރާކާތާއި ގުޅިގެން ހަރަކ...

ޔުމްނާ ޢަލީ
ބޭނުން ވަނީ މެންބަރުންނާއި ކައުންސިލަރުން ވެސް ވަކިކުރެވޭގޮތައް އޮންނަން: ހއ. ރައީސް

ބޭނުން ވަނީ މެންބަރުންނާއި ކައުންސިލަރުން ވެސް ވަކިކުރެވޭގޮތައް އޮންނަން: ހއ. ރައީސް

ބޭނުން ވަނީ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުން ވެސް ވަކިކުރެވޭގޮތައް އޮންނަންކަމަށް ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤް ވިދާޅުވެއްޖެއެވެ. މޫސަ މިހެން ވިދާޅުވީ، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އައްޑޫ ސިޓީގައި ޑިސެމްބަރު 27-28 އަށް ކުރިއަށް ގެންދިޔަ ފަނޯއްލަ ދަރުބާރުގައި، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ފޯރަމްގައި ޚިޔާލުފާޅު ކުރައްވަމުންނެވެ. އެ ފޯރަމްގައި ސިވިލްސާވިސް މުވައްޒަފުން ވަކިކުރުމާއި، ޕްރޮމޯޝަން ދިނުމާގުޅޭގޮތުން ދެކެވުނު ވާހަކަތަކަށް އިޝާރާތް ކުރައްވައި މޫސަ ވިދ...

ޔުމްނާ ޢަލީ
ކައުންސިލްތަކުގެ ސިވިލްސާވަންޓުން ދެކެނީ އަޅުގަނޑުމެންނަކީ އެއްޗެއްނޭނގޭ މުޑުދާރު ބައެއްގޮތުގައި: ސިރާޖު

ކައުންސިލްތަކުގެ ސިވިލްސާވަންޓުން ދެކެނީ އަޅުގަނޑުމެންނަކީ އެއްޗެއްނޭނގޭ މުޑުދާރު ބައެއްގޮތުގައި: ސިރާޖު

ލޯކަލް ކައުންސިލްތަކުގައި މަސައްކަތްކުރާ ސިވިލްސާވިސްގެ މުވައްޒަފުން ދެކެނީ ކައުންސިލަރުންނަކީ ތަނެއްދޮރެއް ނުދަންނަ މުޑުދާރު ބައެއްގޮތުގައިކަމަށް ހދ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިރާޖު ވިދާޅުވެއްޖެއެވެ. ސިރާޖު މިހެން ވިދާޅުވީ، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިހާރު ކުރިއަށް ގެންދާ ފަނޯއްލަ ދަރުބާރުގައި ވާހަކަ ދައްކަވަމުންނެވެ. އެލްޖީއޭގެ މިފަހަރުގެ ފަނޯއްލަ ދަރުބާރު ކުރިއަށް ގެންދަނީ އައްޑޫ ސިޓީގެ ހިތަދޫގެ ދަރުބާރުގޭގައެވެ. މިދަރުބާރުގެ އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ފޯރަ...

ޔުމްނާ ޢަލީ
ޑެޒަޔަރ ކްރޫ ބަލިކޮށް ފަލްކަން މުބާރާތް ނިންމާލީ މޮޅަކުން 📍 ހދ. ހަނިމާދޫ

ޑެޒަޔަރ ކްރޫ ބަލިކޮށް ފަލްކަން މުބާރާތް ނިންމާލީ މޮޅަކުން

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި މިއަދި ކުޅުނު މެޗު ފަލްކަން އިން ކާމިޔާބު ކޮށްފިއެވެ. ގްރޫޕް ބީގައި މިއަދު ހަވީރު ފަލްކަންއާއި ޑެޒަޔަރ ކްރޫ ބައްދަލުކުރި މެޗު، ފަލަކަން އިން ކާމިޔާބު ކޮށްފައި ވަނީ 6-4 ގެ ނަތީޖާއިންނެވެ. މި މެޗަށް ނުކުތްއިރު ވެސް މި ދެ ޓީމް އޮތީ މުބާރާތުން ކަޓާފައެވެ. މި ގްރޫޕުން ސެމީގެ ޖާގަ ހޯދީ ޝީލްޑާއި […]

އިބްރާހިމް ޚަލީލް
ނޭކުރެންދޫ ބީ 14 ފުޓްސަލް މުބާރާތް ރުއްގަނޑު އެފްސީ ކާމިޔާބުކޮށްފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ބީ 14 ފުޓްސަލް މުބާރާތް ރުއްގަނޑު އެފްސީ ކާމިޔާބުކޮށްފި

ހދ.ނޭކުރެންދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ބީ14 ސްޕޯޓްސް ފެސްޓިވަލްގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރުއްގަނޑު އެފްސީ ހޯދައިފިއެވެ. އިއްޔެ ހަވީރު ނޭކުރެންދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ރުއްގަނޑު އެފްސީއާއި ކްލަބް ސިވިކް އެވެ. ވާދަވެރި ފޯރިގަދަ ފައިނަލް މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ރުއްގަނޑު އެފްސީއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރުއްގަނޑު އެފްސީގެ އަކްރަމް އަބް...

އިބްރާހިމް ޚަލީލް
ތަކަންދޫގައި ވޮލީ ކޯޗިން ކޭމްޕެއް، ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ތަކަންދޫ

ތަކަންދޫގައި ވޮލީ ކޯޗިން ކޭމްޕެއް، ބައިވެރިވާން ހުޅުވާލައިފި

ހއ. ތަކަންދޫގައި ބާއްވާ ވޮލީ ކޯޗިން ކޭމްޕެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކޯޗިން ކޭމްޕަކީ އެ ރަށުގެ ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ ކޭމްޕެކެވެ. ތަކަންދޫ ކައުންސިލުން ބުނިގޮތުގައި މިއީ އެ ކައުންސިލާއި، އެރަށު އަންހެނުންް ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަދި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ. މި ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު މި ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ 14:00 އަށް ވަނީ ހުޅުވާލާފައެވެ. މި ކޭމްޕްގައި ބައިވެރިވުމުގެ ސުންގަޑީގެ ކުރިން […]

ޔުމްނާ ޢަލީ
ފަސޭހަކަމާއިއެކު ޑެޒަޔަރ ކްރޫ ބަލިކޮށް ޝީލްޑް ސެމީ ފައިނަލަށް 📍 ހދ. ހަނިމާދޫ

ފަސޭހަކަމާއިއެކު ޑެޒަޔަރ ކްރޫ ބަލިކޮށް ޝީލްޑް ސެމީ ފައިނަލަށް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޝީލްޑް ޖާގަ ހޯދައިފިއެވެ. ގްރޫޕް ބީގައި މިއަދު ހަވީރު ކުޅުނު މެޗު ފިނޭ ޑެޒަޔަރ ކްރޫ ސްޕޯޓްސް ކްލަބްގެ މައްޗަށް ޝީލްޑުން ކުރި ހޯދީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މި މެޗުން ޝީލްޑް މޮޅުވުމާއިއެކު ގްރޫޕް ބީން ސެމީ ފައިނަލުގެ ޖާގަ މިވަނީ ޝީލްޑަށާއި ރޫހް އަށް ކަށަވަރުވެފައެވެ. ކުޅުނު […]

އިބްރާހިމް ޚަލީލް
ހޯރަފުށީ "ކްލައުޑް ސްޕޯޓްސް ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް" ގެ ޗެމްޕިއަންކަން 22 ސްޕޯޓްސް ކްލަބަށް 📍 ހއ. ހޯރަފުށި

ހޯރަފުށީ "ކްލައުޑް ސްޕޯޓްސް ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް" ގެ ޗެމްޕިއަންކަން 22 ސްޕޯޓްސް ކްލަބަށް

ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބޭއްވި ” ކްލައުޑް ސްޕޯޓްސް ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2023″ ގެ ޗެމްޕިއަންކަން 22 ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މިދިޔަ ހޮނިހިރު ދުވަހު ކުޅެފައިވާއިރު، ފައިނަލުގައި ބައްދަލުކުރީ ހޯރަފުށީ 22 ސްޕޯޓްސް ކްލަބާއި އިހަވަންދޫ އެންވީކޭއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3-1 ގެ ނަތީޖާއިން […]

އިބްރާހިމް ޚަލީލް
މިސްބާހްގެ ލަނޑުތަކުން ޑޮމިނޭޓާސް ބަލިކޮށް ޔުނީފޯމުން ސެމީގެ އުންމީދު ދަމަހައްޓައިފި

މިސްބާހްގެ ލަނޑުތަކުން ޑޮމިނޭޓާސް ބަލިކޮށް ޔުނީފޯމުން ސެމީގެ އުންމީދު ދަމަހައްޓައިފި

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސް މައްޗަށް ފަސޭހަކަމާއިއެކު ކުރި ހޯދައި ޔުނީފޯމުން ސެމީ ފައިނަލުގެ އުންމީދު ދަމަހައްޓައިފިއެވެ. މިއަދު ހަވީރު ގްރޫޕް އޭގައި ޑޮމިނޭޓާސްއާއި ޔުނީފޯމް ބައްދަލުކުރި މެޗު 6-0 ގެ ނަތީޖާއިން ކާމިޔާބުކުރީ ޔުނީފޯމެވެ. މުޅި މެޗުގައި ވެސް ޔުނީފޯމްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު އެ ޓީމުން ޖެހި ހަ ލަނޑުގެ ތެރެއިން ހަތަރު […]

އިބްރާހިމް ޚަލީލް
އުމްރާ އަށް ގޮސް އުޅުނު ހަނިމާދޫ މީހަކު ނިޔާވެއްޖެ 📍 ހދ. ހަނިމާދޫ

އުމްރާ އަށް ގޮސް އުޅުނު ހަނިމާދޫ މީހަކު ނިޔާވެއްޖެ

އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ގޮސް އުޅެނިކޮށް ހދ. ހަނިމާދޫ މީހަކު ރޭ ނިޔާވެއްޖެއެވެ. މައްކާގައި އުޅެނިކޮށް ނިޔާވީ މީގާތު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި އުމްރާ އަށް ދިޔަ ޚާލިދު އިބްރާހިމް (ޚާލިދުބޭ)، ހދ.ހަނިމާދޫ/އަލަމާގެއެވެ. ޚާލިދުބޭ އުމްރާގެ އަޅުކަމުގައި އުޅެނިކޮށް ނިޔާވެފައިވާކަން މީގާތު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ފޭސްބުކް ޕޭޖުގައި ވަނީ ބުނެފައެވެ. ޚާލިދުބެ އާއި އަންހެނުން އާރިފާ އަބުދުﷲ އުމްރާގެ އަޅުކަމަށް ފުރާފައި ވަނީ މި ޑިސެމްބަރު މަހުގެ 15 […]

ޔުމްނާ ޢަލީ
ޔޫތު ފްރެންޑްސް ބަލިކޮށް ރިއަލް ސްޓާސް އެއްވަނައަށް 📍 ހދ. ހަނިމާދޫ

ޔޫތު ފްރެންޑްސް ބަލިކޮށް ރިއަލް ސްޓާސް އެއްވަނައަށް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ރިއަލް ސްޓާސް ޖެހިލައިފިއެވެ. އިއްޔެ ހަވީރު ގްރޫޕް އޭގައި ޔޫތު ފްރެންޑްސް އާއި ރިއަލް ސްޓާސް ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ރިއަލް ސްޓާސް އިންނެވެ. މި މޮޅާއިއެކު ކުޅުނު ތިން މެޗުން 7 ޕޮއިންޓް ހޯދައިގެން ގްރޫޕް އޭގެ […]

އިބްރާހިމް ޚަލީލް
ފަލްކަން ބަލިކޮށް ރޫހް ސެމީއަށް 📍 ހދ. ހަނިމާދޫ

ފަލްކަން ބަލިކޮށް ރޫހް ސެމީއަށް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ރޫހް ޖާގަ ހޯދައިފިއެވެ. ގްރޫޕް ބީގައި އިއްޔެ ހަވީރު ފަލްކަން އާއި ރޫހް ބައްދަލުކުރި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ރޫހުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ރޫހުން ވަނީ ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ފުރަތަމަ މިނެޓްގައި ޖަހައިދިނީ މުހައްމަދު ޔޫސުފެވެ. ދެވަނަ ލަނޑު 26 ވަނަ […]

އިބްރާހިމް ޚަލީލް
2022 ވަނަ އަހަރު އަތޮޅު ކައުންސިލްތަކުގެ ރޭންކިންގައި ހދ. އަތޮޅު ކައުންސިލް 14 ވަނައިގައި

2022 ވަނަ އަހަރު އަތޮޅު ކައުންސިލްތަކުގެ ރޭންކިންގައި ހދ. އަތޮޅު ކައުންސިލް 14 ވަނައިގައި

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން 2022 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ ޕާފޯމަންސް ރޭންކިން ޢާންމުކޮށްފިއެވެ. މި ރޭންކިންގައި އެއް ވަނަ ހޯދާފައި ވަނީ ފ. އަތޮޅު ކައުންސިލެވެ. ދެ ވަނަ ބ. އަތޮޅު ކައުންސިލް ހޯދާފައިވާއިރު، ތިން ވަނަ ލިބުނީ ލ. އަތޮޅު ކައުންސިލަށެވެ. މިރޭންކިންގައި ޖުމްލަ 18 އަތޮޅުގެ ތެރެއިން އެންމެ އުތުރުގެ ތިން އަތޮޅު ކައުންސިލްތައް ހޯދާފައިވާ ދަރަޖަތަކަށް ބަލާއިރު އެންމެ ކުރި ހޯދާފައި ވަނީ، އެ އަހަރު 4 ވަނަ […]

އަލީ އާދިލް
މުރައިދޫ ''ބޮނބި ފަންނު ބީޗު'' ސާފުކޮށްފި 📍 ހއ. މުރައިދޫ

މުރައިދޫ ''ބޮނބި ފަންނު ބީޗު'' ސާފުކޮށްފި

ހއ. މުރައިދޫ ”ބޮނބި ފަންނު ބީޗު” މިއަދު ސާފުކޮށްފިއެވެ. މި ހަރަކާތަކީ މުރައިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އެ ކައުންސިލުން ބުނިގޮތުގައި މި ހަރަކާތަކީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ކައުންސިލުން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ. މިއަދު ހެނދުނު 8:00 ގައި ފެށި މި ހަރަކާތަކީ އެ ރަށުގެ މުޅި ރައްޔިތުން ޝާމިލްވާނެހެން ރަށުގެ އެއްބައިވަތަންތަކަން ބަދަހިވާނޭހެން  ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ. މި ހ...

ޔުމްނާ ޢަލީ